Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ސެމީ ފައިނަލަށް މާޒިޔާ އިން ނުކުންނާނީ ބަލިވި މެޗުން ދިމާވި ގޯސްތައް ރަނގަޅުކޮށްގެން

މާޒިޔާގެ ހަ ކުޅުންތެރިން އަދި ވެސް އަނިޔާގެ މައްސަލަތަކުގައި އުޅޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 02:26
ސެމީ ފައިނަލްގައި ސަސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން

ސެމީ ފައިނަލްގައި ސަސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ގްރޫޕް ސްޓޭޖުގައި ބަލިވި މެޗުން ދިމާވި ގޯސްތައް ރަނގަޅުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު އިވާން ކޮލޭވް ބުނެފި އެވެ.

އައު ސީޒަނަށް ދުރާލާ އެންމެ ވަރުގަދަޔަށް ތައްޔާރުވީ އެއް ޓީމަކީ ވެސް މާޒިޔާ އެވެ. ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައުކޮށް، އެހެން އައު ކުޅުންތެރިން ހޯދައި އެންމެ ވަރުގަދަ ސްކޮޑެއް އެކުލަވާލީ ވެސް މާޒިޔާ އިންނެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ވަނީ އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެފަ އެވެ. ސެމީ ފައިނަލްގައި މާޒިޔާ ވާދަ ކުރަން ޖެހެނީ އަނެއް ގްރޫޕްގެ ދެ ވަނަ ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)އާއެވެ. އެމެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އިވާން ބުނީ، އެންމެ ފަހުން މާޒިޔާ އިން ކުޅުނު މެޗުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އެ މެޗަށްފަހު މާޒިޔާ އަށް ދިމާވީ ކޮން މައްސަލަތަކެއްތޯ ބަލައި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަށް ވަރަށް ސީރިއަސް ދެ މައްސަލަ ކުރިމަތިވި ކަމަށެވެ.

ފުރަތަމަ މައްސަލައިގެ ގޮތުގައި އިވާން ފާހަގަ ކުރީ އެ މެޗުގެ ފުރަތަމަ 11 އެވެ. އޭނާ ބުނީ މާޒިޔާގެ ހަ ކުޅުންތެރިން އަދި ވެސް އަނިޔާގެ މައްސަލަތަކުގައި އުޅޭ ކަމަށެވެ. އެގޮތުން ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ވެލެންސިއާ ދޫކޮށް މާޒިޔާ އަށް ބަދަލުވި އަލީ ފާސިރު (ސެންޓޭ) އަދި ވެސް ފިޓު ނޫން ކަމަށް އިވާން ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ މާޒިޔާގެ ބިދޭސީ ތިން ކުޅުންތެރިން ވެސް އެ މެޗަށް "ތައްޔާރު" ނޫން ކަމަށެވެ. މާޒިޔާގެ ސެންޓްރަލް ސްޓްރައިކަރު ސްޓެފަން މިހަލޮވިޗް ވެސް އަމިއްލަ ކަމެއް ދިމާވެގެން މުޅިން ފިޓު ނޫން ކަމަށް އިވާން ބުންޏެވެ. އޭނާ ބުނީ މާޒިޔާ ކަހަލަ ޓީމަކަށް ބަލާއިރު އެއީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން ފުރަތަމަަ 11 ގައި ހިމެނޭ ހަ ކުޅުންތެރިޔަކަށް އެހެން ދިމާވުން އެއީ މާޒިޔާ އަށް ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

މާޒިޔާ އަށް ދިމާވި ދެ ވަނަ މައްސަލަ އަކީ ފުރަތަމަ މައްސަލައާ ގުޅިފައިވާ ކަމެއް ކަމަށް އިވާން ޤަބޫލު ކުރެ އެވެ. އޭނާ ބުނީ މެޗުގައި ރަނގަޅަށް ކުޅުނު ނަމަވެސް، އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި މާޒިޔާ އަށް މައްސަލަ ދިމާވާ ކަމަށެވެ. ޚާއްސަކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި، ބޭނުން ނުކުރެވުނު ކަމަށް އިވާން ބުންޏެވެ. ނަމަވެސް އިވާން ބުނީ އޭނާ އުންމީދު ކުރަނީ މާޒިޔާ އިން އެކަންކަން ރަނގަޅުކޮށް، މާޒިޔާގެ ގޭމު ރަނގަޅުކޮށް ކުރިއަށް އޮތް ސެމީ މެޗަށް ނުކުތުން ކަމަށެވެ.

އިތުރަށް އިވާން ބުނީ، މާޒިޔާ އިން ސެމީ މެޗަށް ތައްޔާރުވާނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، އިދިކޮޅަށް ކުޅެން އޮތީ ކޮން ޓީމެއްކަމާމެދު ނުވިސްނާނެ ކަަމަށެވެ. އޭނާ ބުނީ މާޒިޔާ އިން ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށާއި، އެކި ޓީމުތަކުން ކުޅޭނީ އެކި ގޭމު ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ބުރާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ފަހުން ކުޅުނީ މާޒިޔާ އަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށާއި، އެއީ އެމީހުންގެ ގޭމު ކަމަށެވެ.

މާޒިޔާ އާއި ސަސް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު