Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިއެސް ޖަމާއަތުގެ ލީޑަރު

ތުރުކީ އިންޓެލިޖެންސުން އައިއެސްގެ ލީޑަރު މަރާލައިފި

ޤުރައިޝީ އައިއެސްގެ ލީޑަރަކަށް ހަމަޖެއްސީ 2022 ވަނަ އަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 މެއި 2023 | ހޯމަ 02:37
ތުރުކީގެ ރައީސް އުރުދުޣާން

ތުރުކީގެ ރައީސް އުރުދުޣާން

ތުރުކީގެ އިންޓެލިޖެންސް ފޯސްތަކުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ލީޑަރު ކަމަށްވާ އަބޫ ހުސައިން އަލް ޤުރައިޝީ މަރާލާފައިވާ ކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އުރުދުޣާން ވިދާޅުވީ ޤުރައިޝީ މަރާލާފައިވަނީ ހޮނިހިރު ދުވަހު ތުރުކީގެ އިންޓެލިޖެންސް ފޯސްތަކުން ސީރިއާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސީރިއާގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވާ ގޮތުގައި ތުރުކީން މި އޮޕަރޭޝަން ހިންގީ ސީރިއާގެ އުތުރުގެ އަވަށެއް ކަމަށްވާ ޖަންދަރިސްގައެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހު ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދެވެ. އެ ސަރަހައްދު ކޮންޓްރޯލް ކުރަނީ ތުރުކީއަށް ތާއީދު ކުރާ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ.

އައިއެސް އިން ޤުރައިޝީ އެ މީހުންގެ ލީޑަރަކަށް ހަމަޖެއްސީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އޭރު ހުރި ލީޑަރު މަރާލުމާ ގުޅިގެން ގެނައި ބަދަލެކެވެ.

އައިއެސް އިން އިރާޤާއި ސީރިއާގެ ބޮޑުބައެއް އެ މީހުންގެ ބާރުގެ ދަށަށް 2014 ވަނަ އަހަރު ގެނައެވެ. އޭރު އެ މީހުންގެ އިސް މީހަކަށް ހުރީ އަބޫބަކުރު އަލް ބަޤްދާދީއެވެ. ނަމަވެސް އައިއެސް އަތުން މިހާރު ބޮޑު ސަރަހައްދެއް ވަނީ މިނިވަންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު