Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޯމް ވޯޓަރ މެނޭޖްމެންޓް

ސްޓޯމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ: ޝާހް

ސްޓޯމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމްގެ އަގުތައް މިނިސްޓްރީ އަށް ވަނީ ފޮނުވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 04:03
އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު

މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ޝާހު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމްގެ ޑިޒައިން އިތުރަށް ފުޅާކޮށް ފުރިހަމަކުރަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަމީނީ މަގުގެ މާފަންނުކޮޅާ ވީ ދިމާއިން ފެންބޮޑުވާ މަައްސަލައަށް ވަގުތީގޮތުން ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އެމްޑަބްލިއުއެސްސީން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތްކޮށްދިނީ ހައުސިން މިނިސްޓްރީން އެޕްރޫވްކޮށް ތަންފީޒްކުރާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ޑިޒައިން ކުރި އިރާއި މިހާރާއި އަޅާ ބަލާއިރު ގިނަ ބަދަލުތަކެއް މާލެ އަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭރު އެ ނިޒާމުގެ ދަށުން އެކުލަވާލާފައިވާ ޕަމްޕްތައް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ނިޒާމް އެކުލަވާލާފައި ވަނީ ފެންބޮޑުވާތާ ދެ ގަޑިއިރު ތެރޭގައި ފެން ހިންދާ ގޮތަށް ކަަމަށް ވިދާޅުވިއެވެ. އެ ޕަމްޕުތަކަކީ އޮޓޮމެޓިކް ޕަމްޕްތަކެއް ކަަމަށް ވީނަމަވެސް އެއީ 9 ކިލޯވޯޓުގެ ޕަމްޕަށް ވުމުން، ފެން ބޮޑުވުމުގެ މައްސަލައަށް އެންމެ އެކަށީގެންވާ ހައްލު ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިޒާމް ބަދަލުކޮށް ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށާއި، ޑިޒައިނުގެ ނިޒާމަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފެންބޮޑުވުން ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ސްޓޯމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމްގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މިހާރު އެކަމަށް ބޭނުންވާ އަގުތަށް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އާދަޔާ ޚިލާފަށް ގިނައިން ވާރޭ ވެހިއްޖެ ނަމަ ޑިޒާސްޓަރ މެނޭޖްކުރާ އިދާރާތަކުން ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށާއި އެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމިގްރޭޝަނުގެ މިޕްސް ސިސްޓަމް މެދުވެރިކޮށް ބަންގްލަދޭޝް މީހުން ގެނައުން، ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް!

އިމިގްރޭޝަނުގެ މިޕްސް ސިސްޓަމް މެދުވެރިކޮށް ބަންގްލަދޭޝް މީހުން ގެނައުން، ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް!

20 ޖެނުއަރީ 2018
ސައިކަލް ޕާކިން ސިސްޓަމްގެ މަސައްކަތް ނިމިއްޖެ

ސައިކަލް ޕާކިން ސިސްޓަމްގެ މަސައްކަތް ނިމިއްޖެ

08 ސެޕްޓެމްބަރު 2017
އޭޑީކޭއަށް ޒިޔާރަތްކުރާ މީހުންނަށް  ޕާކިން ސިސްޓަމް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

އޭޑީކޭއަށް ޒިޔާރަތްކުރާ މީހުންނަށް ޕާކިން ސިސްޓަމް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

20 އޯގަސްޓު 2017
ދަރިވަރުން މަދު 44 ސްކޫލެއްގައި މަލްޓި ގްރޭޑް ޓީޗިން ސިސްޓަމް ތަޢާރަފް ކޮށްފި

ދަރިވަރުން މަދު 44 ސްކޫލެއްގައި މަލްޓި ގްރޭޑް ޓީޗިން ސިސްޓަމް ތަޢާރަފް ކޮށްފި

18 އޯގަސްޓު 2017
ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

11 އޯގަސްޓު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު