Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދެކުނު ކޮރެއާ ކޮވިޑް-19

ދެކުނު ކޮރެއާ ލޮކްޑައުން ނުކޮށް، 900 އިން 9 އަކަށް ވައިރަސްގެ އަދަދުތައް ތިރިކުރީ ކިހިނެއް؟

ދެކުނު ކޮރެއާއަކީ ޗައިނާއާ ނުހަނު ގާތުގައި އޮންނަ ޤައުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އެޕްރީލު 2020 | ބުދަ 00:28
ދެކުނު ކޮރެއާއަކީ ކުރީބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންފެށި ޤައުމެއް

ދެކުނު ކޮރެއާއަކީ ކުރީބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންފެށި ޤައުމެއް

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެންފެށިއިރު، ދުވާލެއްގެ މައްޗަށް 900 އެއްހާ ކޭސް ރިޕޯޓް ކުރެވުނު ދެކުނު ކޮރެއާއަކީ މި ވައިރަސްގެ އައުޓްބްރޭކްގެ ފުރަތަމަ ކޮޅުގައި ވައިރަސް ކޮންޓްރޯލްކުރި ޤައުމުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 10ށް ވުރެވެސް ދަށްވެފައިވާއިރު، ދެކުނު ކޮރެއާއިން މި ވައިރަސް ކޮންޓްރޯލް ކުރި ގޮތާމެދު ދުނިޔޭގެ ޤައުމުތަކުގެ ތައުރީފު ދަނީ އޮހެމުންނެވެ.

އޭގެ ސަބަބުތައްވެސް ބައިވަރެވެ. އެގޮތުން ދެކުނު ކޮރެއާއަކީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއާ ނުހަނު ގާތުގައި އޮންނަ ޤައުމަކަށް ވުމާއެކު، އެ ޤައުމުގެ 52 މިލިއަނެއްހާ ރައްޔިތުން ތިބީ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑު ނުރައްކަލެއްގައިކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއްވެސް އެ ޤައުމުގައި އަޅާފައިނުވާއިރު، އެހައި އަވަހަށް ވައިރަސް ކޮންޓްރޯލް ކުރެވުނު ގޮތާމެދު ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަންވެސް ވަނީ ލިބިފައެވެ.

ދެކުނު ކޮރެއާއަކީ ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރީބައިގައި އަވަސް ފިޔަވަޅުތަކެއް އެޅި ޤައުމެކެވެ. އެގޮތުން ފެބްރުއަރީ މަހުގެ ފަހުކޮޅު ދުވާލެއްގެ މައްޗަށް 900 އެއްހާ ކޭސް ފެނުނު ނަމަވެސް ދެމަހެއްހާ ދުވަސް ތެރޭގައި އެ އަދަދު 10ށް ވުރެ ދަށްކޮށްފައިވާއިރު، އެ ޤައުމު ވަނީ މާޒީން ބޮޑެތި އިބުރަތްތަކެއްވެސް ލިބިގަނެގެން ފިޔަވަޅުތަކެއް އަޅާފައެވެ.

މި ޤަރުނުގެ ކުރީކޮޅު ދުނިޔޭގެ ޤައުމުތައް ހިލުވާލި ސާރސް ރޯގާއާއި މާރސް ރޯގާގެ އަސަރު ދެކުނު ކޮރެއާއަށްވެސް ކޮށްފައިވެއެވެ. ޚާއްސަކޮށް 2015 ވަނަ އަހަރުގެ މާރސް ރޯގާގައި އެ ޤައުމުގެ ސިއްޙީ ނިޒާމުގެ ބަލިކަށިކަމާމެދު އޭރުގެ ސަރުކާރަށްވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން ގޮސްފައިވާއިރު، އޭރު މާރސް ރޯގާގައި އެ ޤައުމުގެ 38 މީހަކު މަރުވެގެން ދިޔައެވެ. ނަމަވެސް އެހިސާބުން އެ ޤައުމުން މިފަދަ ރޯގާތަކަށް ތައްޔާރުވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފެށިއެވެ.

ބަލިތަކަށް ޓެސްޓް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސިއްޙީ ނިޒާމު އިތުރަށް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ފެށިއެވެ. ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) އިތުރުކޮށް، ކުރީބައިގައި ހޮސްޕިޓަލުތަކުގައިވެސް އިންފެކްޝަން ކޮންޓްރޯލް ޔުނިޓްތައް ޤާއިމުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޖެނުއަރީ މަހުގެ ކުރީކޮޅު ޗައިނާއިން ކޮވިޑް-19 ޖެހިގެން މީހަކު މަރުވި ހިސާބުން އެ ޤައުމުން ތައްޔާރީ މަރުޚަލާއިން އަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާއަށް ދިއުމުގެ ރަނގަބީލު ޖަހާލިއެވެ. އަދި އެ މަސައްކަތް ހަލުވި މިނެއްގައި ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން އޮގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވޮލޮޕްމަންޓް (އޯއީސީޑީ) އިން ހޮވާ އެންމެ ފުރިހަމަ ސިއްޙީ ނިޒާމު އޮންނަ ޤައުމުތަކުގެ އެއްވަނަ 2015 ވަނަ އަހަރު އެ ޤައުމަށް ލިބިގެން ދިޔައެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށްވެސް ހަފްތާއެއްގެ ތެރޭގައި އެކަށީގެންވާ ޓެސްޓިންގ ނިޒާމެއް ޤާއިމުކުރެވި، ކުރީބައިގައި ޓެސްޓް ކުރުމުގެ މަސައްކަތް ފެށިއިރު، ޓެސްޓް ކިޓުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ހަފްތާއެއްގެ ތެރޭގައި ފެށިއެވެ. އެގޮތުން މާރޗު މަހުގެ ނިޔަލަށް އެ ޤައުމުން މުޅި އާބާދީން 3 ލައްކައެއްހާ މީހުން ޓެސްޓްކޮށް، އަލާމަތްތައް ހުރި މީހުން އެކަހެރިކުރިއެވެ.

އޭގެ އިތުރުން، ބަލި ފެތުރެން ފެށި ހިސާބުން ދެކުނު ކޮރެއާގެ އެއާޕޯޓްތަކުގައި ސްކްރީނިންގގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެ ޤައުމުގެ ރައްޔިތުންވެސް ސްކްރީން ކުރަމުންދިޔައެވެ.

ދެކުނު ކޮރެއާއަކީ ދުނިޔޭގެ ނިސްބަތުން ކުރިއަރާފައިވާ ޤައުމަކަށްވާއިރު، އެ ޤައުމުގެ ރައްޔިތުންނަކީވެސް ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތަކާވެސް ދޯޅު ބައެކެވެ. އެގޮތުން ދެކުނު ކޮރެއާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސިޑީސީ)ން އެއްކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ފޯނުން ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަނެއް ތައާރަފްކުރެވިގެން ދިޔައެވެ. އަދި އެ އެޕްލިކޭޝަން މެދުވެރިކޮށް، ބަލި ޖެހެމުންދާ މީހުންގެ މައުލޫމާތު ވަގުތުން ފޯނުން ބަލާލެވޭއިރު، ގާތް މީހަކަށް ވައިރަސް ޖެހިފައިވާކަން ނުވަތަ ނޫންކަން ފޯނުގެ ޒަރިއްޔާއިން ބަލާލެވެއެވެ.

ނަތީޖާއެއްގެ ގޮތުން ކުރީބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރައްޔިތުންނަށްވެސް ފަސޭހަވެގެންދިޔައެވެ.

ދެކުނު ކޮރެއާގައި ވައިރަސް ކޮންޓްރޯލް ކުރެވުނު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރާ އެއްކަމަކީ އެ ޤައުމުގެ ރައްޔިތުންގެ އެއްބާރުލުމާއި، ފަރުދީ ޒިންމާ އަދާކުރާ މިންވަރެވެ. އެގޮތުން އެ ޤައުމުގެ ރައްޔިތުން މާސްކް އެޅުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ އެހެން މީހުން ބަލިން ރައްކާތެރިކޮށް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމެވެ.

އޭގެ އިތުރުން، މިފަދަ އާދަތަކާ ޚިލާފުވާ ފަރާތްތަކުގެ އަމަލުތަކަކީ މުޖުތަމައުގައި ބަލައިނުގަންނަ ކަމެއްގެ ގޮތުގައި އޮންނަނީ ވެފައެވެ. އަދި އެއީ ޤާނޫނީ ކުށަކަށްވުރެ ބޮޑަށް، އިޖުތިމާއީ ކުށެއްގެ ގޮތުގައި އޮންނަނީ ފާހަގަވެފައެވެ. އެއާއެކުވެސް، މުޖުތަމައުގައި އުޅޭ ރައްޔިތުން އެކަކު އަނެކަަކަށް ކުރާ ޤަދަރާއި އިހުތިރާމް ބޮޑުކަން ފާހަގަވެގެންދެއެވެ.

އޭގެ އިތުރުން، ބަލި ފެތުރެން ފެށުމުގެ ކުރިންވެސް އެ ޤައުމުގެ ރައްޔިތުންނަަކީ އާންމު ދިރިއުޅުމުގައިވެސް ބޭރު ތެރޭގައި އުޅޭއިރު، ހޭންޑް ސެނިޓައިޒަރ ގެންގުޅޭ ބައެކެވެ. އަދި ގިނަ އިމާރަތްތަކުގައި ފިނިހޫނުމިން ބަލާ ސެންސަރުތައް ހަރުކޮށްފައި ހުންނައިރު، އޮފީސް އިމާރަތްތަކުގައިވެސް ފިނިހޫނުމިން ބެލޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން އާންމު ދިރިއުޅުމުގައިވެސް ބަލީގެ އަލާމަތްތައް ފަސޭހައިން ދެނެގަނެވޭނެ މަގުތައް އޮތީ ކުރީބައިގައި ފަހިވެފައެވެ.

ސައުތު ކޮރެއާގައި ވައިރަސް ކޮންޓްރޯލް ކުރި ގޮތަށް ހަޤީޤަތުގައިވެސް ތައުރީފް ޙައްޤެވެ. އެކަމުގައި ދައުލަތުގެ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރާ މިންވަރާއި ހޭލުންތެރިކަންވެސް ބޮޑު ދައުރެއް އަދާކުރެއެވެ. އާންމު ދިރިއުޅުމުގައި މަގުތައް ލޮކްޑައުން ނުކޮށް، މީހުން ގޭބަންދުނުކޮށްވެސް އެ ޤައުމުން ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކޮށްފައިމިވަނީ ދުރާލާ ތައްޔާރުވެ، މާޒީން އިބުރަތް ލިބިގަނެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

29 އޮކްޓޯބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

17 އޯގަސްޓު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު