Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

އަބްދުﷲ ޔާމީން އުތުރާއި ދެކުނުގެ ރައްޔިތުންނަށްވި ގިނަ ވައުދުތަކެއް ނުފުއްދަވަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2020 | އާދީއްތަ 13:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ހަމައެކަނި މާލެ ސަރަހައްދު ތަރައްޤީ ކުރުމުގެ ވާހަކަ އާއި، ހުރިހާ ވަސީލަތްތަކެއް މާލެއަށް ޖަމާކުރުމުގެ ވާހަކައަކީ ޒަމާނުއްސުރެ ދިވެހިން ދައްކައި އުޅުނު ވާހަކަތަކެވެ. ކޮންމެ ކެމްޕޭނަކަށް ސިޔާސީ މީހުންވާ ވައުދުތަކުގެ ތެރޭގައި އޮންނަ ބޮޑު ވާހަކައަކީވެސް އެއީއެވެ.

ވެރިކަމަށް ފޫގަޅާލާ ކުރާ ކެމްޕޭންގައި ކޮންމެ ރަށެއްގެ ގޮނޑުދަށުގައި ފައިޖެހުމާއެކުވެސް ދައްކާ ވާހަކައަކީ އެއީއެވެ. އަތޮޅުތެރެ ތަރައްޤީ ކުރުމުގެ ވާހަކައެވެ. ރަށުން ސިއްހީ ހިދުމަތް ލިބި، އިތުރު ހިދުމަތްތައް، ރަށް ކައިރީގައި އޮންނަ ހޮސްޕިޓަލުން ލިބޭނެ ގޮތް ހަދައިދޭނެ ކަމުގެ ވާހަކައެވެ. ނަރުދަމާއާއި، ފެނާއި، ބަނދަރާއި ހަދައިދޭނެކަމުގެ ވާހަކައެވެ.

އިޤްތިސާދީ ހަރަކާތްތަކާއެކު، ސަރަހައްދުން ވަޒީފަގެ ފުރުސަތުތައް ލިބޭނެގޮތް ހަމަޖައްސައިދޭނެކަމުގެ ވާހަކަތެކެވެ. މި ވާހަކަތަކަށް އިތުރުކޮށްލާ ބޮޅުތަކުގެ ތެރޭގައި އިހުމާލުވެ، ދޫކޮށްލާފައި ސަރުކާރުންތަކުން ބާއްވާ، ރާއްޖޭގެ އުތުރާއި ދެކުނު ތަރައްޤީކުރުމުގެ ވާހަކަތައްވެސް ހިމެނެއެވެ. އުތުރާއި ދެކުނުގައ ބޮޑެތި އިޤްތިސާދީ ހަބުތައް ތަރައްޤީކުރާނެކަމުގެ ހުވަފެންތަކާއި، ކުރެހުންތައް ދައްކައި، ރައްޔިތުންނަށް އޮޅުވާލި ސިޔާސީވެރިންވެސް މީގެތެރޭގައި މަދެކޭ ނުބުނެވޭނެއެވެ.

އޭގެ ތެރެއިންވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ވެރިކަމަށް ވަޑައިގެންނެވުމަށް އުތުރާއި ދެކުނުގެ ރައްޔިތުންނަށް ދެއްކި ހުވަފެންތަކާއި، ވެރިކަމުގެ ފަސް އަހަރު ނިންމަވަލެއްވިއިރު، ރައްޔިތުން ތިބި ހާލަތަކީ، އުތުރާއި ދެކުނު ތަރައްޤީކުރުމަށް އެ ސަރުކާރުން ކުރި މަސައްކަތްތައް ފެންނާނެ ކަންކަމެވެ.

އިވަންދިއްޕޮޅުގައި ބޮޑު ޓްރާންޝިޕްމެންޓް ޕޯޓެއް ތަރައްޤީކޮށް، ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ބޮޑެތި ކާގޯ ބޯޓުތައް އަންނަގޮތުގެ މޮޅެތި ކުރެހުންތައް ކެމްޕޭންގެ ތެރޭގައި އަބްދުﷲ ޔާމީން ރައްޔިތުންނަށް ނުދައްކަވާތޯއެވެ؟ "އައިހެވަން" ގެ ނަމުން ނަން ދީފައިވާ އެ ޕްރޮޖެކްޓާއެކު ބޮޑެތި ރިސޯޓުތައް އެ ސަރަހައްދުގައި ހުޅުވާ، ބޮޑެތި ވިަޔަފާރިތަށް ފަށައިގެން ހިންގާ ތަނުގެ މަންޒަރުތަކާއި ހުވަފެންތައް އަބްދުﷲ ޔާމީން ރައްޔިތުންނަށް ދެއްކެވި ނޫންތޯއެވެ؟ ވަހީދު ސަރުކާރުގައި ނަން ބޯޑު ބަދަލުކޮށްލުމަށްފަހު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެއްދެވި ހަނިމާދޫ އެއާޕޯޓަށް ބޮޑެތި ފްލައިޓްތައް ޖައްސާ މަންޒަރުގެ ކުރެހުންތައްވެސް ދެއްކެވީ ހަމަ އަބްދުﷲ ޔާމީން ނޫންތޯއެވެ؟

އުތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ދެކުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓާރޝިއަރީ ފެންވަރަށް ތަރައްޤީކުރާނެކަމުގެ ހުވަފެންތައްވެސް ދެއްކެވި ވެރިންގެ ތެރޭގައި އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ބައިވެރިން ހިމެނިވަޑައިނުގަންނަވާތޯއެވެ؟ އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް އިތުރު އެނދުތައް ތަރައްޤީކުރުމުގެ ވާހަކައާއެކު ސަރުކާރުގައި ތިއްބަވާ، ކިތަށް ރަސްމިއްޔާތު ބޭއްވެވިތޯއެވެ؟ ކިތައް މިނިސްޓަރުން އައްޑުއަށް ވަޑައިގެންނެވިތޯއެވެ؟

މިއީ ހަމަ ހައްތަހާވެސް އިހަކަށް ދުވަހު ރައްޔިތުންނަށް ސަރުކާރަކުން ދެއްކިހާ ހުވަފެންތަކެވެ. ވެރިކަމުގެ ދައުރެއް ނިންމަވާލެއްވިއިރު، އުތުރުގެ ރައްޔިތުންނަށް ލިބިފައިއޮތީ ދެ ތިން ރަށެއްގެ ބަނދަރަކީ، ތާރު ފަށަލައެއް ދުއްވާލުމަށްފަހު އެއާޕޯޓެއްގެ ނަމުން ނަންދިން ކުޅުދުއްފުށި އެއާޕޯޓް ނޫންތޯއެވެ.

ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގެ ތެރޭގައި ހިމެނޭ ހަނިމާދު އިންޓަނޭޝަން އެއާޕޯޓް އޮތީ ހަމަ، އެންމެ ކުރީސުރެ އެތަން އޮތްގޮތަށް، އާދައިގެ ކުޑަ ބޯޓެއް ޖެއްސޭ ފެންވަރުގައި ނޫންތޯއެވެ؟ ތަރައްޤީކުރަން ބުނި ރިސޯޓުތަކާއި، ބޮޑު ޓްރާންޝިޕްމެންޓް ޕޯޓުވީ ތަނެއް އެނގޭ ރައްޔިތަކު ނެތެވެ! އެ ޕޯޓާއެކު އަންނާނެކަމަށް ރައްޔިތުންނަށް ދެއްކި ބޮޑެތި ވިޔަފާރިތައްވެސްވީ، ރައްޔިތުންނަށް ދެއްކި ހުވަފެނީ ބިލާހަކަށެވެ.

ރާއްޖޭގެ ދެކުނުގެ ރައްޔިތުންނަށްވީ ވައުދުތައްވެސް އޮތީ ހަމަ މިފަދަގޮތަކަށެވެ. ވެރިކަން ނިމެން އަހަރަކަށްވުމުން، ޓާޝިއަރީ ހޮސްޕިޓަލްގެ ވައުދު ނުފުއްދޭނެކަމަށް ގަބޫލުކުރެވި، ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ތެޅިިފޮޅިގަތް މަންޒަރަކީ ދެކުނުގެ ރައްޔިތުން ދެކުނު މަންޒަރުތަކެވެ.

ދެއްކި ހުވަފެނުގައި ބުނިހާ ގާތަށްވެސް ސިއްހީ ހިދުމަތެއް ފޯރުކޮށެއް ނުދެވުނެވެ. ތިން ހަތަރު މިނިސްޓަރުން ވަޑައިގެން އައްޑޫ ސިޓީގައި އިތުރުކުރެއްވިކަމަށް ވިދާޅުވި އެނދުތައް އިތުރުވީ އިމާރަތްކުރަމުންދާ، ހ. ދޫވެއްސަށް ކަމަށް ގަބޫލުކުރާ ރައްޔިތުންވެސް އައްޑޫގައި މަދެއް ނޫނެވެ. އެހެނީ މިއަދުވެސް އައްޑޫގައި އެ ބުނާ އަދަދާއި ގާތަށްވެސް ފަތުރުވެރިކަމުގެ އެނދުތަކެއް ނެތެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ހަމަ އޮތް ހާލަތަކަށް ދޫކޮށްލާފައެވެ. ދޭތެރެއަކުން، މިނިސްޓަރަކު ވައިޑައިގެން ކޮންމެވެސް ރެބަން ފަށެއް ދަމާލުން ފިޔަވައި، އިތުރުކަމެއް ކޮށްދީފައޭ ބުނެވޭނެ ހަމަ އެއްވެސް ޖާގައެއް ނެތެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ގެނެވުނު ތަރައްޤީއަކީ ނުއަގުގައި އިމާރަތްކުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ބޮޑު ލޯނެއްގައި ހެދި ބްރިޖަކާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ އިމާރަތްކުރާ ފްލެޓަކާއި، ހިންގެވި ބޮޑެތި ވައްކަންތަކުން އިމާރަތްކުރާ އަމިއްލަ ގެކޮޅުކަމަށް ދެބަސްވާނެ ރައްޔިތަކު މަދުވާނެއެވެ. ރަށެއްގައި ބަނދަރަކާއި، ފެން ހޮޅިއެއް ނާޅާ ވާހަކައެއް ނޫނެވެ.

މިފަދަ ބޭފުޅުންތަކެއް މިިއަދު ނިކުންނަވާ ބާ ދަގަނޑު ބޯޓޭ، މަތިމަހޭ، ސީޕްލޭނޭ ކިޔަން ހަޤީޤަތުގައިވެސް ލަދުގަންނަންޖެހިވަޑައިގެންނަވާނެއެވެ. އެހެނީ މިވެރިންނަކީ ފަސް އަހަރުގައި ބާ ދަގަނޑު ބޯޓެއް ކުޅުދުއްފުއްޓަށް ކައިރިކޮށްލެވުނު ބައެއް ނޫންވިއްޔާއެވެ.

ފެންނަ ހަމައެކަނި މަންޒަރަކީ އުތުރާއި ދެކުނުގެ ތަރައްޤީ ޕްރޮޖެކްޓުތަކާއެކު ދައްކަވާނެ ވާހަކައެއް އެނގިވަޑައިނުގެން، ދިވެހި އަންހެން ކަނބަލުންނާއި އިންނާނެ މަތިން ހުރި ފިރިހެނުން އަންނާނެކަމަށް ބުނެ ވާހަކަ ދައްކަވަންޖެހިވަޑައިގަންނަވާ ހިސާބަށް އިދިކޮޅު ހާތަލު ވެއްޓިފައިވާތަނެވެ.

މިއަދުގެ ހަޤީޤަތަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިމާރާތެއް އިތުރުކުރުމުގެ މަސައްކަތާއި، ކުޅުދުއްފުށީގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އިއުލާނުކޮށްފައިވާ ކަމެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ ކުރެހުންތަކުގެ މަސައްކަތް ފަށައި، ޕްރޮޖެކްޓު ފަށައިގަތުމަށް އެ އޮތީ ތައްޔާރުވެފައެވެ. ހޯރަފުށީ އެއާޕޯޓާއި، ފަޅުވެފައި އޮތް ކުޅުދުއްފުށީ ޕޯޓަށް ވަނީ ދިރުން އަންނަ ފަށާފައެވެ. އެންމެ އުތުރުން ފަތުރުވެރިކަމަށް އިންވެސްޓްކުރުމަށް ވަނީ ހުޅުވާލާފައެވެ.

ދެކުނާއި، އުތުރުގެ ބަނދަރަށް ބާލާ މުދަލުން 50 އިންސައްތަ ޑިއުޓީ މައާފުކުރުމަށް ނިންމުމުން، އިޤްތިސާދީ އެތަކެއް ފުރުސަތެއް އެ ވަނީ ހުޅުވިގެންގޮސްފައެވެ. މިހާތަނަށް އުތުރާއި ދެކުނުގައި ނުކުރެވުނު އެތަކެއް އޮޕަރޭޝަންތަކެއް އެ އަންނަނީ ކުރަމުންނެވެ. ސިއްހީ ހިދުމަތް ރަނގަޅުވެއްޖެއެވެ.

ދެކުނުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުމަށް އެ އޮތީ ފައްކާކޮށްފައެވެ. ގަމާއި، ހުވަދު އާއި މިއަދު އެ ވަނީ ސީޕްލޭނުން ގުޅާލާފައެވެ. ފަތުރުވެރިކަމާއި، އެހެނިހެން ބޭނުންތަކަށް އައްޑޫން ބިން ހިއްކުމަށް އޮތީ ތައްޔާރުކޮށްފައެވެ. މިއީ މަގު ހެދުމާއި، ފެނާއި، ނަރުދަމަޔާއި، ބަނދަރާ ނުހިމަނާ ކުރިއަށްގެންދާ މަސައްކަތްތަކެވެ.

ފީސިބަލްއެއް ނޫނޭ، ތިމަންނާމެން ކުރަން އުޅުނީމޭ، ވިސްނީމޭ ކިތަންމެ ވަރަކަށްވެސް ކީދާނެއެވެ. ނަމަވެސް ކަންކުރަން ފޫގެޅުމާއި، ކަންކުރުމާއި ހާސް ތަފާތެވެ. ކިތަންމެ ވަރަކަށް ހަޖަމްކުރަން ބަޔަކަށް އުނދަގޫވިކަމުގައިވިނަމަވެސް، ހަޤީޤަތަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ރައްޔިތުންނަށް އެ ދުވަހު ފެނުނު މަންޒަރާއި، މިއަދު ފެންނަމުންދާ މަންޒަރު ހަމަ ވަރަށްވެސް ތަފާތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު