Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަލް މަހްރާ މޯލްޑިވްސް

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި 218 މިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްގީކުރަނީ

2 މެއި 2023 | އަންގާރަ 04:10

މި ރިސޯޓުގައި 150 ކޮޓަރި ހުންނާނެ، 100 ކޮޓަރިއަކީ ވޯޓަރ ވިލާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 މެއި 2023 | އަންގާރަ 04:10
އަލް މަހްރާ ރިސޯޓް މޯލްޑިވްސްގެ ކުރެހުމެއް

އަލް މަހްރާ ރިސޯޓް މޯލްޑިވްސްގެ ކުރެހުމެއް

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެފްއޭއެމް ހޯލްޑިންގ ޕީއެސްސީ ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ދުބާއީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި "އަލް މަހްރާ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި ތަރައްގީކުރާ ރިސޯޓު ޕްރޮޖެކްޓު އެ ކުންފުނިން ލޯންޗުކޮށްފައިވަނީ މިއަހަރުގެ އަރަބިއަން ޓްްރެވަލް މާކެޓުގައެވެ.

އެފްއޭއެމް ހޯލްޑިންގ ޕީއެސްސީ ގްރޫޕުން ރާއްޖޭގައި ތަރައްގީކުރަން ނިންމާފައިވާ ރިސޯޓަކީ އެ ކުންފުނިން ޔޫއޭއީން ބޭރުގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. އަދި ރާއްޖޭގައި އެކުންފުނިން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ.

މި ޕްރޮޖެކްޓާ ގުޅިގެން ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗެއަރމަން ޑރ. ފައިސަލް އަލީ މޫދާ ވިދާޅުވީ މި ޕްރޮޖެކްޓާއެކު އެކުންފުނީގެ އަމާޒަކީ ފުރަތަމަ ފަހަރަށް ޔޫއޭއީން ބޭރުގައި ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްކަމާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާކަން ޑރ. ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ފައިސަލް ވިދާޅުވީ އަލް މަހްރާ މޯލްޑިވްސް ތަރައްގީކުރެވިގެންދާނީ އެއްލައްކަ އަކަމީޓަރުގެ ރަށެއްގައި ކަމަށެވެ. މި ރިސޯޓުގައި 150 ކޮޓަރި ހުންނާނެ ކަމަށާއި، މީގެ ތެރެއިން 100 ކޮޓަރިއަކީ ވޯޓަރ ވިލާކަމަށް ވިދާޅުވިއެވެ. ކޮންމެ ކޮޓަރިއެއްގައި ޕްރައިވެޓް ސްވިމިންގ ޕޫލެއް ހިމެނޭނެއެވެ.

މީގެ އިތުރުން 40 ބީޗް ވިލާ ހިމެނޭއިރު މީގެ ތެރެއިން 10 ވިލާ ޚާއްސަކުރެވޭނީ ވީއައިޕީންނަށް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި 3 ރެސްޓޯރެންޓާއި، ސްޕާއެއްގެ އިތުރުން ޖިމެއްވެސް ހިމެނޭނެއެވެ.

ޑރ. ފައިސަލް ވިދާޅުވީ އަލް މަހްރާ މޯލްޑިވްސްގެ އަމަލީ މަސައްކަތްތައް 3 މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މި މަސައްކަތް ނިންމައި ރިސޯޓު ހުޅުވޭނީ 2025 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް އަންދާޒާކުރެވޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް