Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނދާންނެތޭ ބަލި

ބްރޫސް ވިލިސްއަށް ކުރިމަތިވި ސިއްހީ މައްސަލަ ސާފުކޮށް ޑައެގްނޯސް ކުރެވިއްޖެ

މިބަލި އާންމުކޮން ޖެހެނީ އުމުރުން 40 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2023 | ހޮނިހިރު 08:46
ބްރޫސް ވިލިސް

ބްރޫސް ވިލިސް

އެކްޝަން ފިލްމް ތަކުން މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ފިލްމް ސްޓާރ އަދި އެކްޓަރ ބްރޫސް ވިލިސްއަށް، އެހެން މީހުންނާ މުއާމަލާތު ކުރުމަށް ދަތިވާ ސިއްހީ މައްސަލައެއް ކުރިމަތިވެގެން ފިލްމް ކުޅުމުން ވަކިވާކަން މިދިޔަ އަހަރުގެ މާޗުމަހު މަހު އޭނާގެ އާއިލާއިން އިއުލާންކުރިއެވެ. އޭގެ ފަހުން ހަދަމުން އައި ޓެސްޓްތަކާއި އެކި އެކި ދިރާސާތަކުން މިހާރު އެނގިފައިވާގޮތުގައި ބްރޫސް ވިލިސްއަށް ޖެހިފައިވަނީ "ޑިމެންޝިޔާ" ނުވަތަ ހަނދާންނެތޭ ބަލީގެ ވައްތަރެއް ކަމަށްވާ "ފްރަންޓޯ ޓެމްޕޯރަލް ޑިމެންޝިޔާ"ކަން އެނގިފައިވާކަމަށް އޭނާގެ އާއިލާއިން ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ. މިއީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ، އަދި ފަސޭހަ ނުކުރެވޭ ބައްޔެކެވެ. މިބަލި އާންމުކޮން ޖެހެނީ އުމުރުން 40 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ބްރޫސް ވިލިސްގެ އާއިލާއިން ބުނެފައިވާގޮތުގައި ލިބުނު ޚަބަރު ކިތަންމެ ހިތާމަވެރި ނަމަވެސް ސީދާ ބަލި ދެނެގަނެވުމުން އެކަމުގެ ހިތްހަމަޖެހުން ލިބެއެވެ. "ފްރަންޓޯ ޓެމްޕޯރަލް ޑިމެންޝިޔާ" ނުވަތަ އެފްޓީޑީއަކީ ރަހުމު ކުޑަ ބައްޔެއް ކަމަށާއި، މި ބަލި ހަމަ ކޮންމެ މީހަކަށްވެސް ޖެހިދާނެ ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ފްރަންޓޯ ޓެމްޕޯރަލް ޑިމެންޝިޔާ"އަކީ ހަނދާން ނެތޭ ބައްޔޭ މިކިޔާ އަލްޒައިމަރސް ޑިސީޒްއާއި ޕާކިންސަންސް ޑިސީޒްއާ އެއްއާއިލާއެއްގައި ހިމެނޭ ބައްޔެކެވެ. މިއީ ސިކުނޑި ފުރިހަމައަށް މަސައްކަތްކުރުން ހުއްޓުވައި، އަދި ސިކުނޑީގެ ޑިޖެނަރޭޝަން ނުވަތަ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްކުރުވާ ބައްޔެކެވެ.

އެމެރިކާގައި 50 ހާހާ 60 ހާހާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވަނީ މިބަލި ޖެހިފައި ކަމަށް ވެއެވެ.

މާހިރުން ވިދާޅުވާގޮތުގައި އެފްޓީޑީ ޖެހުމަށް މެދުވެރިވާ ކަމަށް އެންމެ ބޮޑަށް ބެލެވެނީ "އެބްނޯމަލް" ޕްރޯޓީންސް ސިކުޑިއަށް ޖަމާވާގޮތް ދިމާވުންނެވެ. މިގޮތަށް ދިމާވެ ގިނަ ދުވަސްވުމުން ޓޮކްސިކް ނުވަތަ ވިހަކަމުގެ ހާލަތެއް މެދުވެރިވެ ސިކުޑީގެ ސެލްތައް މަރުވާން ފަށަނީއެވެ.

ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި މިހާލަތު ދިމާވުމުން ސެލްތަކުގެ ޖީން އެތައް ގޮތަކަށް މިއުޓޭޓް ވެއެވެ. ނުވަތަ ބަދަލުވެއެވެ. އަދި މިއިން ކޮންމެ ބަދަލަކުން އެފްޓީޑީގެ ތަފާތު ހާލަތެއް ފެނުން އެކަށީގެންވެއެވެ.

އިތުރަށް މާހިރުން ވިދާޅުވެފައިވާ ގޮތުގައި ޖެނެޓިކް ބަދަލެއް ފެންނަން ނެތް، އެފްޓީޑީގެ ބަލި މީހުންވެސް އެބަތިބެއެވެ. މިފަދަ މީހުންނަކީ ސިކުނޑިއަށް ލިބުނު އަނިޔާއަކުން ބަލި ޖެހުނު މީހުންނަށް ވުން ވަރަށް އެކަށީގެންވާ ކަމަށް ޑަކްޓަރުން ވިދާޅުވެއެވެ.  

އަލްޒައިމަރސްގެ އަޑު އަހަމުންދާތާ ސަތޭކައަހަރަށް ވުރެގިނަ ދުވަސް ވެފައިވާއިރު އެފްޓީޑީއަކީ ނިސްބަތުން އައު ބައްޔެއް ކަމަށްވެސް މާހިރުން ވިދާޅުވެއެވެ. އެހެން ކަމުން ބައްޔާބެހޭގޮތުން އެނގޭ މައުލޫމާތުވެސް އަދި ވަރަށް މަދެވެ.

ބަލީގެ ނިޝާން އެކި މީހުންގެ ފުށުން ފެންނަލެއް ތަފާތު ކަމަށް ވެއެވެ. މިތަފާތު އަންނަނީ ސިކުޑީގައި ޕްރޯޓީން ޖަމާވާ ތަނެއްގެ ގޮތުން ކަމަށް ވެއެވެ. ބަލީގެ އަލާމާތްތައް ތަފާތުކަމާއެކު ބަލި ރަގަޅަށް ދެނެގަތުމަށް އަހަރުތަކެއްވެސް ނަގާފާނެ ކަމަށް ޑަކްޓަރުން ވިދާޅުވެއެވެ. އަދި އެހެން ބަލިތަކުގެ އަލާމާތްތައްވެސް ފެނިދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެފްޓީޑީ ޖެހިފައިވާ މީހުންގެ ފުށުން "ބިހޭވިއަރ" ނުވަތަ އުޅޭގޮތަށް ބަދަލުތަކެއް އަންނަތަން ފެނެއެވެ. މިގޮތުން "އިމްޕަލްސިވިޓީ" ނުވަތަ ކުއްލިކުއްލިއަށް ކަންތައް ކުރުން އަދި "ޑިސް-އިންހިބިޝަން" ނުވަތަ ކަންކަމާ ލަދުގަނެ ޖެހިލުންވާގޮތް ނެތުން ފެންނާނެއެވެ.

އުޅޭ ގޮތަށް އަންނަ ބަދަލުގެ ތެރޭގައި، މިސާލަކަށް ކުރިން މީހުންނަށް އިހްތިރާމްކޮށް އަދަބުވެރިކަން ހުންނަ މީހަކު، ރުޅިގަދަ، އެހެން މީހުންގެ އިހުސާސްތަކަށް ފަރުވާލެއް ނުބަހައްޓާ މީހަކަށް ބަދަލުވެއެވެ. ބައެއްފަހަރު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބައިވެސް ކުޑަވެއެވެ. މިގޮތުން އެކަކު މަޔޮނައިޒް ފުޅިއެއް އެއްކޮށް ކާލިކަން އެއް ޑޮކަޓަރަކު ފާހަގަކުރައްވާފައި ވެއެވެ.

ޖެހިލުންވުމުގެ ބައި ކުޑަވާއިރު މިބަލީގެ ކުރީކޮޅު ބައެއްމީހުން ކުށްތަކަށް އަރައިގަންނަ ކަންވެސް ޑަކްޓަރުން ފާހަގަކުރައްވާފައި ވެއެވެ. އެއީ އެހެން މީހުންނާމެދު ބަހައްޓަންޖެހޭ ރަހުމާއި އޯގާތެރިކަމުގެ ބައި ނުހުންނާތީކަން ފާހަގަކުރައްވާފައި ވެއެވެ.

ސިކުނޑީގެ ޓެމްޕޮރަލް ލޯބް ކިޔާބަޔަކީ ވާހަކަ ދެއްކުމާއި ބަސް ދެނެގަތުގެ ބައި ކަމަށްވާއިރު، އެބައި މަސައްކަތް ކުރުން ހުއްޓިއްޖެ ނަމަ "ޕްރޮގްރެސިވް އަފޭސިޔާ" ކިޔާބަލި ޖެހެވެ. މިއީ ފުރަތަމަ ބްރޫސް ވިލިސް ވެސް ޑައެގްނޯސް ކުރެވުނު ބައްޔެވެ. އަފޭސިޔާ ކިޔާ ހަނދާންނެތޭ ބަލި ޖެހޭ މީހުންނަށް "ލެންގުއޭޖް" ނުވަތަ ބަސް ދެނެގަނެ އަދި އެކިބަސްބަހުން މުއާމަލާތުކުރަން އުނދަގޫވެއެވެ.   

"އެފްޓީޑީ" ޖެހޭ މީހެއްގެ ފުށުން ފުރަތަމަ ފެންނާނީ ވަރަށް ކުދި ކުދި ބަދަލުތަކެވެ. މިގޮތުން ވާހަކަ ދެއްކޭ ގޮތް އަދި ހަރަކާތް ކުރުމަށް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. މިބަދަލުތައް އިތުރަށް ބޮޑުވެ ކޮންމެ ދުވަހެއްގެ މަސައްކަތަށް ނުވަތަ އާދައިގައި އުޅޭ ގޮތަށް ބަދަލު އަންނަ ހަމައިން އެކަން ބަލަނީ ޑިމެންޝިޔާގެ ގޮތުގައެވެ. ޑިމެންޝިޔާ ނުވަތަ އެންމެ އާންމުކޮން ފެންނަ ހަނދާން ނެތޭ ބަލީގެވެސް ތިން ސްޓޭޖެއް ވެއެވެ. އެއީ މައިލްޑް، މޮޑަރޭޓް، އަދި ސިވިއަރ، މިތިން މަރުހަލާއެވެ.

ފަހު މަރުހަލާއަށް ދާއިރު ވަރަށް ބޮޑަށް ހަރަކާތް މަދުވެ އަދި ކެއުމަށާއި ދިރުވައިހެދުމަށްވެސް ދަތިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު