Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެޒްގ ސްޕޯޓްސް ފެސްޓިވަލް

ވިނަރެސް މޮޅުވެ، ވިންގްސް ބަލިވެއްޖެ

މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ވިނަރެސް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އެޕްރީލު 2023 | އާދީއްތަ 01:22
ފެޒްގ ފިރިހެން ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން

ފެޒްގ ފިރިހެން ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން

ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އިން ބާއްވާ ފިރިހެން ވޮލީ ބޯޅަ މުބާރާތުގައި ވިނަރެސް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވީއިރު، ވިންގަސްގެ ދެ ވަނަ މެޗުން އެ ޓީމު ބަލިވެއްޖެ އެވެ.

މުބާރާތުގައި ވިނަރެސް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ލެޖެންޑްސް އަތުން މޮޅުވެފަ އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު އެ ޓީމުގެ ދެ ވަނަ މެޗުގައި ވަނީ ވީ ކިންގްސް އަތުން ވެސް މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-23 އިން ކާމިޔާބު ކުރީ ވެސް ވީ ކިންގްސް އެވެ. ނަމަވެސް ވިނަރެސް އިން ވަނީ ފަހަތުން އަރައި ޖެހިގެން އައި ތިން ސެޓު ވެސް ކާމިޔާބުކޮށްފަ އެވެ. ވިނަރެސް އިން ސެޓުތައް ކާމިޔާބު ކުރީ 19-25، 22-25 އަދި 18-25 އިންނެވ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވިނަރެސްގެ ޒިޔާން ޙުސެއިން އެވެ.

ވިންގްސް އިން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ދެ ވަނަ މެޗު މޮޅުވެ ޕޮއިންޓުގެ ގޮތުން ވިނަރެސްއާ އެއްވަރު ކުރުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް ލެޖެންޑްސްއާ ވާދަކޮށް އެ ޓީމު ވަނީ ތިން ސެޓު ދެ ސެޓުން ބަލިވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ލެޖެންޑްސް އިން ކާމިޔާބު ކުރީ 25-21 އިންނެވެ. ނަމަވެސް ވިންގްސް އިން ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް، ލީޑު ނަގައިފަ އެވެ. އެއީ ދެ ވަނަ ސެޓު 21-25 އަދި ތިން ވަނަ ސެޓު 22-25 އިންނެވެ. ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ ފުރުސަތު ވިންގްސް އަށް އޮތްއިރު، ވާދަވެރި ކުޅުމަކަށްފަހު 25-23 އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ ލެޖެންޑްސް އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ލެޖެންޑްސް އިން ކާމިޔާބު ކުރީ 15-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ލެޖެންޑްސްގެ އަޙުމަދު ޝަރޫފް އެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ވިނަރެސް އެވެ. ދެ ވަނައިގައި ވިންގްސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ދެ ޕޮއިންޓާއެކު ތިން ވަނައިގައި ލެޖެންޑްސް އޮތްއިރު، ވީ ކިންގްސް އަށް ޕޮއިންޓެއް ނުލިބެ އެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު، ޕޮއިންޓު ތާވަލްގެ އެއް ވަނަ އަދި ދެ ވަނަ ޓީމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު