Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑެލްޓާ ވޭރިއެންޓްގެ ނުރައްކާ

ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

ބޯޑަރު ހުޅުވާލާނީ އެސަރަހައްދުގެ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކަމަށް ރައީސް ވިދާޅުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖޫން 2021 | ބުދަ 14:07
ކޮވިޑް-19ގެ ގިނަ ވޭރިއެންޓްތަކެއް ފެނިފައިވޭ

ކޮވިޑް-19ގެ ގިނަ ވޭރިއެންޓްތަކެއް ފެނިފައިވޭ

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މުޅި ރާއްޖެ ބަނަ ވެގެންދިޔައެވެ. އުންމީދު ކުރި ގޮތާއި ޚިލާފަށް މިފަހަރު ނެގި ރާޅު މާ ބޮޑެވެ. 1000ށް ވުރެ މަތިން ކޭސްތައް ޕޮޒިޓިވްވެ، މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިންތިހާއަށް އިތުވެގެންދިޔައީ އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ ރޭޓް މަތިވެ، އެނދުތައް ފުރިދާނެކަމުގެ އިންޒާރު ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޑޮކްޓަރުން ދިޔައީ ދެމުންނެވެ. މެއި މަސް ނިމިގެން ދިޔައީ ހިތްތަކަށް ނުވަތަނަވަސްކަމާއި ބިރުވެރިކަން ގެނުވި މަހެއްގެ ގޮތުގައެވެ.

ސިއްހީ ޚިދުމަތްތެރިން ބަރުބަލިވެ، އެޑްމިޓް ކުރާ ޕޭޝަންޓުންނަށް އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭކަމުގެ ޝަކުވާ ވެސް އޭރު ފެންމަތިވެގެން ދިޔައެވެ. އެދުވަސްވަރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކާއި، ރެމްޑަމް ސާމްޕަލިންގެ މަސައްކަތްތައް ވެސް ހުއްޓާލިއެވެ. އޭރުގެ ހާލަތާ ބެހޭގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަމުންދިޔަ ސިއްހީ ޚިދުމަތްތެރިއަކު ބުނިގޮތުގައި މެއި މަހުގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުންނަށް އެކަށީގެންވާ ގޮތެއްގައި ޙިދުމަތް ދެވޭ ވަރަށް ވުރެ ކޮވިޑަށް ފަރުވާ ހޯދަން އެޑްމިޓްކުރި މީހުންގެ އަދަދު އިތުރުވިއެވެ. ކޮންމެ ނަރުހަކަށް 10 ޕޭޝަންޓު ބަލަން ޖެހުނު ދުވަސްތައް އައިކަން އޭނާ ފާހަގަކުރިއެވެ. އަދި ނަރުސްކަން ކިޔަވާ ކުދިން، ސިއްހީ ޚިދުމަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވޮލެންޓިއަރުންގެ ގޮތުގައި ފްރޮންޓްލައިނަށް ވެސް ވަނީ ނެރިފައެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ވަސީލަތްތަކާއި ޚިދުމަތް ދެވޭނެ އިންތިޒާމްތައް ކިތަންމެ ފުރިހަމައަށް ހަމަޖެއްސި ނަމަވެސް އިންސާނީ ވަސީލަތް ވަރަށް މަދެއެވެ. އެގޮތުން މިފަހަރުގެވެސް ވޮލެންޓިއަރުންގެ ގޮތުގައި އާންމުން މަސައްކަތަށް ނުކުތުމަށް އެޗްއީއޯސީން ގޮވާލިއެވެ. އަދި މީގެ ކުރިން ސިއްހީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކޮށްފައި ތިބި، މިހާރު ދާއިރާއާ ދުރުގައި ތިބި ފަރާތްތައް އަލުން އަމަލީ މައިދާނަށް ނުކުތުމަށް އެދިފައިވެއެވެ. މިގޮވާލުމަށް ގިނަ ރައްޔިތުން އިޖާބަދީ، އެކުއެކީގައި ކުރި މަސައްކަތުގެ ނަތީޖާއިން މިހާރު މިވަނީ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މެއި މަހުގެ 26ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތަކަށް ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން މިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މިމަހުގެ 29ވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ، ޖުލައި 15ވަނަ ދުވަހު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބޯޑަރު ހުޅުވާލާނީ ކުރިއަށް މިއޮތް ދުވަސްތަކުގައި އެސަރަހައްދުގެ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ވޯރކް ޕަރމިޓްއާއެކު ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ކަރަންޓީން ވާންޖެހޭ ގޮތަށް ރާއްޖެ އައުމުގެ ހުއްދަ މިހާރު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، މިހާރު ދުނިޔޭގައި އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓާއި، ޑެލްޓާ ޕްލަސް ވޭރިންއެންޓަށް ބަލަން ޖެހެއެވެ. ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުން ކޮވިޑް-19ގެ އެހެން ވޭރިއެންޓްތަކާ ޚިލާފަށް ޑެލްޓާ ވޭރިއެންޓް މާ ނުރައްކާތެރިއެވެ. އަދި ގައުމުތަކުގައި ދަތުރުފަތުރު ކުރުމުގެ ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ދުނިޔޭގެ ހުރިހާ ބައްރަކަށް މިވޭރިއެންޓް ފެތުރި، ބިރުވެރިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު ދީފައިވެއެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ޓެޑްރޯސް އެދްނޯމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

ޑެލްޓާ ވޭރިއެންޓްގައި ހާލަތު ސީރިއަސްވުމުގައި ވަކި އުމުރުފުރައެއް ނެތެވެ. ހުރިހާ އުމުރުފުރައަކަށް ވެސް ނުރައްކާ ބޮޑެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޑެލްޓާ ވޭރިއަންޓްއާއެކު ކޭސްތައް ކޮންޓްރޯލް ކުރުމަށް ވަނީ ނުކުޅެދިފައެވެ. ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިންޒާރުތަކާއެކު، ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ދީފައިވާ ލުއިތައް ހިފަހައްޓަންފަށާފައެވެ. މީގެ އިތުރުން ބަންގްލަދޭޝް، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި އިސްރާއީލުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންފަށާފައެވެ.

އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓް ކޮންޓެއިން ކުރުމަށް ދުނިޔޭގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ޖަހަން ޖެހެއެވެ. ނަމަވެސް މިއީ ނުވާނެ ކަމެއް ކަމަށާއި، އެންމެ ރަނގަޅަށް ވެކްސިން ޕްރޮގްރާމް ހިންގާ ގައުމުތަކުގައި ވެސް 80 އިންސައްތައާ ހަމައަށް އަދި ވާސިލްވެފައިނުވެއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު މިވަގުތު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި އޮތީ ހަމައެކަނި 38 އިންސައްތައިގެ މީހުންނެވެ.

މިފަދަ ހާލަތެއްގައި ލުއިތައް ދެމުންދާއިރު، ވަރަށް ގިނަ ކަންކަމަށް ރިޔާއަތް ކުރަން ޖެހެއެވެ. ބަލި ކޮންޓްރޯލް ކުރެވިގެންދިޔަ ނަމަވެސް ރައްޔިތުން ތިބެންވާނީ ސަލާމަތުގެ އައްޑަނަ ނަގައިގެންނެވެ. ދުނިޔޭގެ ގައުމުތަކުގައި ބަލި ފެތުރޭ މިންވަރަށް ރާއްޖޭގައި ބަލި ފެތުރިއްޖަނަމަ ވާނެ ގޮތް ހިތަށް ގެނައުމަށްވެސް އުނދަގޫނޫންތޯއެވެ. ޑެލްޓާ ވޭރިއެންޓާ މެދު ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގައި އިތުރަށް ވިސްނާލަން ޖެހޭނުންތޯއެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރަނީ ކިހާވަރަކަށް؟

ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރަނީ ކިހާވަރަކަށް؟

30 ޖޫން 2021
ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރަން ގައުމުތައް ނުކުޅެދިފައި

ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރަން ގައުމުތައް ނުކުޅެދިފައި

27 ޖޫން 2021
ރައީސް ޞޯލިހުގެ ތަރައްގީގެ ތަރުތީބު، ވެކްސިން ޖެހުމުގައި އޭޝިއާގެ އެންމެ ކުރީގައި ދިވެހިރާއްޖެ

ރައީސް ޞޯލިހުގެ ތަރައްގީގެ ތަރުތީބު، ވެކްސިން ޖެހުމުގައި އޭޝިއާގެ އެންމެ ކުރީގައި ދިވެހިރާއްޖެ

16 ފެބުރުއަރީ 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

04 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު