Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ދެވޭނެ އެންމެ ބޮޑު މުސާރަ ކަނޑައަޅަން ކުލަބުތަކުން އެއްބަސްވެއްޖެ: ޔޫއޭފާ

މިއީ ފޯރި އާއި ވާދަވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއް: ސެފެރިން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 26 އެޕްރީލު 2023 | ބުދަ 06:12
ޔޫރަޕުގައި އެންމެ މުސާރަބޮޑު ކަމަށް ބެލެވޭ ބައެއް ކުޅުންތެރިން

ޔޫރަޕުގައި އެންމެ މުސާރަބޮޑު ކަމަށް ބެލެވޭ ބައެއް ކުޅުންތެރިން

ފުޓްބޯޅަ ކުލަބުތަކުން ކުޅުންތެރިންނަށްދޭ މުސާރަ ޔޫއޭފާއިން ކަނޑައަޅާ ވަރެއްގައި ހިފެހެއްޓުމަށް ޔޫރަޕުގެ ހުރިހާ ކުލަބަކުން އެއްބަސްވެއްޖެ ކަމަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ލީގުތަކާއި ޓީމުތައް ހިމެނޭ ޔޫއޭފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން ވިދާޅުވީ ކުޅުންތެރިންނަށް ދެވޭ އެންމެ ބޮޑު މުސާރަ ވީ އެންމެ އަވަހަކަށް ކަނޑައަޅަން ބޭނުންވާ ކަމަށެވެ.  އަދި މިކަމާ ގުޅޭ ގޮތުން ޔޫރަޕިއަން ކަމިޝަންއާ ދާދި ފަހުން މަޝްވަރާ ކުރި ކަމަށެވެ.

ކުޅުންތެރިންގެ މުސާރަ ވަކި އިމެއްގައި ހިފަހައްޓަންޖެހޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މިދިޔަ މާޗު މަހު ވިދާޅުވެފަ އެވެ. އަދި އެކަމަށް ފެޑަރޭޝަންތަކުން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.

ދެވޭނެ އެންމެ މަތީ މުސާރަ ކަނޑައަޅާނީ ކުލަބުތަކާއި ޔޫއޭފާއިން މަޝްވަރާކޮށްގެން ކަމަށް ވެސް ސެފެރިން ވިދާޅުވި އެވެ.

ޔޫއޭފާއިން ވަނީ މި ސީޒަނުން ފެށިގެން ކޮންމެ ކުލަބެއްގެ ވެސް އާމްދަނީގެ 70 ޕަސެންޓަށްވުރެ ބޮޑު އަދަދެއް މުސާރަ އާއި ކުޅުންތެރިން ގަތުމަށް ހަރަދު ނުކުރެވޭ ގޮތަށް ގަވާއިދެއް ހަދައިފަ އެވެ. ނަމަވެސް ސެފެރިން ވިދާޅުވީ މިއީ ދާއިމީ ހައްލެއް ހޯދޭނެ ގަވާއިދެއްނޫން ކަމަށެވެ.

ޔޫރަޕުގެ ލީގުތަކުގައި ކުޅުންތެރިންގެ މުސާރަތައް އަތްނުފޯރާ ފަށަށް އަރައިގެންދާއިރު މުއްސަނދި ކުލަބުތަކާއި އާދައިގެ ކުލަބުތަގެ ތަފާތު ދަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އަދި މިހާރު އެމެރިކާ އާއި އޭޝިއާގެ މުއްސަނދި ގައުމުތަކުގެ ލީގުތަކުން ދަނީ ދުނިޔޭގެ މޮޅު ކުޅުންތެރިންނަށް އެހެން ބަޔަކަށް އަތްނުފޯރާވަރުގެ މުސާރަތައް ހުށަހަޅަމުންނެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު