Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ދާއިރާގެ މުސާރަ

މީހުން ނެތް ދާއިރާތަކަށް ސިއްހީ ދާއިރާގައި މުސާރަ ބޮޑު ކުރީ ގާބިލް މީހުން އުފައްދަން - އާދިލް

ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އައު އޮނިގަނޑަށް ބަލާއިރު ނިސްބަތުން އެންމެ މުސާރަ ބޮޑުވީ ސްޕެޝަލިސްޓުންނާއި ސަބްސްޕެޝަލިސްޓުންނާއި ނަރުހުންނަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 މެއި 2023 | ހުކުރު 02:42
ނަރުހުން

ނަރުހުން

މީހުން ނެތް ދާއިރާތަކަށް ސިއްހީ ދާއިރާގައި މުސާރަ ބޮޑު ކުރީ ގާބިލް މީހުން އުފައްދަންކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވަހަކަދައްކަވަމުން އޭނާ ވިދާޅުވީ ސިއްހީ ދާއިރާ އަށް ބޭނުންވާ ފަންނީ މީހުން ލިބުމުގައި އަދިވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ސިއްހީ ދާއިރާ އަށް ޝައުގުވެރިވާ މީހުން ނެތް ދާއިރާތަކުން މީހުން އުފެއްދޭނީ ރަނގަޅު މުސާރަ އެއް ލިބިގެން ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަަމަށެވެ. އެހެންކަމުން މި ބަދަލާއެކު ބައެއް މަޤާމުތަކަށް މީހުން ނުލިބުމުގެ މައްސަލަ އަށް ޖުމުލަ ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް އައި ބަދަލުތަކާއެކު އައު މަޤާމުތައް ވެސް އުފައްދާފައިވާނެ ކަަމަށެވެ. އަދި 60 އަށް ވުރެ ގިނަ ދާއިރާތަކުން މުސާރަ އަށް ބަދަލުގެނެސްފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ. ނަރުހުންނާއި އެހެނިހެން ދާއިރާތަކުން ވެސް މިހާރު ކުރިއަށް ދެވޭނެ މަގު އިތުރަށް ފުޅާކުރެވިފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ. އާދިލް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގައި ދިވެހިން ނެތް ދާއިރާތަކުގައި ދިވެހިން ބޭތިއްބުމަށް ވެސް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އައު އޮނިގަނޑަށް ބަލާއިރު ނިސްބަތުން އެންމެ މުސާރަ ބޮޑުވީ ސްޕެޝަލިސްޓުންނާއި ސަބްސްޕެޝަލިސްޓުންނާއި ނަރުހުންނަށެވެ. ކުރިން ކްލިނިކަލް ނަރުސް (ގްރޭޑް 9) އަށް އެވްރެޖުކޮށް 19،922ރ. ލިބެއެވެ. އައު ބަދަލާއެކު މީގެ ފަހުން 32،974ރ. ލިބޭނެ އެވެ. އެއީ 13،000ރ. (66 ޕަސެންޓުގެ) ކުރިއެރުމެކެވެ. ސްޕެޝަލިސްޓުންގެ މުސާރައަށް ވެސް 20 ޕަަސެންޓާއި 31 ޕަސެންޓާ ދޭތެރޭގެ ކުރިއެރުމެއް ވަނީ ގެނެސްފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު