Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދު ޕްރޮޖެކްޓް

ގަރލް ގައިޑް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

2000ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، ގަރލް ގައިޑް އެސޯސިއޭޝަނުން ބާއްވާ ހަރަކާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އެޕްރީލު 2023 | ހޮނިހިރު 13:37
އީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގަރލް ގައިޑުންނާއެކު

އީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގަރލް ގައިޑުންނާއެކު

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ އީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތަކީ 2000ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، ގަރލް ގައިޑް އެސޯސިއޭޝަނުން، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނާއެކު އީދުގެ އުފާ ހިއްސާކޮށް، އެފަރާތްތަކަށް އީދު ހަދިޔާ ދިނުމުގެގޮތުން ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހުމަދު ވަނީ، މަރުކަޒުގައި ތިބި މީހުންނާ ބައްދަލުކުރައްވައި، އެ މީހުންނާއެކު އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެތެރޭގައި، އީދު ހަދިޔާ ބަދަލުކުރުމާއި އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވުން ހިމެނެއެވެ. އަދި އެ ފަރާތްތަކާއެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން ވަނީ، ކޯވިޑް-19ގެ ދުވަސްވަރުވެސް މިހަރަކާތް މެދުކަނޑާނުލައި ކުރިޔަށްގެންގޮސްފައެވެ. މިގޮތުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ވަރޗުއަލްކޮށެވެ. 2019 ވަނަ އަހަރުވެސް، ޚާއްސާ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި، އަމަލީގޮތުން މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފައިވާއިރު، ކޮވިޑާ ގުޅިގެން ވަރޗުއަލްކޮށް މިހަރަކާތް ކުރިޔަށް ގެންދިޔައިރުވެސް އެކަމަނާ މިހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓްގެ ތެރެއިން، ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު ބާއްވާ މިހަރަކާތް މެދުނުކެނޑި ކުރިޔަށްގެންދިޔަ މިއީ 24 ވަނަ ފަހަރެވެ. މިއީ އެއް ދުވަހަށް ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު