Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބަސަރާ ފެހިކުރުން

ބަސަރާ ފެހިކުރަން ހިތްވަރުދިނުމަށް މަލުގެ ފެއަރއެއް

މި ފެއަރ ރަމަޟާން މަސް ނިމެންދެން ކުރިއަށްދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2022 | ބުދަ 11:44
ބަސަރާގައި މަލުގެ ފެއަރ ކުރިއަށްދަނީ

ބަސަރާގައި މަލުގެ ފެއަރ ކުރިއަށްދަނީ

ހަނަފަސްވަމުންދާ ބަސަރާ ފެހިކުރުމަށް މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަލުގެ ފެއަރއެއް ބާއްވައިފިއެވެ.

މަލުގެ ފެއަރގެ ފެންނަނީ އެކި ވައްތަރުގެ ފިނިފެންމަލާއި، ބަގީޗާތަކެވެ. ފްލަވަރ ފެއަރ ނުވަތަ މަލުގެ ފެއަރގެ ނަމުން ނަންދީގެން ކުރިއަށް ގެންދާ މިފަދަ ފަސްވަނަ ފެއަރގެ އެއްމަގުސަދަކީ އާންމުން އެމީހުންގެ ބަގީޗާތައް ފެހިކުރުމަށް ހިތްވަރުދިނުމެވެ.

ބަސަރާގެ ރައްޔިތެއްކަމުގައިވާ ފާތިމާ އަލީ ބުނީ, ފުރަތަމަ ފެނުނީ ފޮޓޯއެއް ކަމަށެވެ. އަދި ބައެއް މީހުންގެ ފަރާތުން އެވާހަކަ އަޑު އިވުނު ކަމަށެވެ. އަދި އެތަނަށް ދިޔަ ކަމަށާއި، އެތަން ވަރަށް ރީތި ކަމަށެވެ. ވަށައިގެން މާތަކުން އޮތީ ފުރިފައި ކަމަށާއި، ބަލާލަން ރީތި އެތައް ތަނެއް އެތާގައި ހުރި ކަމަށެވެ.

ކުރިން ޓީޗަރަކަށް އުޅުނު ހަސަން އަލް ދަހެރް ބުނީ ގިނައިން ގަސް އިންދާ ވަރަކަށް ފެހިކަން ގިނަވާނެ ކަމަށާއި, ކޮންކްރީޓުން ކަންކަން ކުރުން ހުއްޓާލަން ވެއްޖެކަމަށެވެ. އަދި ގަލާއި، ހިލައިން މަގުތައް ހެދުމާއި ސިމެންތި ބޭނުންކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އޭނާގެ އުއްމީދަކީ ކަމާބެހޭ ފަރާތްތަކުން އެމީހުން ގަސް އިންދުމަށް ކުރަމުންދާ މަސައްކަތް ބަލައިގަތުމެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ހަނގުރާމައާއި ތެލުގެ ކާރުޚާނާތައް, ބަސަރާ ހަނަފަސްވުމުގެ ސަބަބެއް ކަމުގައި ވެގެންދިޔައެވެ. ބަސަރާއަކީ މީގެ ކުރިން އެތަނުގެ ބަގީޗާތަކާއި، މޭވާގެ ބަގީޗާތަކާއި ކަދުރު ރުއްތަކުން މަޝްހޫރުވެފައިވާ ތަނެއް ކަމަށް އެ ޕްރޮވިންސްގެ އެގްރިކަލްޗަރ ޑައިރެކްޓަރޭޓް ފާހަގަކުރައްވައެވެ.

ކަޒެމް ވިދާޅުވީ ބަސަރާ ހިމެނޭ ސަރަހައްދަކީ ދަނޑުވެރިކަމަށް ޚާއްސަ ސަރަހައްދެއް ކަމަށެވެ. އަދި އެ މާހައުލަކީ އެންމެންނަށް ވެސް ހިތްގައިމު މާހައުލެއް ކަމަށެވެ. ނަމަވެސް ހަނަފަސްވާން ދިމާވީ ތެލުގެ ސަބަބުންނާއި، ފެން ލޮނުވުމުގެ އިތުރުން، ހަނގުރާމަ އަދި އިތުރު އެކި ސަބަބުތަކާއި ގުޅިގެން ކަމަށެވެ. ހަނަފަސްވުމުގެ ސަބަބުން ބަސަރާގައި ވަރަށް ބޮޑަށް ހޫނުގަދަވެއެވެ. އަދި އެ މާހައުލަކީ ވަރަށް އުނދަގޫ މާހައުލަކަށް ވެފައިވާ އިރު، މިކަން ހައްލުކުރެވެން އޮތީ ގަސް އިންދައިގެންކަމަށް ކަޒެމް ވިދާޅުވިއެވެ.

މަލުގެ އިތުރުން މި ފެއަރގައި އެކި ވައްތަރުގެ ގަސް އަދި ހޫނު މޫސުމުގައި ހެއްދޭ ވައްތަރުގެ ގަސްތައް ވެސް ބަހައްޓާފައި ހުއްޓެވެ. މި ހަރަކާތުގައި 30ށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ.

ކަޒެމް ވިދާޅުވީ ދުނިޔެ ފެހިކުރުމުން އިންސާނުންނަށް ނަފްސާނީގޮތުން ހެޔޮ އަސަރުތައް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ގަސް ހައްދަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް އެބައޮތް ކަމަށެވެ. އަދި ހަމައެކަނި މާ ހެއްދުން އެކަންޏެއް ނޫން ކަމަށާއި, މޭވާ ގަސްތައް ވެސް ބަގީޗާގައި ހެއްދޭނެ ކަމަށާއި، އެއިން މޭވާ ލިބޭނެ ކަމަށެވެ.

ގަސް ހެއްދުމުން ގަދަ ވައިން ސަލާމަތްވާނެކަން ކަޒެމް ފާހަގަކުރެއްވިއެވެ. އަދި މި ފެއަރ އާންމުންނަށް ރަމަޟާން މަހުގައި އެއްކޮށް ހުޅުވާލެވިފައިވާ ކަމަށާއި، އެތަނަށް އަންނަ ފަރާތްތަކަށް މާ ގަނެ އެތަނުގައި ހިތްހަމަޖައްސާލައި ވަގުތު ހޭދަކުރެވޭނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

25 ފެބުރުއަރީ 2023
މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!

މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!

03 ސެޕްޓެމްބަރު 2022
ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

25 ޖޫން 2022
ރަމަޟާންމަހު ޠާއިފަށް ފިނިފެންމަލުގެ ބަހާރެއް!

ރަމަޟާންމަހު ޠާއިފަށް ފިނިފެންމަލުގެ ބަހާރެއް!

24 އެޕްރީލު 2021

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު