Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ހިޔާނާތް

އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ ލީސް ރައިޓްސް ބަދަލުކުރުން ހުއްޓާލައިފި

26 މެއި 2019 | އާދީއްތަ 18:34

އޯނަރޝިޕް ބަދަލުކުރުން މަޑުޖައްސާލީ ކޮރަޕްޝަން އެންޑް އެސެޓްސް ރިކަވަރީ ކޮމިޝަނުން އެދިގެން

އަމަން ހަލީމް
އަމަން ހަލީމް | 26 މެއި 2019 | އާދީއްތަ 18:34
އެމްއެމްޕީއާރްސީ: 55 ތަނެއް ކުއްޔަށް ދޫކޮށްފައިވޭ

އެމްއެމްޕީއާރްސީ: 55 ތަނެއް ކުއްޔަށް ދޫކޮށްފައިވޭ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ލީސް ރައިޓްސް (އޯނަރޝިޕް) އާއި ގުޅޭ މުއާމަލާތްތަކާއި، އެތަންތަނުގެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމުގެ މުއާމަލާތްތައް ހުއްޓުވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހެޑްލީޒް ރައިޓްސް ބަދަލުކުރުމާއި އެއިން ތަނެއް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމުގެ މުއާމަލާތްތައް މަޑުޖައްސާލަން ނިންމީ، ކޮރަޕްޝަން އެންޑް އެސެޓްސް ރިކަވަރީ ކޮމިޝަނުން އެދިގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ރައީސް ސޯލިހު އުފެއްދެވި ކޮރަޕްޝަންގެ މައްސަލަތަކާއި ބެހޭ ރިޔާސީ ކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީގައި މިކަންކަން މަޑުޖައްސާލުމަށް އެދުނީ އެ ކޮމިޝަނުން ކުރަމުންގެންދާ ތަހުގީގުތަކަށް ހުރަސްއެޅިދާނެތީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކާއި ފަޅުތަކުގެ ހެޑްލީޒް ރައިޓްސް އަދި ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމުގެ މުއާމަލާތްތައް ހުއްޓާލަން ނިންމީ ކޮމިޝަނުގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެނެވެ. މި މުއްދަތުގެ ތެރޭގައި އެކަަހަލަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެދި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް އަންގާ މެމޯއެއް ނެރެފައިވާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. މި ތަންތަނާ މެދު އިތުރު ފިޔަވަޅެއް އަޅާނީ ހިންގޭ ތަހުގީގުތަކަށް ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުއާމަލާތްތައް މަޑުޖައްސާލުމުގެ އިތުރަށް، އެފަދަ މުއާމަލާތެއް ހިންގަން އުޅޭނަމަ އެކަމުގެ މައުލޫމާތު އެސެޓްސް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވެސް އެދިފައިވެއެވެ. އެ ކޮމިޝަނުން ހެޑްލީޒް ރައިޓްސްއާއި ހިއްސާ ބަދަލު ކުރުމުގެ މުއާމަލާތްތައް އެކަނި ހުއްޓުވަން އެދިފައިވީ ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ކޮމިޝަނުގެ ރައީސްއާ މަޝްވަރާ ކުރުމަށް ފަހު ސަބްލީޒް ރައިޓްސްއާ ގުޅޭ މުއާމަލާތްތައް ވެސް ހުއްޓާލަން ނިންމާފައެވެ. މިގޮތަށް ކަންކުރައްވަން ނިންމެވީ އެސެޓްސްތައް "މޫވް" ކުރުމުގެ ފުރުސަތު ނުދެއްވުމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާ 55 ރަށުގެ ތެރެއިން އެއްވެސް ރަށެއްގެ ހެޑްލީޒް ރައިޓްސް ބަދަލުކުރުމަށް އެތަންތަނުގެ ވެރި ފަރާތްތަކުން ހިންގާފައިނުވާ ކަން މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެއް ސަބްލީޒް ޓްރާންސްފަރ މުއާމަލާތް ހިންގާފައިވީ ނަމަވެސް އާދިއްތަ ދުވަހު ނެރުނު މެމޯއާ އެކު އެ ޓްރާންސްފަރ ވެސް ބާތިލް ކުރެވިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާ 55 ރަށާއި ފަޅުގެ ތެރޭގައި ހިމެނެނީ ނ. އަތޮޅުން ތިން ތަނަކާއި ރ. އަތޮޅުން 11 ތަނަކާއި ބ. އަތޮޅުން ނުވަ ތަަނަކާއި ޅ. އަތޮޅުގެ ތަނަކާއި މާލެ އަތޮޅުން 11 ފަޅަކާއި އެއް ރަށް ހިމެނޭ ގޮތަށް 12 ތަން، އއ. އަތޮޅުން ދެ ތަނަކާއި، އދ. އަތޮޅުގެ ހަ ތަނަކާއި ވ. އަތޮޅުން ހަތަރު ތަނާއި މ. އަތޮޅުން ތަނެއް، ދ. އަތޮޅުން ދެ ތަން، ތ. އަތޮޅުން ތިން ތަނެއް ގއ. އަތޮޅުން އެއް ތަނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ޖޫން 2017

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ

18 ޖޫން 2017
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
05 ޖޫން 2017

ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި

05 ޖޫން 2017
ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
26 މާރިޗު 2017

މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

26 މާރިޗު 2017
މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް