Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީގެ ތައުރީފު ޒުވާން ކުޅުންތެރިޔާ ޔަމާލަށް

ޔަމާލް އަކީ އެއްވެސް ވަރަކަށް ޖެހިލުންވުމެއް ނެތި ކުޅޭ، ހުނަރުވެރި ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މެއި 2023 | ހޯމަ 02:12
ބާސެލޯނާގެ ކޯޗު ޒަވީ އަދި ޒުވާން ކުޅުންތެރިޔާ ޔަމާލް

ބާސެލޯނާގެ ކޯޗު ޒަވީ އަދި ޒުވާން ކުޅުންތެރިޔާ ޔަމާލް

ބާސެލޯނާގެ ޒުވާން ކުޅުންޔެރިޔާ ލަމިން ޔަމާލަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ޔަމާލަށް ޒަވީ ތައުރީފުކޮށްފައި ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ. ރެއާލް ބެޓިސް އަތުން ބާސެލޯނާ 4-0 އިން މޮޅުވި މެޗުގައި އުމުރުން 15 އަހަރުގެ ޔަމާލް ވެގެން ދިޔައީ ބާސެލޯނާގެ ތާރީހުގައި އެކުލަބަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، ސީޒަންގެ ބާކީ އޮތް ތަނުގައި ވެސް ބާސެލޯނާގެ ސްކޮޑުގައި ޔަމާލް ހިމެނޭނެ ކަމަށެވެ. އޭނާ ބުނީ، މެޗުގެ ކުރިން ޔަމާލް ގާތުގައި ވެސް އެދުނީ މެޗުގައި ކުޅެން ފުރުސަތު ލިބުމުން، އޭނާގެ ފެންވަރާއި ހުނަރު ދަނޑު މަތީގައި ދެއްކުމަށް ކަމަށެވެ. އަދި ޔަމާލް އަކީ ވަރަށް ޚާއްސަ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން މެޗުގައި އޭނާ ލަނޑެއް ޖެހުމަށް ވަރަށް ގާތަށް ޖެހިލައި، މެޗުގައި ލަނޑެއް ޖެހުމަށް އެހީތެރިވެދިން ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ޔަމާލް އަކީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އިތުބާރު އޮންނަ ކުޅުންތެރިޔެއް ކަމަށާއި، މެޗުގައި އޭނާ އަށް ކުރެވޭނެ ކަންކަން ދައްކައިދީފައިވާ ކަމަށެވެ. އެގޮތުން ޔަމާލް އަކީ އެއްވެސް ވަރަކަށް ޖެހިލުންވުމެއް ނެތި ކުޅޭ، ހުނަރުވެރި ކުޅުންތެރިޔެއް ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.

އިތުރަށް ޒަވީ ބުނީ ޔަމާލް ކުޅުނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކަމަށާއި، އެހެން ނަމަވެސް އޭނާ ސާބިތުކޮށްދިނީ ބާސެލޯނާގެ ސީނިއާ ޓީމުގައި އޭނާ އަށް ކުޅެވޭނެ ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ އަކީ ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ، ކުޅުންތެރިން ބިނާ ކުރުމަށް ޚާއްސަ އަހަންމިއްޔަތުމެއް ދޭ ކުލަބެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބެޓިސް އަތުން ލިބުނީ މުހިންމު ތިން ޕޮއިންޓު ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮންނާނީ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު