Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަދަނީ ދޮގު: ސަރުކާރު

27 އެޕްރީލު 2023 | ބުރާސްފަތި 16:27

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެންނަނަމަ، މަޖިލީހުގެ ލަފަޔަށް އެދެންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އެޕްރީލު 2023 | ބުރާސްފަތި 16:27
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ދިވެހިރާއްޖެއާ ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައި ނުވާކަމަށާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަދަނީ ދޮގުކަމަށް ސަރުކާރުން ބުނެފިއެވެ.

ދިވެހިރާއްޖެއާ ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނާ ގުޅިގެން ރައީސް އޮފީހުން ބުނީ، އެ ބަޔާނުގައިވާގޮތާ ޚިލާފަށް، ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައި ނުވާކަމަށެވެ. އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލާގައި ފާއިތުވި ދެ ދަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ އދ.ގެ އާއްމު މަޖިލީހުގެ ގަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސީކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" މިގަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެގަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާކަމަށެވެ. މި ނިންމުން ނިންމީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، އދ.ގެ އާއްމު މަޖިލީހުގެ އެ ގަރާރަކީ ރާއްޖެއާ ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ގަރާރެއް ނޫންކަމަށާއި، މި ނިންމުމުގެ ސަބަބުން، އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް އަންގާފައިވާކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގެ ގަރާރު "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސީކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވާނެކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، 2019 ވަނަ އަހަރު އދ.ގެ އާއްމު މަޖިލީހުން އެގަރާރު ފާސްކުރުމާ ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި، ރާއްޖޭގެ ވޯޓަކީ އެގަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫންކަމަށެވެ. އަދި އެއީ އިސްތިއުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާވެސް ދެކޮޅު ވޯޓެއް ނޫންކަމަށެވެ. އަދި ރާއްޖެއިން ފާހަގަކުރިގޮތުގައި، ރާއްޖެއިން އެގަރާރާ ދެކޮޅަށް ލީ ވޯޓަކީ އިޓްލޮސްގައި ކުރިއަށްދާ، ރާއްޖެއާ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫންކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ. ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެންނަނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް އެދެންޖެހޭކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، ޗާގޯސް އާކިޕެލާގޯގެ މައްސަލާގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދެއް ކަމަށެވެ.

މި ސަރަހައްދުގެ އިމަކީ މިހާތަނަށް އައިއިރު، ބައިނަލްއަގުވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫންކަމަށާއި، ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރަކަށްވާއިރު، އެ މަސްއޫލިއްޔަތު ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށެވެ. އަދި މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ހައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖޭގެ ސަރުކާރުން ނިންމީ، ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން ބުނީ، ލިޔެވިފައިވާ ގާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ގަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާކޮށްފައި ނުވާކަމަށެވެ.

ރައީސް އޮފީހުން ބުނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ހައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ، ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވައިލި އދ.ގެ އާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން، ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް ވޯޓެއްކަމަށްވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން އޭރު ބުނެފައިވާ ކަމަށެވެ. އެ ޕާޓީން އެހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވަނީ ވޯޓު ލާފައެވެ.

2019 ޑިސެމްބަރު 18ގައި ރާއްޖެއިން ވަނީ، އިޓްލޮސްގައި ކުރިއަށްދާ މައްސަލާގެ އިބްތިދާއީ މަރުހަލާގައި ޕްރިލިމިނަރީ އޮބްޖެކްޝަންސްގެ ގޮތުގައި ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާ މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމާ ގުޅޭ މައްސަލައެއް ކުރިއަށް ދަނިކޮށް އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ވަކާލާތުކޮށްފައެވެ. ނަމަވެސް، އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސްއިން ނިންމީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައި.ސީ.ޖޭއިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިއާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ. އިޓްލޮސްގެ މި ނިންމުމާ ގުޅިގެން، އެ ޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައިވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާއުކޮށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މިފަދަ މައްސަލައެއްގައި ދިވެހި އާއްމު ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ހިތާމަކުރާކަމަށެވެ. އަދި ރާއްޖެއާ ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިއާއަތްކޮށް، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީން މި މައްސަލަ ނިންމާނެކަމާމެދު އިތުބާރު އޮތް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް