Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ ފުއްގިރި ހިޔާނަތް

ޔާމީނުގެ ބޮޑެތި ތުހުމަތުތަކެއް ދައުލަތާއި ފުލުހުންނަށް: "މިހާތަނަށްވެސް އުޅެފައިވާނީ އަބުރުވެރިކަމާއެކު"

ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމުގައި އިފްތިތާޙީ ބަޔާން ހުށައެޅުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2023 | ބުރާސްފަތި 05:41
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

މިހާތަނަށްވެސް އުޅެފައިވާނީ އަބުރުވެރިކަމާއެކު ކަމަށާއި، ދައުލަތުން ހެކި ހުށައަޅާފައިވަނީ އަބުރު ނަގާލުމުގެ ގޮތުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ޔާމީނު އެހެން ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ވަކީލު ވިދާޅުވީ، ހައިކޯޓުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ނިންމި ނިންމުން 3 ނުކުތާއަކާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށާއި، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ދަށު ކޯޓުގެ ޝަރީއަތް މެދުޖައްސާލުމަށް ވަގުތީ އަމުރަކަށްވެސް އެދިފައިވާނެ ކަމަށެވެ.

އެއީ ބައެއް ހެކި ބަލައިގަތުމަށް އެދި ހުށައެޅި ނުކުތާއަކާއި، ދައުލަތުގެ ބައެއް ހެކި ބަަލައިނުގަތުމަށް އެދި ހުށައެޅި ނުކުތާއެއްގެ އިތުރުން، ހެކި ލިސްޓު ރިވިއުކޮށް ހެއްކާބެހޭ ޤާނޫނުގެ ދަށުން އަލުން ހުށައެޅުން ހުށައެޅުމާ ގުޅޭ ނުކުތާއެކެވެ.

ވުމާއެކު، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ޝަރީއަތުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް ޔާމީނުގެ ފަރާތުން ވަނީ އެދިފައެވެ.

އޭގެ އިތުރުން، ބުރާސްފަތި ދުވަހު އިފްތިތާޙީ ބަޔާން ހުށައެޅުމަށް ދިފާއުން އަދި ތައްޔާރު ނޫންކަންވެސް ޔާމީނުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، ދަށު ކޯޓުގައި މި ހިނގަމުންދާ މައްސަލައިގައި ވަކީލުންނާ މަޝްވަރާ ކުރެއްވުމުގެ އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަަމަށާއި، ރަމަޟާން މަހަށްވުމާއެކުވެސް އެކަމުގައި ގޮންޖެހުންތައް ދިމާވި ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ޝަރީއަތް ލައިވް ކުރުމަށްވެސް ޔާމީނު އެދިވަޑައިގެންނެވިއެވެ. ޔާމީނު ވިދާޅުވީ، ފުލުހުން އެމަނިކުފާނު ފްރޭމް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަންކަން ޝަރީއަތް ލައިވް ކުރުމުން އާންމުންނަށްވެސް ފެނިގެންދާނެކަމަށް ޔާމީނު ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ، ދައުލަތުން ޝަފަހީ ހެކި ހުށައަޅާފައިވަނީ އަބުރު ނަގާލުމުގެ ގޮތުން ކަމަށެވެ. މިހާތަނަށްވެސް އުޅުއްވާފައިވާނީ އަބުރުވެރިކަމާއެކުކަމަށް ޔާމީނު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފާ ގުޅޭ ތަފްސީލުތައް ދައުލަތަށް އަދި ލިބިފައިނުވާ ކަމަށެވެ. އަދި އެކަމުގައި ޝަރީއަތުން ނިންމާ ގޮތަކާމެދު ދައުލަތުގެ އިއުތިރާޒެއް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ކޮންމެ ނިންމުމެއް ނިންމި ނަމަވެސް، އެ ނިންމުމަކާ އެއްގޮތަށް ދަށު ކޯޓުގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށާއި، ޝަރީއަތް މަޑުޖައްސާލަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލަ ކޯޓަށް ހުށައެޅިފައިވާތާ 3 އަހަރު ވެފައިވާއިރު، އިފްތިތާޙީ ބަޔާނަށް ތައްޔާރު ނުވެވިފައިވަނީ ކީއްވެތޯވެސް ގާޒީ ސުވާލު ކުރެއްވިއެވެ.

ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމުގައި އިފްތިތާޙީ ބަޔާން ހުށައެޅުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ނިންމަވާފައެވެ.

އޭގެ އިތުރުން، ބަންދުގައި ހުންނަ ފަރާތްތަކަށް ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބޭކަން ދައުލަތުން ކަށަވަރު ކުރުމަށްވެސް ގާޒީ ވަނީ ދައުލަތުގެ ވަކީލަށް ދަންނަވާފައެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، ހެކިބަސް ނެގުމުގެ އަޑުއެހުންތައް ލައިވް ނުކުރައްވާނެ ކަމަށާއި، އެއީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ދެކިލައްވާތީ ކަމަށެވެ. ނަމަވެސް ހެކިބަސް ނަގާ ނިމުމުން އަޑުއެހުންތައް ލައިވް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް ޔާމީނުގެ އެދިލެއްވުމުގެ މަތިން އެ ނިންމުން އަދިވެސް މުރާޖައާ ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު