Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޓީއެމް 2023

އެމްއެމްޕީއާރްސީން ރިކޯޑް ޑެލިގޭޝަނަކާއެކު، އޭޓީއެމް 2023ގައި "ސަނީ ސައިޑް އޮފް ލައިފް"ގެ ޗާލުކަން ޕްރޮމޯޓްކުރަނީ

ޓޫރިޒަމްގެ 90 ކުންފުންޏެއް ތަމްސީލުކުރާ 200ށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 މެއި 2023 | ބުދަ 13:20
އޭޓީއެމް 2023ގައި "ސަނީ ސައިޑް އޮފް ލައިފްގެ" ޗާލުކަން ޕްރޮމޯޓްކުރަނީ

އޭޓީއެމް 2023ގައި "ސަނީ ސައިޑް އޮފް ލައިފްގެ" ޗާލުކަން ޕްރޮމޯޓްކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ/ ވިޒިޓް މޯލްޑިވްސް)ގެ ތާރީހުގައި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގައި ބައިވެރިވާ އެންމެ ބޮޑު ވަފުދާއެކު، އޭޓީއެމް 2023ގައި ބައިވެރިވެއްޖެއެވެ.

ވިޒިޓް މޯލްޑިވްސްއާއެކު، ޓްރެވަލް އަދި ޓޫރިޒަމްގެ 90 ކުންފުންޏެއް ތަމްސީލުކުރާ 200ށްވުރެ ގިނަ ބައިވެރިން، މެއި 01ން 04ށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބާއްވާ މި ފެއަރގައި ރާއްޖެ ޕްރޮމޯޓް ކުރަމުން ގެންދާނެއެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވަނީ މެދުއިރުމަތީގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް، ރާއްޖޭގެ ޓްރެވަލް ޓްރޭޑާއި އަރަބި ޓްރެވަލް ޓްރޭޑް ގުޅުވާލުމުގެ ފުރުސަތުތައް ހޯދައިދީ، މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށެވެ. މިއީ ރާއްޖެއިން ދުނިޔޭގެ ލީޑީންގ ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން 3 އަހަރު ކާމިޔާބުކުރުމަށްފަހު އޭޓީއެމްގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގެ އިންބައުންޑް އަދި އައުޓްބައުންޑް ޓްރެވަލް އިންޑަސްޓްރީގެ ލީޑިންގ ގްލޯބަލް އިވެންޓެވެ. ފާއިތުވެދިޔަ 30 އަހަރު ދުވަހު ބާއްވާފައިވާ މި އަހަރީ އިވެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތަކާއި މަންޒިލްތައް ގަނެ ވިއްކާ ފަރާތްތަކާއި، ޓްރެވަލް ޓްރޭޑްގެ އިތުރުން ސީދާ ފަތުރުވެރިންނާ ގުޅުވައިދޭ އިވެންޓެކެވެ. އޭޓީއެމްގެ މަގުސަދަކީ ޓްރެވަލް އިންޑަސްޓްރީއަށް އެހީތެރިވުމާއި ވިޔަފާރީގެ މުހިންމު ގުޅުންތަކަށް މަގުފަހިކޮށްދިނުމެވެ.

މި ހަރަކާތާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، އޭޓީއެމްގެ މުހިންމުކަމާއި މެދުއިރުމަތީގެ މާކެޓުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ގިނަ ފުރުސަތުތައް، އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ ފާހަގަކުރައްވާފައެވެ.

ތޮއްޔިބްގެ ވާހަކަފުޅުގައި ވިދާޅުވީ އޭޓީއެމް 2023ކީ މެދުއިރުމަތީގައި ބާއްވާ އެންމެ މުހިންމު ޓޫރިޒަމް ފެއަރކަމަށާއި، މިއީ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި، ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކާއި، މީޑިއާ ޕްރޮފެޝަނަލުން އަދި އިތުރު އެތައް ބަޔަކު 4 ދުވަސް ވަންދެން އެއް ފުރާޅެއްގެ ދަށުގައި ނެޓްވޯރކްކުރުމުގެ ފުރުސަތު ލިބޭ ފެއަރއެއްކަމަށެވެ. އަދި މި ފެއަރގައި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް ނެޓްވޯކިންގއާއި ކޮލަބްރޭޝަންގެ ގިނަ ފުރުސަތުތަކެއް ލިބެމުންދާކަމާމެދު އެއްވެސް ޝައްކެއް ނެތްކަންވެސް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

މި އަހަރު އޭޓީއެމްގައި ރާއްޖެ ތަމްސީލުކުރަމުން ގެންދަނީ ރާއްޖޭގެ ތަފާތު ގަސްގަހާގެހި ފެންނަ، ޒަމާނީ ޑިޒައިންތައް އެކުލެވިފައިވާ، މުޅިން އާ ކޮންސެޕްޓަކަށް ފަރުމާކޮށްފައިވާ 429 އަކަމީޓަރުގެ ޑަބަލް ޑެކަރ ސްޓޭންޑެއްގައެވެ. ރާއްޖޭގެ ރީތި ރަށްތަކާއި ރާއްޖޭގެ ގުދުރަތީ މާހައުލު އިންސްޕިރޭޝަނަކަށް ނަގައިގެން ފަރުމާކޮށްފައިވާ މި ސްޓޭންޑްގައި 90 ކޯ-އެގްޒިބިޓަރ ކައުންޓަރާއި 53 ބީ2ބީ މީޓިންގ ޓޭބަލް ހިމެނެއެވެ. މި ފެއަރގައި، ސީސައިޑް ފިނޮޅު ބާ، ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، އެންއޯއޯއީ މޯލްޑިވްސް ކުނާވަށި އަދި އަދާރަން ޕްރެސްޓީޖް ވާދޫއިން ސްޕޮންސަރކޮށްގެން، ސްޓޭންޑަށް ޒިޔާރަތްކުރާ ނަސީބުވެރި 5 ފަރާތަކަށް ރާއްޖެއަށް ހިލޭ ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބޭ ގުރުއަތުލުމެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ. މި ސްޓޭންޑަކީ ރާއްޖޭގެ ސަގާފަތާއި ތަރިކައާއި ގުދުރަތީ ރީތިކަން ދައްކުވައިދީ، ސްޓޭންޑަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކެއް ރާއްޖެއާމެދު ޝައުގުވެރިވާގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ.

ލަގްޜަރީ، ހަނީމޫން، ރޮމޭންޓިކް، ފެމިލީ، އަދި އެޑްވެންޗަރ ފަދަ، ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓްތަކުގެ އިތުރުން މައިސް ޓޫރިޒަމް، މި ފެއަރގައި ވިޒިޓް މޯލްޑިވްސްއިން ޕްރޮމޯޓް ކުރަމުން ގެންދާނެއެވެ. އޭޓީއެމް 2023ގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނަށް ރާއްޖެއާއި އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމަށާއި ނެޓްވޯރކް ކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި ކޯ-އެގްޒިބިޓަރުންނަށް، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ތަޖުރިބާތައް ޕްރޮމޯޓްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ގުޅުންތައް އުފެއްދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މީގެއިތުރުން އޭޓީއެމް 2023ގައި ރާއްޖެ ބައިވެރިވުމުގެ ސަަބަބުން މެދުއިރުމަތީގެ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާވެ ވަރުގަދަ ވެގެންދާނެއެވެ. އޭޓީއެމްގެ 2023ގެ ހަވާސާގައި "މޯލްޑިވްސް މީޑިއާ މީޓް"ގެ ނަމުގައި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްވެސް އެމްއެމްޕީއާރުސީން ވަނީ ބާއްވާފައެވެ.

މެދުއިރުމަތީގެ މާކެޓަކީ ތާރީހީގޮތުން ދިވެހިރާއްޖޭގެ މުހިންމު ސޯސް މާކެޓެކެވެ. ދުނިޔޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން މެދުއިރުމަތީގެ މާކެޓް އަދިވެސް އޮތީ ފޯކަސްކުރެވޭ މުހިންމު މާކެޓެއްގެ ގޮތުގައެވެ. މިގޮތުން، ރާއްޖެއަކީ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެގޮތުގައި ގާއިމްކުރުމަށާއި ބްރޭންޑް ވިޒިބިލިޓީ ދެމެހެއްޓުމުގެ ސްޓްރެޓެޖީގެ ދަށުން، މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށްގެން މުޅި އަހަރުގެތެރޭގައި މެދުނުކެނޑި ގިނަ މާކެޓިންގ ހަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ހިންގަމުންގެންދާ ކެމްޕޭންތަކާއި، މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ބޮޑެތި ޕަބްލިކޭޝަންތަކާއި މަޖައްލާތަކާއެކު ހިންގާ މާކެޓިންގ ކެމްޕޭންތައް، އަދި އައުޓްޑޯރ އެޑްވަޓައިޒިން ކެމްޕޭންތަކާއި ލީޑިންގ އެއަރލައިންތަކާއެކު ހިންގަމުން ގެންދާ ޖޮއިންޓް މާކެޓިންގ ޕްރޮގްރާމްތަކާއި އެހެނިހެން ތަފާތު މާކެޓިންގ ހަރަކާތްތައް ހިމެނެއެވެ. 2022 ވަނަ އަހަރު މެދުއިރުމަތިން ޖުމްލަ 21,127 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2019

އަނެއްކާވެސް ވީއައިއޭގެ ވީލް މޫވްމަންޓް ރިކޯޑް މުގުރާލައިފި!

23 ޑިސެމްބަރު 2019
އަނެއްކާވެސް ވީއައިއޭގެ ވީލް މޫވްމަންޓް ރިކޯޑް މުގުރާލައިފި!
26 މެއި 2019

އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ ލީސް ރައިޓްސް ބަދަލުކުރުން ހުއްޓާލައިފި

26 މެއި 2019
އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ ލީސް ރައިޓްސް ބަދަލުކުރުން ހުއްޓާލައިފި
18 އެޕްރީލު 2019

ގެސްޓް ހައުސް ހިންގާ ފަރާތްތަކައް ޚާއްސަކޮށްގެން އެމްއެމްޕީއާރްސީން ވޯކްޝޮޕެއް ހިންގަނީ

18 އެޕްރީލު 2019
ގެސްޓް ހައުސް ހިންގާ ފަރާތްތަކައް ޚާއްސަކޮށްގެން އެމްއެމްޕީއާރްސީން ވޯކްޝޮޕެއް ހިންގަނީ
05 އެޕްރީލު 2019

ޖަޕާނުގެ ޑައިވް ފެއަރގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ

05 އެޕްރީލު 2019
ޖަޕާނުގެ ޑައިވް ފެއަރގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ
09 މާރިޗު 2019

އެމްއެންޑީއެފްގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑް އެ އިދާރާއިން ފުރިހަމަކޮށްދެނީ

09 މާރިޗު 2019
އެމްއެންޑީއެފްގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑް އެ އިދާރާއިން ފުރިހަމަކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު