Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

"މި ސީޒަނުގައި ސިޓީގެ ހާލަންޑާ އެއްވެސް ކުޅުންތެރިޔަކާ އަޅާ ނުކިޔޭ!"

އެ މެޗުން އާސެނަލް މޮޅުވި ނަމަވެސް، ލީގު ކަށަވަރު ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އެޕްރީލު 2023 | ބުދަ 06:00
އާސެނަލް އިން ކުޅުނު މެޗެއްގައި ކޯޗު އާޓެޓާ

އާސެނަލް އިން ކުޅުނު މެޗެއްގައި ކޯޗު އާޓެޓާ

މި ސީޒަންގައި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑާ އެހެން އެއްވެސް ކުޅުންތެރިޔަކާ އަޅާ ނުކިޔޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ނިކުންނަ މެެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އޭނާ ބުނީ، މި ސީޒަނުގައި ހާލަންޑުގެ ކުޅުމާއި، އޭނާ ލަނޑު ޖަހާފައިވާ އަދަދުތަކަަށް ބަލާއިރު ވެސް އެހެން ކުޅުންތެރިޔަކާ އަޅާ ކިޔެން ނެތް ކަމަށެވެ. އާޓެޓާ ބުނީ ހާލަންޑަށް އެ ފެންވަރުގެ މޮޅު ކުޅުމެއް ދެއްކެނީ އެވަރުގެ ސެޓަޕެއް އޮތުމުން ކަމަށެވެ. އެގޮތުން އޭނާ ވަށައިގެން ކުޅެން ތިބި ކުޅުންތެރިން ކުރާ މަސައްކަތާއި، އޭނާ އަށް އިރުޝާދު ދޭން ހުންނަ ކޯޗުގެ މޮޅުކަން އާޓެޓާ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ހާލަންޑުގެ ފެންވަރާއި، ކޮލެޓީ އަކީ ކޮންމެ މީހަކަށް ވެސް އިނގޭނެ އެއްޗެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަ ކުރަމުން އާޓެޓާ ބުނީ ސިޓީ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އަމުދުން ހާލަންޑާ އެކު އެމީހުންނަށް ތަފާތު އެތައް ކަމެއް ކުރެވޭނެ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ސިޓީ އަކީ ފިޒިކަލީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ބޯޅަ އާއެކު ހުސް ތަންތަން ހޯދައިގެން އަވަހަށް ލަނޑު ޖަހައިގެން މެޗު އަނބުރާލުމުގެ ފެންވަރު ސިޓީގައި އޮންނާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އާޓެޓާ ބުނީ އާސެނަލުން ތައްޔާރު ވަނީ ސިޓީގެ ފަރާތުން ކުރިމަތިވާނެ ދުށްތުރާތައް ދެނެގަނެގެން ކަމަށާއި، އަނެއްކޮޅުން ސިޓީގެ ބަލި ފައިތައް ވެސް ދެނެގަނެގެން ކަމަށެވެ. ސިޓީ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު، އެކަން ފެށޭނީ ގޯލް ކީޕަރާ ހަމައިން ކަމަށާއި، ކީޕަރުގެ އަތުގައި ބޯޅަ އޮންނައިރު ވެސް ނުރައްކާވާނެ މިންވަރު އިނގޭނެ ކަމަށެވެ. ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އެންމެ ކުދިކުދި ކަންކަން ވެސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކޮށް އާޓެޓާ ބުނީ، އާސެނަލުން ފޯކަސް ކުރަން ޖެހޭނީ އެމީހުންގެ ކުޅުން ދައްކަން ކަމަށެވެ. އާޓެޓާ ބުނީ އެ މެޗަކީ އާސެނަލަށް ވެސް ވަރަށް މުހިންމު މެޗެއް ކަމަށާއި، އެއީ ތަފާތު ރެޔަކަށް ވާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ މެޗަކީ ލީގު ޗެމްޕިއަނުން ކަނޑައެޅޭނެ މެޗުގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެހެންކަމުން އެ މެޗުން އާސެނަލް މޮޅުވި ނަމަވެސް، ލީގު ކަށަވަރު ނުވާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާސެނަލް މިވަގުތު އޮތީ ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. އެއީ ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. ދެ ޓީމުގެ ދެމެދު ފަސް ޕޮއިންޓުގެ ފަރަގު އޮތް އިރު، ލީގު ހޯދުމުގެ އަމިއްލަ ބާރު ދަމަހައްޓަން ބޭނުންވާނަމަ އާސެނަލަށް ޖެހޭނީ މެޗުން މޮޅުވާށެވެ. އަނެއްކޮޅުން އާސެނަލްގެ މައްޗަށް ކުރި ހޯދައިގެން ލީގު ދިފާއު ކުރުމުގެ އުންމީދު ސިޓީ އަށް ބޮޑުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު