Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ ޙަސަން ސައީދު

21 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފި

23 އެޕްރީލު 2023 | އާދީއްތަ 04:43

ޙަސަން ސައީދު މީގެ ކުރިން ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2023 | އާދީއްތަ 04:43
Ghaazee hassan ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު

Ghaazee hassan ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފިއެވެ.

21 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ގާޒީ ޙަަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ 23 އޭޕްރީލް 2023 ގައެވެ. އެއީ މަޤާމުން މުސްކުޅިވެވަޑައިގެންނެވުމާއި ގުޅިގެންނެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަޤާމުގައެވެ.

Advertisement - newsAdvertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޙަސަން ސައީދު ޝަރުއީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ތަހުނިޔާ ދަންނަވާފައެވެ.

ޙަސަން ސައީދު މީގެ ކުރިން ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރައްވާފައެވެ.

ގާޒީ ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި ދުވަސްވަރުގައި ހިނގި ކަމަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެއްގައި ދާދި ފަހުން އެ ކޮމިޝަނުން ވަނީ ޙަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށްވެސް ނިންމާފައެވެ.

އެއީ 2018 ވަނަ އަހަރު ގާޒީ ޙަސަން ސައީދު އިސްގާޒީ ކަމުގައި ހުންނެވިއިރު ފެމިލީ ކޯޓުގެ ފަރާތުން އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެއްގައެވެ.

އެހެންނަމަވެސް ކޮމިޝަނުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ވަނީ ނިންމާވަފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ގާޒީ ޙަސަން ސައީދުގެ އަމަލަކީ ޤާނޫނު އެއްފަރާތްކޮށްގެން، ޤާނޫނުގެ ސަރީޙަ ނައްސަކާ ޚިލާފުވެވަޑައިގެން ހިންގަވާފައިވާ އަމަލެއް ނޫން ކަމަށެވެ.

އެ އަމަލަކީ ގާޒީއަށް ލިބިވަޑައިގެންފައިވާ އިލްމެއްގެ އަލީގައި ރަނގަޅު ގޮތް ދެނެގަތުމަށް ކުރެވެން އޮތް މަސައްކަތް ކުރެއްވުމަށްފަހު، ގާޒީގެ އިޖުތިހާދުން ނިންމެވި ނިންމެވުމެއްކަން ފާހަގަކޮށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ދެވަނަ ނަޒަރަކުން ބަލާއިރު އެ ނިންމުން ރަނގަޅުވުމާއި، ނުބައިވުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ.

އެ ނިންމުން ރަނގަޅުވިޔަސް އަދި ނުބައިވިޔަސް، އެ ނިންމުން ނިންމުމުގައި ފަނޑިޔާރު ތަބާވާން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިނުވާނަމަ، އެ އަމަލަކީ ޢައިރު ސުލޫކީ އަމަލެއްކަމުގައި ނުބެލެވޭނެކަމަށް އެ މަޖިލީހުގެ އިއްތިފާޤުން ވަނީ ނިންމާވައެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި މި ނިންމެވުން ނިންމަވާފައިވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަހުމަދު ޝަރީފެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް