Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕަ ޑެލް ރޭ

ފައިނަލަށް ރެއާލް ފުރިހަމައަށް ތައްޔާރު، އަންޗެލޮޓީގެ އިތުބާރު ކުޅުންތެރިންނަށް

6 މެއި 2023 | ހޮނިހިރު 16:24

ކޮޕަ ޑެލްރޭ މުބާރާތުގެ ފައިނަލުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް، ރެއާލުން ޖެހިގެން އޮތް މެޗަށް ނިކުންނާނީވެސް އެންމެ ފުރިހަމައަށް ތައްޔާރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2023 | ހޮނިހިރު 16:24
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ކޮޕަ ޑެލް ރޭ މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑު ފުރިހަމައަށް ތައްޔާރު ކަމަށާއި، ޓީމުގެ ކުޅުންތެރިންނަށް އިތުބާރު އޮންނާނެކަމަށް، ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ފައިނަލްގައި އޮސަސޫނާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. އަންޗެލޮޓީ ބުނީ އޭނާ ވާދަކުރަން އޮތީ ކޮޕަ ޑެލްރޭގެ ފައިނަލަކާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއް ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި، ނިކުންނާނީ އޭނާގެ "ދިރިއުޅުމާ" ކުޅޭކަށް ނޫނެވެ. އަންޗެލޮޓީ ބުނީ އޭނާގެ ދިރިއުޅުމުގެ ކަންކަން އޮތީ ހަމަޖެހިފައިކަމަށާއި، ހަމައެކަނި މިވަގުތު އޮތް ޓާސްކަކީ ކޮޕަ ޑެލްރޭ ފައިނަލްކަމަށެވެ. އޭނާ ބުނީ ސީޒަނުގެ ކުރީކޮޅު އެއީ މާ މުހިންމު މުބާރާތެއްގެ ގޮތުގައި ނުބެލިނަމަވެސް، މިހާ ހިސާބަށް އައިއިރު އެ މުބާރާތްވެސް މުހިންމުވެއްޖެކަމަށެވެ. އަންޗެލޮޓީ ބުނީ ކޮޕަ ޑެލްރޭގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އޮތުމާއެކު، ފައިނަލްގެ ކުރިން އަމިއްލަ ދަނޑުގައި ތައްޔާރުވެލެވެން ވަގުތު ލިބުމަކީވެސް ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި ކޮޕަ ޑެލްރޭ މުބާރާތުގެ ފައިނަލުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް، ރެއާލުން ޖެހިގެން އޮތް މެޗަށް ނިކުންނާނީވެސް އެންމެ ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މިވަގުތަށް ހުރިހާ ފޯކަސްއެއް ހުރީ ފައިނަލަށް ކަމަށާއި، ކުޅުންތެރިންގެ ވިސްނުންވެސް ހުންނާނީ އެގޮތަށް ކަމަށެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، މިއީ ރެއާލަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެއީ އެ ތަށި ކާމިޔާބު ކުރެވިއްޖެނަމަ، ވާދަކުރެވޭ ހުރިހާ މުބާރާތެއް ދެ ސީޒަންގެ ތެރޭގައި ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިވަގުތު ހުރިހާ މަސައްކަތެއް ހުސްކުރަންވީ އެކަމަށް ކަމަށާއި، މިއީ ރެއާލަށް ނަސީބު މެޗެއް ކަމަށެވެ.

އިތުރަށް އޭނާ ބުނީ ކުޅުންތެރިންނަށް އަބަދުވެސް ފުރިހަމައަށް އިތުބާރު އޮންނާނެކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި ކޯޗަކަށް ހުންނަ މީހާ ވާންޖެހޭނީ ކުޅުންތެރިންނަށް އިތުބާރުކުރާނެ މީހަކަށެވެ. ސަބަބަކީ ކޯޗުވެސް އެދޭ ފަދައިން ކުޅުންތެރިންވެސް ބޭނުންވާނީ ކުލަބަށް ކާމިޔާބު ލިބުންކަމަށާއި، ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާ އަބަދުވެސް ކާމިޔާބުވާނެ ކަމަށެވެ.

ރެއާލުން އޮސަސޫނާއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާއިރުއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް