Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓެއް ހިނގުން

ފޭސް 2ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2023 | ބުރާސްފަތި 10:19
ފޭސް 2ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން

ފޭސް 2ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން

ފޭސް 2ގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ފޭސް 2 ނިރޮޅުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެ މެންދުރު 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.

މި ޙާދިސާގެ ބައެއް ފުޓޭޖު ރާއްޖެއެމްވީއަށް ލިބިފައިވާއިރު، އެކްސިޑެންޓުވި ޒުވާނާ ވެއްޓިފައި އޮންނަ މަންޒަރު ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނެއެވެ. އެތަނުގައި ގިނަ އަދަދެއްގެ ލޭވެސް ހުއްޓެވެ.

އޭރު އޭނާގެ ކޮނޑުގައި ދަބަހެއްވެސް އަޅުވާފައި އޮތެވެ.

މަންޒަރު ދުއް ބައެއް ފަރާތްތަކުން ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި އޭނާއަށް އޮތީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާގެ ނޭފަތާއި ބޮލުންވެސް ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރިކަމަށާއި، ޙާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވަނީސް އޭނާ ފަރުވާއަށް ގެންދެވުނުކަމަށް މަންޒަރު ދުއް ފަރާތްތަކުން ބުނެއެވެ.

މަންޒަރު ދުއް މީހުން ކިޔާދިން ގޮތުގައި އެކްސިޑެންޓު ހިނގީ ކާރު ފޭސް 2ގެ ބްރިޖު ކައިރިން ޔޫ-ޓާރން އެއް ނަގަން އުޅެނިކޮށް ސައިކަލުގައި ޖެހިގެންނެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު