Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ އަންހެން ޗެމްޕިއަންސް ލީގު

ޗެލްސީގެ އަންހެން ޓީމާ ދެކޮޅަށް ކުޅޭ މެޗު ވާދަވެރިވާނެ: ބާސެލޯނާ

މެޗުގެ ކުރިން އޮތް އުފާވެރި ޚަބަރަކީ ހުރިހާ ކުޅުންތެރިން ފިޓުކޮށް ތިބުން: ކޯޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އެޕްރީލު 2023 | ހުކުރު 19:20
ބާސެލޯނާ އިން ކުޅުނު މެޗެއްގައި ގިރާލްޑޭޒް ޓީމަށް އިރުޝާދު ދެނީ

ބާސެލޯނާ އިން ކުޅުނު މެޗެއްގައި ގިރާލްޑޭޒް ޓީމަށް އިރުޝާދު ދެނީ

ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ވާދަވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބާސެލޯނާގެ ކޯޗު ޖޮނަތަން ގިރާލްޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެލްސީގެ ދަނޑުގައި ހޮނިހިރު ދުވަހު އެ ޓީމާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޗެލްސީއާ ދެކޮޅަށް ނިކުންނަ މެޗަށް ކެތްމަދުވެފައިވާ ކަމަށާއި، ދެ ވަނަ ލެގު ބާސެލޯނާގެ ދަނޑުގައި ކުޅެ ޖެހުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އިން މާ ކުރިން ވެސް ސީޒަންގެ މިހާލަތަށް ޕްލޭންތައް ހަދައި، ތައްުޔާރުވެގެން ތިބި ކަމަށެވެ. މީގެ އިތުރުން މި ހިސާބަށް ޓީމު އައީ ކުޅުންތެރިންނަށް ބޭނުންވާ މިންވަރަށް ވަގުތު ދެމުން ކަމަށާއި، އަނެއްކޮޅުން އަރާމު ކުރަން ޖެހޭ ކުޅުންތެރިންނަށް އެ ފުރުސަތު ވެސް ދެމުން އަންނަ ކަމަށެވެ. ސަބަބަކީ މި ހިސާބަށް އަންނައިރު، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މުޅި ޓީމު ވެސް ފިޓުކޮށް ބޭއްވުން ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، މެޗުގެ ކުރިން އޮތް އުފާވެރި ޚަބަރަކީ އެންމެ ފަހުން ކުރިއަށް ގެންދިޔަ ދެ ފަރިތަކުރުމުގައި ވެސް ހުރިހާ ކުޅުންތެރިން ފިޓުކޮށް ތިބުން ކަމަށެވެ. އޭނާ ބުނީ ކުރިން އަނިޔާގައި ތިބި ކުޅުންތެރިން ވެސް މިހާރު ރަނގަޅުވެފައިވާ ކަމަށާއި، އެހެންކަމުން އެއްވެސް ކުޅުންތެރިޔަކާ މެދު ސުވާލު ނެތް ކަމަށެވެ. ގިރާލްޑޭޒް ފާހަގަ ކުރި ގޮތުގައި އެއީ ވެސް ކުޅުންތެރިންނާއި، މުޅި ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ. ޕްރެޝަރު މެޗަކަށް ނިކުންނައިރު މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ފަރިތަކުރެވިފައި އޮތުމަކީ ބާސެލޯނާ އަށް ބޮޑު ހަމަޖެހުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މި ދެ ޓީމު ވަނީ މީގެ ކުރިން 2021 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެފަހަރު ބާސެލޯނާ އިން ވަނީ ފަސޭހަކަމާއެކު ޗެލްސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗާ މިއަހަރުގެ މެޗާ ދޭތެރޭ ދެކޭ ގޮތުން ސުވާލު ކުރުމުން ގިރާލްޑޭޒް ބުނީ، އެއީ މުޅިން ތަފާތު ދެ މެޗެއް ކަމަށެވެ. އޭނާ ބުނީ އޭރުގެ ޗެލްސީ އާއި މިހާރުގެ ޗެލްސީއާ ވެސް ތަފާތުވާނެ ކަމަށެވެ. އޭނާ ބުނީ ކަރުދާހަށް ބަަލއިފިނަމަ އެއްގޮތް ކަމެއް ފެނުނު ނަމަވެސް، ތަފްސީލުތަކުން ތަފާތު ފެންނާނެ ކަމަށެވެ. އޭނާ ބުނީ ޗެލްސީގައި ވެސް ތިބީ ތަފާތު މޮޅު ކުޅުންތެރިން ކަމަށާއި، އެމީހުން ވެސް ދައްކަނީ މޮޅު ކުޅުމެއް ކަމަށެވެ. ނަމަވެސް ގިރާލްޑޭޒް ބުނީ އޭނާ އަށް އޮތް ހިތްހަމަ ޖެހުމަކީ ބާސެލޯނާގެ ކުޅުންތެރިންނަށް އިތުބާރު އޮތުން ކަމަށާއި، މެޗުން ނަތީޖާ ނެރެވޭނެ ކަމަށެވެ.

ބާސެލޯނާ އާއި ޗެލްސީ ބައްދަލު ކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 16:30 ގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު