Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް

ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމުގައި ބައިވެރިވި މުދައްރިސުންނަށް އެވޯޑު ދީފި

4 މެއި 2023 | ބުރާސްފަތި 03:51

26 ސްކޫލަކުން 37 މުދައްރިސުން ވަނީ އެވޯޑް ޙާޞިލުކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 މެއި 2023 | ބުރާސްފަތި 03:51
މުދައްރިސުންނަށް އެވޯޑު ދިނުން

މުދައްރިސުންނަށް އެވޯޑު ދިނުން

"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023" ގެ ދަށުން މުދައްރިސުންގެ އަގު ވަޒަންކޮށް އެވޯޑު ދީފިއެވެ.

ޢިއްޒުއްދީން ސްކޫލުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ، އެވޯޑުތައް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ.

Advertisement - newsAdvertisement

"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވާ، އެ ނަތީޖާ ހިފެހެއްޓެވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވާ މުދައްރިސުންގެ އަގުވަޒަންކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 26 ސްކޫލަކުން 37 މުދައްރިސުން ވަނީ މި އެވޯޑް ޙާޞިލުކުރައްވާފައެވެ.

3 ކެޓެގަރީއަކުން މި އެވޯޑްތައް ދީފައިވެއެވެ. އެއީ އޯލެވެލް އެލީޓް އެވޯޑާއި، އޯލެވެލް އެޗީވްމަންޓް އެވޯޑުގެ އިތުރުން އޯލެވެލް އެކްސެލެންސް އެވޯޑެވެ.

އޯލެވެލް އެލީޓް އެވޯޑަކީ އެ މުދައްރިސަކު ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 އިންސައްތަ އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދީފައިވާ އެވޯޑެކެވެ.

އޯލެވެލް އެޗީވްމަންޓް އެވޯޑަކީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 އިންސައްތަ އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދީފައިވާ އެވޯޑެކެވެ.

މީގެ އިތުރުން އޯލެވެލް އެކްސެލެންސް އެވޯޑަކީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 އިންސައްތަ އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދީފައިވާ އެވޯޑެކެވެ.

މި ޕްރޮގްރާމްގެ ސަބަބުން މުދައްރިސުން އުނގަންނައިދިނުމުގައި ކުރިއަރައި ދިއުމަށާއި ރަނގަޅު ނަތީޖާ ހޯއްދެވުމުގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދަރިވަރުންނަށް ނަމޫނާ ދެއްކުމުގައި މެދުނުކެނޑި އެންމެ އުސް ހަރުފަތުގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.

"ސްކޫލް ވެހި" ޕްރޮގްރާމަކީ ސްކޫލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބިނާކުރަނިވި އުނގަންނައިދިނުމުގެ ޙަރަކާތްތައް ތަރައްޤީކުރުމަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިހާރު މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 153 ސްކޫލުން ބައިވެރިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް