Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހޫނުން ރައްކާތެރިވުން

ހޫނުން ރައްކާތެރިވާނީ ކިހިނެއް؟

ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އެޕްރީލު 2023 | ހޮނިހިރު 15:03
ހޫނުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު

ހޫނުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު

ގިނަ ބަޔަކަށް ހޫނު މޫސުމަކީ މަޖާކޮށްލައި ބޭރުގައި ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭނެ ދުވަސްވަރެކެވެ. ނަމަވެސް ހޫނު މޫސުމުގައި، ބޭރުގައި ބާއްވާ ހަރަކާތްތަކަކީ އެކަމުގެ ސަބަބުން އެހެން ނަތީޖާތަކެއްވެސް ނުކުމެދާނެ ކަމެކެވެ. ވަކިން ޚާއްސަކޮށް، ހޫނުގަދަ ދުވަސްވަރު ބައެއް ހިސާބުތަކަށް އެވްރެޖް މިންގަނޑަށްވުރެ ފިނިހޫނުމިން މާބޮޑަށް ހޫނުވުމުގެ ސަބަބުންނެވެ.

އިންތިހާއަށް ހޫނުވުމުން، ހޫނާ ގުޅުންހުރި ސިއްހީ މައްސަލަތަކުގެ އިތުރުން، އަދި މަރުވުންފަދަ ކަންކަންވެސް ދިމާވެދާނެއެވެ. ހޫނާ ގުޅުންހުރި ބަލިތައް ޖެހެނީ ހަށިގަނޑު ރަނގަޅަށް ފިނިވާން ނުކުޅެދުމުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ދާއިމީ ބައްޔަށް ފަރުވާ ހޯދާ މީހުންނަކީ ހޫނާ ގުޅުންހުރި ބަލިތަކާއި މަރުވުމުގެ ނުރައްކާ ބޮޑު ބައެކެވެ. ދިރާސާތަކުން ދައްކާގޮތުން، އެމެރިކާގައި ކޮންމެ އަހަރަކު އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން 700އަށްވުރެ ގިނަ މީހުން މަރުވެއެވެ.

ފިނިހޫނުމިން މައްޗަށް ދިއުމުގެ މާނައަކީ އޯޒޯންގެ މިންވަރު މަތިވުން ކަމަށް ވެދާނެއެވެ. ޚާއްސަކޮށް ނޭވާހިއްލުން ނުވަތަ ފުއްޕާމޭގެ އެހެން ބައްޔެއް ހުރިނަމަ, ހޫނު މޫސުމުގައި ބޭރުގައި ހަރަކާތްތައް ރާވާއިރު ސަމާލުކަން ދޭންވާނެއެވެ.

ތިމާ އުޅޭ ސަރަހައްދުގައި ފިނިހޫނުމިން ޓްރެކްކުރާށެވެ. ފިނިހޫނުމިން އިންތިހާއަށް މަތީގައި ހުންނަ ވަގުތުތަކުގައި އަމިއްލަ ނަފްސާއި ލޯބިވާ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި؛ ވީހާވެސް ގިނައިން އެއަރކޮންޑިޝަންޑް އިންޑޯރ ލޮކޭޝަނެއްގައި މަޑުކުރުމާއި، ކަރުހިއްކާކަން އިހުސާސް ނުވިނަމަވެސް ގިނައިން ފެން ބުއިމާއި، ބޭރުގައި ހިންގާ ހަރަކާތްތައް ފަރުވާތެރިކަމާއެކު ޝެޑިއުލްކުރުމާއި، ލުއި، ފަނޑު ކުލަތަކުގެ ހެދުން ލުމާއި، ސަންސްކްރީން ހާކައިގެން އުޅުން ހިމެނެއެވެ.

މީގެ އިތުރުން ފިނިކަން ހުންނަ ފެނުން ފެންވަރާށެވެ. ރައްޓެހިންނާއި އަވަށްޓެރިންގެ ހާލު ބެލުން މުހިންމެވެ. ކުޑަކުދިން ނުވަތަ ގޭގައި ގެންގުޅޭ ޖަނަވާރު ކާރުތެރޭގައި ބާއްވާފައި ކާރު ނިއްވައިނުލާށެވެ. ސިއްހީ އަދި ރައްކާތެރިކަމުގެ އަޕްޑޭޓްތަކަށް، ޚަބަރުތައް ބެލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި؛

ވަރުދެރަވުން، ބޮލުގައި ރިއްސައި ބޯއެނބުރުން، ނުވަތަ އަކުނިވަޔަށް ދެމުންފަދަ އަލާމާތްތައް ފެންނަނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

ތުއްތުކުދިންނަށް ސަމާލުވުން؛

އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް؛

އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. މިދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައްގުނައެއް މަތިވެއެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟
07 މެއި 2017

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟
23 އެޕްރީލު 2017

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟
19 އެޕްރީލު 2017

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު