Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ނޭދެވޭ ބަދަލުތައް

ދެކުނު ތަނޑީގެ ގަނޑުފެންތައް ވިރި، މޫސުމީ ނޭދެވޭ ބަދަލުތަކެއް ބިރުވެރި ރެކޯޑެއް!

މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކުން މިންޖުވެ، ސަލާމަތުގެ އައްސޭރިއެއްގައި ހުރި ހަމަ އެކަކުވެސް މި ދުނިޔެމަތީގައި ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 12:47
ޕެޓޭރީ ޓާލާސް؛ ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް

ޕެޓޭރީ ޓާލާސް؛ ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް

އަދުގެ ދުނިޔޭގައި ކަން ހިނގަމުން ދާ ގޮތުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނަންގަތަސް، އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް އޮންނަނީ ސިފަވެފައެވެ. ނަމަވެސް، މިއަދު ޤަބޫލު ކުރަން ޖެހިފައި އޮތް ހިތި ޙަޤީޤަތަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކުން މިންޖުވެ، ސަލާމަތުގެ އައްސޭރިއެއްގައި ހުރި ހަމަ އެކަކުވެސް މި ދުނިޔެމަތީގައި ނެތް ކަމެވެ. އޭޕްރިލް 21 ވަނަ ދުވަހު، ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއުއެމްއޯ)އިން އާންމު ކުރި ރިޕޯޓުންވެސް ދިނީ ހަމަ އެ އިންޒާރެވެ.

ހުކުރު ދުވަހު ޑަބްލިއުއެމްއޯއިން އާންމު ކުރި އަހަރީ ރިޕޯޓުގައި ވާ ގޮތުން، 2022 ވަނަ އަހަރަކީ އިންތިހާ ހަނަފަސްކަމާއި، ފެންބޮޑުވުމުގެ ހާދިޘާތަކާއި، އާދަޔާ ޚިލާފު ގަދައަށް ފިނިހޫނުމިން މައްޗަށް ދިއުން ހިމެނޭހެން މޫސުމީ ގޮތުން ނޭދެވޭ އެކިއެކި ބަދަލުތައް، މީގެ ކުރިއާ ޚިލާފު މަތީ މިންވަރަކަށް، ދުނިޔޭގެ ހުރިހާ ބައްރަކުން ތަޖުރިބާ ކުރި އަހަރެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވެފައި ވާ ކަމަށްވެސް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާގެ އަހަރީ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ އެންމެ ދެކުނު ތަނޑި، ނުވަތަ އެންޓާކްޓިކް ސަރަޙައްދުގެ ކަނޑުގައި ގަނޑުފެން އެކުލެވޭ މިންވަރު ހުރީ މިހާތަނަށް ރެކޯޑް ކުރެވިފައި ވާ އެންމެ ދަށް މިންވަރުގައެވެ. ވިލާތު ބައްރުގައި ދެމެމުންދާ ގަނޑުފެނުގެ ކޯރުތައް ވިރެމުން ދާ ނިސްބަތްވެސް ހުރީ ޗަރޓުގެ އިންތަކުން ބޭރުގައެވެ. 2015 އިން 2022ގެ ނިޔަލަށް ހޭދަވި 8 އަހަރު ދުވަހުގެ  މުއްދަތަކީ، ދުނިޔެ އެންމެ ހޫނުވެގެން ދިޔަ ކަމަށް ރެކޯޑް ކުރެވުނު މުއްދަތެވެ. 2022 ވަނަ އަހަރަކީ، ގަނޑުފެނުގެ ކޯރުތައް ވިރި، ކަނޑުގެ ލޮނުގަނޑުތައް އުފުލުން ރެކޯޑް މިންވަރަކަށް އުފުލިގެން ދިޔަ އަހަރަކަށް ވާ އިރު، އެތައް ހާސް އަހަރަކަށް އެކަން ދެމިގެން ދާނެ ކަމަށްވެސް ޑަބްލިއުއެމްއޯގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މުޅި އަހަރު ދުވަހު ހިނގާދިޔަ މޫސުމީ ގޮތުން ނޭދެވޭ ބަދަލުތަކުގެ ހާދިޘާތަކާ ގުޅިގެން، މިހާރުވެސް އިންތިހާ ދަތީގައި ދިރިއުޅެމުންދާ 95 މިލިއަނެއްހާ މީހުންގެ ދިރިއުޅުން އިތުރު ތަކުލީފަކަށް ވެ، ގެދޮރު ގެއްލުނު މީހުންގެ އާބާދީ އިތުރުވެގެން ދިޔައެވެ.

ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ޕެޓޭރީ ޓާލާސް ވިދާޅުވީ، މި ބަދަލުތަކަކީ 2060 ގެ އަހަރުތަކާ ހިސާބަށްވެސް ދެމިގެން ހިނގައިދާނެ ނެދެވޭ ބަދަލުތަކަކަށް ވުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލުނު މިންވަރު، 1993 ވަނަ އަހަރުން ފެށިގެން ވަނީ ދެގުނަ އިތުރު ވެފައެވެ. މިއީވެސް ރެކޯޑް މިންވަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް މިއަހަރު މޫސުމީ ދޫނިތަކުގެ ދަތުރު ފެށުނީ ހިތްގައިމު ގުޑުގުޑާ ދޫނިތަކުގެ ބައިގަނޑަކުން

ރާއްޖެއަށް މިއަހަރު މޫސުމީ ދޫނިތަކުގެ ދަތުރު ފެށުނީ ހިތްގައިމު ގުޑުގުޑާ ދޫނިތަކުގެ ބައިގަނޑަކުން

19 އޮކްޓޯބަރު 2021
ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

30 ޖޫން 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
ހިތްގައިމު މޫސުމީ ދޫނިތަކުން ރާއްޖޭގެ މާހައުލަށް އިތުރު ފުރިހަމަ ކަމެއް

ހިތްގައިމު މޫސުމީ ދޫނިތަކުން ރާއްޖޭގެ މާހައުލަށް އިތުރު ފުރިހަމަ ކަމެއް

04 ނޮވެމްބަރު 2020
އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

04 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު