Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު އިސްތިއުފާ ދެއްވައިފި

22 އެޕްރީލު 2023 | ހޮނިހިރު 02:23

ރާބް އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ، އެކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގަނާކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުޤީޤެއް ސަރުކާރުން ފަށާފައިވާތީ އެ ކަމާ ގުޅިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 އެޕްރީލު 2023 | ހޮނިހިރު 02:23
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޮމިނިކް ރާބް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޮމިނިކް ރާބް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޮމިނިކް ރާބް އިސްތިއުފާ ދެއްވައިފިއެވެ.

ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ރާބް އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ، އެކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގަނާކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުޤީޤެއް ސަރުކާރުން ފަށާފައިވާތީ އެ ކަމާ ގުޅިގެންނެވެ.

މިއާއެކު ރާބު ވަނީ ބޮޑުވަޒީރު ރިޝީ ސުނަކުގެ ސަރުކާރުން މިހާތަނަށް ވަކިވެވަޑައިގެންނެވި އެންމެ އިސް ބޭފުޅާ އަށް ވެފަ އެވެ. ރާބްގެ އިސްތިއުފާގެ ސިޓީ ފޮނުއްވާފައި ވަނީ، ގަނާކުރުމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ފަށާފައިވާ ތަހުޤީޤުގެ ރިޕޯޓު ހާމަކުރަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. ރާބް އާ ދެކޮޅަށް ތަހުގީގު ފަށާފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ގިނަ ޢަދަދެއްގެ ބޭފުޅުންތަކެއް ރާބް އާ ދެކޮޅަށް ގަނާކުރުމުގެ ތުހުމަތު ކުރައްވާފައިވެއެވެ.

ރާބް ވަނީ މީގެތެރެއިން ގިނަ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި، އެއްވެސް މީހަކާ ދިމާލަށް ހުތުރު ބަހުން ވާހަކަ ދައްކާ، އަޑުހަރުކޮށް އިންޒާރުދީ، ޒުވާބުކޮށް، ބިރު ދައްކައި، އަތް އިސްކޮށްފައި ނުވާނެ ކަމުގައި ވެސް ރާބް ވިދާޅުވެއެވެ. ނަމަވެސް، އެ ފަދަ ކަމެއް ކުރެވިފައިވާ ނަމަ، އެ ކަމަކަށް މައާފަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ރާބް ވިދާޅުވިއެވެ.

ރާބް އަކީ ސުނަކްގެ ސަރުކާރުގައި މިހާތަނަށް އިސްތިއުފާ ދެއްވި އެންމެ އިސް ބޭފުޅާއެވެ. ފާއިތުވި ހައެއްކަ މަހުގެ ތެރޭގައި ސުނަކުގެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ތިން ބޭފުޅަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. މި ކަމާ ގުޅިގެން، ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީ ކުރިއަރުވަން ސުނަކް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، ރާބްގެ އިސްތިއުފާއަކީ ސުނަކްގެ ސަރުކާރަށް ލިބުނު ބޮޑު ވެއްޓުމެއްގެ ގޮތުގައި ވެސް އެ ފަރާތްތަކުން ސިފަކުރެއެވެ.

ސުނަކްގެ ނައިބުގެ ހައިސިއްޔަތުން ރާބް އަދާކުރައްވާފައި ވަނީ ރަމްޒީ ދައުރެކެވެ. ވެރިކަމުގެ ކަންކަމާ އޭނާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ، ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތަކުން ސުނަކް ދުރުވެ ވަޑައިގަންނަވަން ޖެހޭ ހާލަތްތަކުގައި އެކަންޏެވެ. ނަމަވެސް، ރާބް އަކީ ސުނަކްގެ ވަރަށް ގާތް ބޭފުޅެކެވެ. އަދި، ބޮޑުވަޒީރު ކަމުގެ މަގާމަށް ސުނަކް ކުރެއްވި ކެމްޕޭނުގައި ރާބް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
22 ފެބުރުއަރީ 2017

އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި

22 ފެބުރުއަރީ 2017
އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް