Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑައިވް ފެއަރ

ޖަޕާނުގެ ޑައިވް ފެއަރގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ

5 އެޕްރީލު 2019 | ހުކުރު 11:56

ފެއަރ ކުރިޔަށް ދަނީ ތިން ދުވަހުގެ މުއްދަތަށް

އަލީ ސަމާޚް
އަލީ ސަމާޚް | 5 އެޕްރީލު 2019 | ހުކުރު 11:56
ޑައިވް ފެއަރގައި ހުންނަ ރާއްޖޭގެ ބޫތު ކައިރީގައި ބަޔަކު ހުއްޓިލައިގެން

ޑައިވް ފެއަރގައި ހުންނަ ރާއްޖޭގެ ބޫތު ކައިރީގައި ބަޔަކު ހުއްޓިލައިގެން

ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދާ އެންމެ ބޮޑު ޑައިވިން ފެއަރ މެރިން ޑައިވިންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާރގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މޯލްޑިވްސް މާކެޓިންގ އެނޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމެއެމްޕީއާރްސީ) އެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީއާ އެކު ޖަޕާނުގައި ހުންނަ ދިވެހި އެންބަސީ އިން މި ފެއާގައި ހަރަކާތްތެރިވަމުންދާނެއެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވައިފައިވާ ސަފީރް އިބްރާހިމް އުވައިސްއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޑައިވިންގ ފެއަރގައި ރާއްޖޭގެ ޑައިވް ސެގްމެންޓާ އިތުރުން އެކި ސެގްމެންޓްތަކާ ގުޅޭ ހަރަކާތްތައް ރާއްޖޭގެ ބޫތުގައި ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

މެރިން ޑައިވިން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްއެމްޕީއާރްސީ

އޭގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތައް ރަހަ ބެލުމުގެ ފުރުސަތު ހުޅުވިފައި ވެއެވެ. މީގެ އިތުރުން ޖަޕާނުގެ މަޝްހޫރު ގޭމެއް ކަމަށްވާ ބިންގޯ ގޭމް ކުޅެގެން މޮޅުވާ ފަރާތަކަށް ލިޔެލާ ރެޓްރީޓްގެ ފަރާތުން 5 ދުވަހުގެ ހުރުން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެކި މަޢުލޫމާތުތައް ފޯރޮކޮށްދިނުމަށްޓަކައި ޕްރެޒެންޓޭޝަނެއް ފެއަރ އޮންނަ ތިން ދުވަހު ރާއްޖޭގެ ބޫތުގައި ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

މި ޕްރެޒެންޓޭޝަންގެ މައިގަނޑު މަޤްސަދަކީ ގިނަ ބަޔަކަށް ރާއްޖެޔާ ބެހޭ ގޮތުން މަޢުލޫމާތް ފޯރުކޮށްދިނުމެވެ. އެމްއެމްޕީއާރްސީން ބުނީ، މެރިން ޑައިވިންގ ފެއަރގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ޑައިވިނަށް ލޯބިކުރާ ފަތުރުވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ކަނޑުތަކުގެ ތަފާތުކަމާ ރާއްޖެއާ ބެހޭ މަޢުލޫމާތު ޙިއްސާކޮށް، ރާއްޖޭގެ ޑައިވް ސެގްމަންޓަށް އިތުރު ކުރިއެރުން ގެނައުމަށްޓަކައި އިންޑަސްޓްރީގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމެވެ.

ޑައިވިން ފެއާރގެ ތެރެއިން. ފޮޓޯ: އެމްއެމްޕީއާރްސީ

ޖަޕާނަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނުވަ ވަނައަށް އެންމެ ބޮޑު މާރކެޓެވެ. ޖަޕާނުން 2018 ވަނަ އަހަރު ޗުއްޓީ ހޭދަކުރުމަށްޓަކައި 42،304 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2017 ވަނަ އަހަރާއި އަޅާ ބަލާއިރު %2.8 ގެ ކުރިއެރުމެކެވެ.

މި އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށް މިހާތަނަށް 3،987 ފަތުރުވެރިން ޖަޕާނުން ޒިޔާރަތްކޮށްފައިވާއިރު، މެރިން ޑައިވިން ފެއަރގެ ސަބަބުން ރާއްޖޭގެ ޑައިވިންގ ސެގްމެންޓް އިތުރަށް ފުޅާކުރުމަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2017

ޖޯޖިއާގެ މުނިސިޕަލް އިލެކްޝަން އޮބްޒަރވު ކުރުމުގައި އީސީން ބައިވެރިވެއްޖެ

22 އޮކްޓޯބަރު 2017
ޖޯޖިއާގެ މުނިސިޕަލް އިލެކްޝަން އޮބްޒަރވު ކުރުމުގައި އީސީން ބައިވެރިވެއްޖެ
17 ސެޕްޓެމްބަރު 2017

ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ބައިވެރިވެއްޖެ

17 ސެޕްޓެމްބަރު 2017
ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ބައިވެރިވެއްޖެ
16 ސެޕްޓެމްބަރު 2017

މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތުގައި ސިފައިން ބައިވެރިވެއްޖެ

16 ސެޕްޓެމްބަރު 2017
މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތުގައި ސިފައިން ބައިވެރިވެއްޖެ
07 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ ޓެލެތޯންގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

07 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ ޓެލެތޯންގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
06 ސެޕްޓެމްބަރު 2017

ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ
06 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީން ހިންގާ ޓެލެތޯންގައި ޓްރޭޑް ޔޫނިއަންއިން ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީން ހިންގާ ޓެލެތޯންގައި ޓްރޭޑް ޔޫނިއަންއިން ބައިވެރިވެއްޖެ
17 ޖޫން 2017

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް