Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލަންޑުގެ އާންމު އިންތިޚާބް

ތައިލަންޑުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންގެންދަވާ ޕޭތުންގތާން ޝިނަވަޓްރާއަށް ބޭފުޅަކު ލިބިވަޑައިގެންފި

1 މެއި 2023 | ހޯމަ 13:35

ކުރިޔަށް އޮތް އިންތިޚާބުގައި ތައިލަންޑްގެ 52 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 1 މެއި 2023 | ހޯމަ 13:35
ތައިލަންޑުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އުޅުއްވާ ޕޭތުންގތާން ޝިނަވަޓްރާ

ތައިލަންޑުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އުޅުއްވާ ޕޭތުންގތާން ޝިނަވަޓްރާ

ތައިލަންޑުގެ ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލައްވައި ކެމްޕެއިންކުރައްވަމުން ގެންދަވާ، ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާގެ އެންމެ ހަގު ދަރިކަނބަލުން ޕޭތުންގތާން ޝިނަވަޓްރާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިއެވެ. އޭނާއަށް ބޭފުޅަކު ލިބިވަޑައިގެންފައި މި ވަނީ އިންތިޚާބަށް ދެ ހަފުތާއަށް ވެފައި ވަނިކޮށެވެ. ދަރިކަލުންނާއި ފިރިކަލުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވައި ޕޭތުންގތާން ވިދާޅުވެފައިވަނީ، ރައްކައުވުމުގެ އާލާސްކަންފުޅު ރަނގަޅުވުމަށް ކުޑަ ދުވަސްކޮޅެއް ނެންގެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގައެވެ.

މޭ 14 ވަނަ ދުވަހު ފެއްޓުމަށް ތާވަލްކޮށްފައިވާ ތައިލަންޑްގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާކަމަށް ޕޯލްތަކުން ދައްކަނީ ޕޭތުންގތާން ޝިނަވަޓްރާއެވެ. ކުރިން ބޮޑުވަޒީރުކަން ކުރެއްވި އެކަމަނާގެ ބައްޕާފުޅު ތަކްޝިން ޝިނަވަޓްރާއާއި ބޮޑުދައިތާފުޅު ޔިންގލަކް ޝިނަވަޓްރާވެސް މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ ގައުމުން ބޭރުގައެވެ. އެއީ ކޮރަޕްޝަންގެ ދައުވާއަށް ފިއްލެވުމަށްޓަކައެވެ.

ކުރިން އާރމީ ޗީފްގެ މަގާމްގައި ހުންނެވި، ތައިލަންޑުގެ މިހާރުގެ ބޮޑުވަޒީރު ޕްރަޔުތު ޗާންއޮޗާ ވެރިކަމަށް ވަޑައިގެންފައިވަނީ 2014 ވަނަ އަހަރު އަސްކަރިއްޔާގެ މަދަދާއެކު ގެނައި އިންގިލާބަކުންނެވެ. އަދި އޭގެ ފަހުން ކޯޓު އަމުރެއް ނެރުއްވައި، އޭރުގެ ބޮޑުވަޒީރު ޔިންގލަކް ޝިނަވަޓްރާ މަގާމުން ވަކިކުރެއްވިއެވެ.

ތަކްޝިން ޝިނަވަޓްރާވެސް ވަކިކުރެއްވުނީ 2006 ވަނަ އަހަރު ގެނެވުނު އިންގިލާބެއްގައެވެ.

ކުރިޔަށް އޮތް އިންތިޚާބްގައި ތައިލަންޑުގެ 52 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. ވޯޓުލައިގެން ހޮވާނީ ތިރިގޭގެ 500 މެމްބަރުންނެވެ. ނަމަވެސް އަސްކަރިއްޔާގެ ބާރުގެ ދަށުން އެކުލަވާލާފައިވާ ގާނޫނު އަސާސީ ބުނާގޮތުން، މަތިގެ ނުވަތަ ސެނެޓަށްވެސް، ބޮޑުވަޒީރަކު އިޚްތިޔާރުކުރުމުގައި ބޮޑު ދައުރެއް ދީފައި ވެއެވެ. ސެނެޓުގައި ގިނައިން ތިބެނީ އަސްކަރިއްޔާއަށް ވަފާތެރި މެމްބަރުންނެވެ. އެހެންކަމުން އަސްކަރިއްޔާގެ މަދަދު ނެތް ބޭފުޅަކަށް ތައިލަންޑުގައި ވެރިކަމަށް ވަޑައިގަތުން ދަތިކަމަކަށްވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޖޫން 2018

ބައްދަލުވުން ކާމިޔާބު ވެއްޖެނަމަ އުތުރު ކޮރެއާގެ ލީޑަރު އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނަން: ރައީސް ޓްރަމްޕް

08 ޖޫން 2018
ބައްދަލުވުން ކާމިޔާބު ވެއްޖެނަމަ އުތުރު ކޮރެއާގެ ލީޑަރު އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނަން: ރައީސް ޓްރަމްޕް
08 ޖޫން 2018

މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ

08 ޖޫން 2018
މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ
05 ޖޫން 2018

އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި

05 ޖޫން 2018
އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި
21 މެއި 2018

ޓްރަމްޕްގެ ކެމްޕެއިންއަށް އެފްބީއައިން ފާރަލާފައި ވޭތޯ ބަލަނީ

21 މެއި 2018
ޓްރަމްޕްގެ ކެމްޕެއިންއަށް އެފްބީއައިން ފާރަލާފައި ވޭތޯ ބަލަނީ
12 ނޮވެމްބަރު 2017

އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް

12 ނޮވެމްބަރު 2017
އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް
11 އޮކްޓޯބަރު 2017

ކެންޔާގެ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް އިދިކޮޅު ކެންޑިޑޭޓް އޮޑިންގާ ނިންމަވައިފި

11 އޮކްޓޯބަރު 2017
ކެންޔާގެ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް އިދިކޮޅު ކެންޑިޑޭޓް އޮޑިންގާ ނިންމަވައިފި
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް