Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަރިވަރުން ތައްޔާރު ކުރި ފެހި ކޮންކްރީޓް

"ފެހި ކޮންކްރީޓް" ހަކަތައިގެ ހޭދައަށް ލުޔެއް ލިބިދާނެބާ؟

މި އާދަޔާ ހިލާފު ކޮންކްރީޓުގައި އެކުލެވިގެން ވަނީ އާންމުކޮށް ކޮންކްރީޓް އުފެއްދުމަށް ބޭނުން ކުރާ ސާމާން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 11:41
ދުވާލުގެ ވަގުތަކުގައި ލިއްބައިދޭ އިރުގެ އަވިން ހަކަތަ ރައްކާ ކޮށް، ރޭގަނޑުގެ ވަގުތުގައި އިޔާދަ ކުރަނިވި ހަކަތައިން މަގުތަކަށް އަލިކަން ގެނެސްދެވޭނެ

ދުވާލުގެ ވަގުތަކުގައި ލިއްބައިދޭ އިރުގެ އަވިން ހަކަތަ ރައްކާ ކޮށް، ރޭގަނޑުގެ ވަގުތުގައި އިޔާދަ ކުރަނިވި ހަކަތައިން މަގުތަކަށް އަލިކަން ގެނެސްދެވޭނެ

އިރުގެ އަވިން ލިއްބައިދޭ ހަކަތަ ރައްކާކޮށް، ރޭގަނޑުގެ ވަގުތުގައި އޭގެ ޒާތުގައި އަމިއްލައަށް ދިއްލާލަދޭ ކޮންކްރީޓެއް، މިޞްރުގެ ކިޔަވާ ކުދިންތަކެއް އީޖާދު ކޮށްފިއެވެ.

މިއީ އުމްރާނީ ބިނާވެށީގެ ތަރައްގީގެ މަސައްކަތްތަކުގައި ބޭނުން ކުރާ ސާމާނަކީ ތިމާވެއްޓާ ރައްޓެހި ސާމާނު ކަމުގައި ހެދުމަށް ހިފާފައި ވާ އަމާޒުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ނަތީޖާއެވެ.

ދި އެމެރިކަން ޔުނިވާސިޓީ އިން ކައިރޯ (އޭޔޫސީ)ގައި ކޮންޓްރަކްޝަން އިންޖިނޭރިންގގެ ރޮނގުން ކިޔަވަމުން ދިޔަ 4 ދަރިވަރެއްގެ ދަސްވެނިވުމުގެ ތީސީސްއެއްގެ ގޮތުގައި ތައްޔާރު ކުރި މިމަޝްރޫއަކީ، ދެމެހެއްޓެނިވި ތަރައްގީއާ ކުރިއެރުމަށް ކުރި ހިދުމަތެއް ކަމަށް އެ ދަރިވަރުން ބުނެއެވެ.

ދުވާލުގެ ވަގުތަކުގައި ލިއްބައިދޭ އިރުގެ އަވިން ހަކަތަ ރައްކާ ކޮށް، ރޭގަނޑުގެ ވަގުތުގައި އިޔާދަ ކުރަނިވި ހަކަތައިން މަގުތަކަށް އަލިކަން ގެނެސް ދިނުމަށް މި މަޝްރޫއަށް އަދާ ކުރެވިދާނެ ދައުރު ބޮޑެވެ. ސަލާމަތީ ގޮތުން ބެލި ކަމުގައި ވީ ނަމަވެސް ރައްކާތެރިކަން ގެނެސްދޭނެ ކަމަށް މަޝްރޫއުގައި ބައިވެރިވި ދަރިވަރު ޚައިރީ ވަނީ ފާހަގަ ކޮށްފައެވެ.

ތިމާވެއްޓަށް އުއްމީދު ޚަބަރެއް ގެނެސްދިން މި އާދަޔާ ހިލާފު ކޮންކްރީޓުގައި އެކުލެވިގެން ވަނީ އާންމުކޮށް ކޮންކްރީޓް އުފެއްދުމަށް ބޭނުން ކުރާ ސާމާނެވެ. ނަމަވެސް ތަފާތަކީ، އެއަށް ވިދުން ގެނުވުމަށް އެ އަޅާ އެއްޗެކެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ފެހި ކުލައިގެ ވިދުމަކުން ދިއްލޭ މި ކޮންކްރީޓަކީ، ދަރިވަރުން ބުނާ ގޮތުގައި، ހައިވޭތައް ދިއްލުމަށާ، ދިގުދެމިގެންދާ ދުރު ރާސްތާ މަގުތަކުގައި ހުންނަ ބޯޑުތައް ދިއްލަން ކުރާ ހޭދަ ކުޑަކޮށްދޭނެ އީޖާދެކެވެ. އުމްރާނީ ބިނާވެށީގެ ތަރައްގީގެ މަޝްރޫއުތަކުގައި ފުޅާ ދާއިރާއެއްގައި މި ކޮންކްރީޓް ބޭނުން ކުރަން ފަށައިފިނަމަ ބޮޑުތަނުން އެނގުން ވާނެއެވެ.

މެއި 19، 2022 ވަނަ ދުވަހު މިޞްރުން އިއުލާން ކުރި މޫސުމާ ބެހޭ ގައުމީ އިސްތިރާޖު 2050 އަކީ، އިޔާދަ ކުރަނިވި ހަކަތައަށް ބަރޯސާވެ، ވަޔާއި އިރުގެ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް އިތުރަށް ފުޅާ ކުރުމަށް ބާރުދޭ އިސްތިރާޖެކެވެ.

ތިމާވެއްޓާ ރައްޓެހި، ތަފާތު، އާ މަޝްރޫއުތަކެއް މިޞްރުން ފެންނަމުންދާ މި ދަނޑިވަޅަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އެންމެ ވަރުގަދަ އެއް ބައްދަލުވުން ކަމަށް ވާ ކޮންފަރަންސް އޮފް ޕާޓީޒް ގެ 27 ވަނަ ސަމިޓް ނުވަތަ ކޮޕް-27  އަށް މިޞްރުން ތައްޔާރު ވަމުންދާ ދަނޑިވަޅެކެވެ.

ނޮވެމްބަރު 7 އިން 18 އަށް ޝަރަމް އަލް-ޝައިޚްގައި އޮންނަ ކޮޕް-27 ސަމިޓްގެ ރިޔާސަތު ބަލަހައްޓާނީ މިޞްރުންނެވެ.

ފެހި ކޮންކްރީޓްމިޞްރުގެ ކިޔަވާ ކުދިންހަކަތަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރެފިކް ބައްތިތަކުގައި ރަތް، ރީނދޫ އަދި ފެހި ކުލަ ބޭނުންކުރަނީ ކީއްވެ؟

ޓްރެފިކް ބައްތިތަކުގައި ރަތް، ރީނދޫ އަދި ފެހި ކުލަ ބޭނުންކުރަނީ ކީއްވެ؟

10 ސެޕްޓެމްބަރު 2024
ވާރޭ ފެން ރައްކާކޮށްގެން، ޢަލީ ފަދަ އެތައް ކުދިންނެއްގެ ހައްޓަށް ބޮޑު ލުޔެއް!

ވާރޭ ފެން ރައްކާކޮށްގެން، ޢަލީ ފަދަ އެތައް ކުދިންނެއްގެ ހައްޓަށް ބޮޑު ލުޔެއް!

24 ނޮވެމްބަރު 2023
ޙުސައިނުގެ މަސައްކަތުން މާ ސިންގާ ޖަންގައްޔަކަށް އިތުރު އާރޯ ކަމާއި ފެހިކަން!

ޙުސައިނުގެ މަސައްކަތުން މާ ސިންގާ ޖަންގައްޔަކަށް އިތުރު އާރޯ ކަމާއި ފެހިކަން!

22 އޯގަސްޓު 2023
ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް

ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް

25 އެޕްރީލު 2023
ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!

ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!

25 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު