Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުން

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރަން ނިންމައިފި

ހިޔާ ފްލެޓްތަކުގެ ކުލި 5300 އަށް ކުޑަ ކުރުމަށް ނިންމީ އިންސްޓޯލްމަންޓުގެ މުއްދަތު ދިގު ކުރުމަށްފަހު

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2023 | ހޮނިހިރު 10:23
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ހުޅުމާލެ-ފޭސް2 ގެ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުލި 5300 އަށް ކުޑަ ކުރުމަށް ނިންމީ އިންސްޓޯލްމަންޓުގެ މުއްދަތު ދިގު ކުރުމަށްފަހު އެވެ. ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ބަލައި ކުޑަކޮށް ދިނީ ކަމަށާ އެ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް ސަރުކާރުން 7 އަހަރުގެ މުއްދަތެއް އިތުރު ކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ. ކުރިން ލޯނު އަނބުރާ ދައްކަން ކަނޑައަޅާފައި އޮތް 25 އަހަރުގެ ތެރެއަށް 7 އަހަރު އިތުރުކޮށްދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހުކުރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލް ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހްވެސް ވަނީ އެކަން ޔަގީން ކޮށްދެއްވާފައެވެ. ނަމަވެސް ތަފްސީލް އަދި ރަސްމީ ކޮށް އިއުލާން ނުކުރާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާފައިވަނީ ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގަ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށާފައިވަނީ 2 އޭޕްރީލް 2022 ގައި 3 ފަހަރެއްގެ މަތިން، ކުލިނެގުން ސަރުކާރުން ފަސްކޮށްދިނުމަށް ފަހުގައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރާއެކު, އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއްނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. ވުމާއެކު ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހުނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. އޭރު ވެސް ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދިނުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔައެވެ. ފެލެޓްތަކުގެ ވެރިން ބުނެފައިވަނީ ފިނިޝިންގެ މަސައްކަތްތަކަށް ބޮޑު ހޭދައެއް އަތުން ގޮސްފައިވާ ކަމަށާއި، ކުލި ދެއްކުމަށް ވަރަށް ދަތިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ މިހާރުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާ އެވެ. އަދި ފްލެޓްގެ މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގަނެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު