Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާޖަންޓް އާދަމްގެ މަރު

ޕޮލިސް ސާޖަންޓް އާދަމްގެ މަރު: އިސްތިއުނާފު އިސްލާހުކުރަން ފުރުސަތެއް

އިސްތިއުނާފް ފޯމު އިސްލާހު ކުރުމަށްފަހު ފޯމު ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އެޕްރީލު 2023 | ބުދަ 08:32
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެވެ.

Advertisement - newsAdvertisement

މުހައްމަދު ސަމާހުގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.

މި ޙާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހު ގޭބަންދުކޮށްފައި ހުއްޓައި މަގު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމްއަށް އޭނާ ފެނުމުން، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އެ ފުލުސް އޮފިސަރު ވަނީ މަސައްކަތް ކޮށްފައެވެ.

އަދި އެކަމާ ގުޅިގެން އެ އޮފިސަރަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލީއެވެ.  

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސާޖަންޓު އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

ޑިއުޓީއަށް ދިޔަ މަގުމަތީގައި އެ އޮފިސަރަށް ޙަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.

ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމްކުރީ އާދަމް ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އަދި އޭނާގެ ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ.

މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅުމުން، ކްރިމިނަލް ކޯޓުގެ އެ ޙުކުމަށް 30 ސެޕްޓެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މި މައްސަލައިން އޭނާގެ ވަކީލު ވަކި ކުރެއްވުމަށް ނިންމަވާފައެވެ. އެއީ ވަކީލާ ގުޅޭގޮތުން ސަމާހު ފާހަގަކުރި ކަންބޮޑުވުންތަކަކާއި ގުޅިގެންނެވެ.

ވުމާއެކު، ބުދަ ދުވަހުގެ އަޑުއެހުމުގައި ސަމާހު ބައިވެރިވީ އައު ވަކީލަކާއެކުއެވެ. އެގޮތުން ވަކީލު ވަނީ މައްސަލައިގެ ބާވަތުން މި މައްސަލައިގެ އިސްތިއުނާފު އިސްލާޙުކޮށް، ލިއުމުން ހުށައެޅުމަށް ފުރުސަތަކަށް އެދިލައްވާފައެވެ. އެކަމަށް ދައުލަތުންވެސް އިއުތިރާޒެއް ނުކުރެއެވެ.

ފަނދިޔާރުން ވަނީ އިސްތިއުނާފް ފޯމު އިސްލާހު ކުރުމަށްފަހު ފޯމު ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދެއްވާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު