Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

"ޔުނައިޓެޑުގެ ޖާޒީލުމުގެ ޙައްޤު ކަށަވަރުކުރަން ޖެހޭނީ ކުޅުންތެރިން!"

23 އެޕްރީލު 2023 | އާދީއްތަ 02:17

ޓެން ހާގް ބުނީ އަދިވެސް ޔުނައިޓެޑު ދަތުރުކުރަމުން ދަނީ "އެއް އޮޑިއެއް" ގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އެޕްރީލު 2023 | އާދީއްތަ 02:17
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ޖާޒީލުން ޙައްްޤުތޯ ކަށްވަރު ކުރާނީ ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ބްރައިޓަނާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އެ މެޗަށް ނުކުންނައިރު ޔުނައިޓެޑު އޮތީ ޔޫރޮޕާ ލީގުން ކެޓުމުގެ ހިތްދަތިކަން މަތީގަ އެވެ. ސެވިއްޔާގެ ދަނޑުގައި އެ ޓީމު އަތުން ބަލިވެ މުބާރާތުން ކެޓީ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދިގެންނެވެ. ބްރައިޓަން މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ކޮންމެ މެޗަކީ ވެސް އިމްތިހާނެއް ކަމަށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ޓީމުން ކުޅެނީ މުަސްތަޤުބަލަށް ވިސްނައިގެންނެވެ. އޭނާ ބުނީ ޔުނައިޓެޑުގެ ޖާޒީލުމުގެ ޙައްޤު ހޯދާނީ ނުވަތަ ކަށަވަރު ކުރާނީ އެ ކުޅުންތެރިޔަކު އަމިއްލަ އަށް ކަމަށެވެ. ހަމައެބީދައިން ކޯޗެއްގެ ހައިސިއްޔަތުން އޭނާ އަށް އެކަން އޮންނާނީ އެގޮތުގައި ކަމަށް ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ އަދިވެސް ޔުނައިޓެޑު ދަތުރުކުރަމުން ދަނީ "އެއް އޮޑިއެއް" ގައި ކަމަށެވެ. އެ ދަތުރުގެ ތެރެއިން މި ސީޒަންގައި ޔުނައިޓެޑުން ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި ޔުނައިޓެޑުގައި ތަޖުރިބާ ވެސް އޮތް ނަމަވެސް، އަދިވެސް ކުރިއަށް ދާން ޖެހޭ ކަމަށެވެ. އޭނާ ބުނީ އާދިއްތަ ދުވަހު ކުޅޭ އެފްއޭ ކަޕްގެ ސެމީ ފައިނަލަކީ ކުރިމަތީގައި އޮތް ރަނގަޅު ކަމެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެ މެޗަށްފަހު ވެސް ކުރިއަށް އެހެން މެޗުތަކެއް އޮތުމާއެކު، މިހާތަނަށް ޔުނައިޓެޑުން ކުރި މަސައްކަތް ކުޅުންތެރިން ސާބިތުކޮށްދޭންވާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ.

މި ސީޒަންގެ ކަރަބޯ ކަޕް ކާމިޔާބު ކުރެވިފައި އޮތުމުން، އެފްއޭ ކަޕް ކާމިޔާބުކޮށް ކާމިޔާބު ސީޒަނެއް ނިންމާލަން ބޭނުންވާކަން ފާހަގަކުރަމުން ޓެން ހާގް ބުނީ، އެކަން ކުރެވިއްޖެނަމަ އެއީ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. ޓެން ހާގް ބުނީ މެންޗެސްޓަރ ޔުނައިޓެޑުގައި އަބަދު ވެސް އުންމީދުތައް ހުންނާނީ އުހުގައި ކަމަށާއި، އެހެން ކަމުން ކުރިއަށް ދާން ޖެހޭނީ އެކަންކަމަށް ސަމާލުވެގެން ކަމަށެވެ. އަދި ކުޅުންތެރިންނާއި، ކޯޗިން މުވައްޒަފުން ގުޅިގެން ކުރެވޭ މަސައްކަތުގައި ކުލަބުގެ ވެރިންނާއި، ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދެވޭނެ ކަމަށެވެ.

ބްރައިޓަނާ ދެކޮޅަށް ޔުނައިޓެޑުން ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ގަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2017

ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ

14 އޮކްޓޯބަރު 2017
ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ
17 ސެޕްޓެމްބަރު 2017

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން
24 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމަކަށް މަޑުކުރަން ނޭމާ ގާތު ރޮނާލްޑޯ އެދިއްޖެ

24 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމަކަށް މަޑުކުރަން ނޭމާ ގާތު ރޮނާލްޑޯ އެދިއްޖެ
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
29 މެއި 2017

އޭއެފްސީ ކަޕް: ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރަން މާޒިޔާ ބެންގަލޫރަށް ފުރައިފި

29 މެއި 2017
އޭއެފްސީ ކަޕް: ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރަން މާޒިޔާ ބެންގަލޫރަށް ފުރައިފި
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
28 އެޕްރީލު 2017

މިއީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން މުހިންމު މޮޅެއް:ނިޒާމްބެ

28 އެޕްރީލު 2017
މިއީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން މުހިންމު މޮޅެއް:ނިޒާމްބެ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް