Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބޯޅަ ހޮވާ ކުދިން ނުލިބި، ފުޓުބޯޅަ މެޗުތަކުގައި ބޯޅަ ހޮވަން ބިދޭސީން!

25 އެޕްރީލު 2023 | އަންގާރަ 05:34

އެފްއޭއެމުން ބޯޅަ ހޮވާ ކުދިން ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ އެސޯސިއޭޝަނަށް އެކަން ކާމިޔާބުވެފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2023 | އަންގާރަ 05:34
ޕްރެޒިޑެންޓްސް ކަޕްގައި ބޯޅަ ހޮވުމަށް ބިދޭސީއަކު ހަރަކާތްތެރިވަނީ

ޕްރެޒިޑެންޓްސް ކަޕްގައި ބޯޅަ ހޮވުމަށް ބިދޭސީއަކު ހަރަކާތްތެރިވަނީ

ފުޓުބޯޅަ ސީޒަނުގެ މެޗުތަކުގައި ބޯޅަ ހޮވުމަށް ކުދިން ނުލިބުމުގެ ސަބަބުން، ބޯޅަ ހޮވުމުގެ މަސައްކަތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބިދޭސީންނަށް ހަވާލުކޮށްފި އެވެ.

ރާއްޖޭގައި މިއަހަރަށް ފުޓުބޯޅަ ސީޒަން ފަށައިގެން ކުރިއަށް ދަނީ އެންމެ ޝަރަފުވެރި މުބާރާތް، ޕްރެޒިޑެންޓްސް ކަޕުންނެވެ. މުބާރާތް ފެށިގެން މިހާރު ސެމީ ފައިނަލާ ހަމައަށް ގޮސްފައިވާއިރު، ގަލޮޅު ދަނޑުގައި ބޯޅަ ހޮވުމުގައި ޙަރަކާތްތެރިވަނީ ދެ ތިން ބިދޭސީންނެވެ. ރާއްޖެ އެމްވީ އަށް ކަށަވަރުވެފައިވާ ގޮތުގައި އައު ސީޒަނަށް އެފްއޭއެމުން ބޯޅަ ހޮވާ ކުދިން ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ އެސޯސިއޭޝަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. ސަބަބަކީ މީގެ ކުރިން ވެސް އެފްއޭއެމާ ބޯލް ބޯއީސުންނާ ދެމެދު ޖެހިފައިވާ މައްސަލައިގެ ސަބަބުންނެވެ. ބޯޅަ ހޮވުމަށް އެފްއޭއެމުން ބިދޭސީން ހަމަޖެއްސީ އެ ސަބަބާހުރެ އެވެ.

މިދިޔަ އަހަރުތަކުގައި އެފްއޭއެމުން ބޯޅަ ހޮވަން ގެންގުޅު ކުދިންނާއި އެ އެސޯސިއޭޝަނާ ދެމެދު މައްސަލަ ޖެހުނީ، އެ ކުދިންނަށް ދޭންވާ ފައިސާ ނުދެވި ދިގުލައިގެން ދިޔުމުންނެވެ. އެގޮތުން ބޯޅަ ހޮވަން އޭރު ކުދިން ގެންދަމުން ދިޔައީ މެޗަކަށް 100 ރުފިޔާ ދޭން އެއްބަސްވެގެންނެވެ. ނަމަވެސް އެ ކުދިންނަށް ދޭން ޖެހޭ ފައިސާތައްް ދިނުމުގައި ލަސްތަކެއް ދިމާވެ، ދޭން ޖެހޭ ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ ގާތްގަނޑަށް 40،000 (ސާޅީސް ހާސް) އަށްވުރެ މައްޗަށް އަރައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޅަހޮވާ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް މިހާތަނަށް 8000ރ. އަނެއް ބައިކުދިންނަށް 5000ރ. ވެސް ނުދީ އެބަހުއްޓެވެ. އަދި 4000ރ. އާއި ރ.3000 އާ ދެމެދުގެ އަދަދަކަށް ފައިސާ ދޭންޖެހފައިވާ ކުދިން ވެސް އެބަތިއްބެވެ. އެ ފައިސާ ހޯދުމަށް އެތައް ގޮތަކުން އެ ކުދިން ކުރި މަސައްކަތް ނާކަމިޔާބުވުމުން، އެ ކުދިން ނިންމީ ބޯޅަ ހޮވަން ނުދިޔުމަށެވެ.

މިފަހުން އެފްއޭއެމަށް ވަނީ މާލީ ގޮތުން ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. ޤައުމީ ޓީމުގެ ކޯޗުންނަށް ގެންނަ ބިދޭސީ ކޯޗުންނަށް ބަދަލު ދޭން ޖެހި، މާލީ ގޮތުން އެފްއޭއެމް ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. އެހެން ނަމަވެސް، މިހާރު އެ އެސޯސިއޭޝަނުން ވަނީ ބަދަލު ދޭން އެންގި ގިނަ ކޯޗުންނަށް ބަދަލުދީފަ އެވެ. އެގޮތުން ޤައުމީ ޓީމުގެ ކުރީގެ ކޯޗަކަށް ހުރި މާޓިން ކޫޕްމަން އާއި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރި ރެނޭ ހިޑިންކަން ވަނީ ބަދަލުގެ ގޮތުގައި ހަ މިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކައިފަ އެވެ. މީގެ އިތުރުން ވެސް އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ މައްސަލަ ވެސް ދޭތެރެއިން ފެންމަތިވެ އެވެ. އަނެއްކޮޅުން އެކިއެކި ތަންތަނުން ޚިދުމަތް ހޯދުމަށް ފަހު އެ ތަންތަނަށް ފައިސާ ނުދައްކާ މައްސަލަ ވެސް ފެންމަތިވެ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް