Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދައްޔުގެ މަރުގެ މައްސަލަ

އުދައްޔުގެ މަރު: ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2023 | ބުރާސްފަތި 07:02
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހު އޮތީ މި މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން އެންމެ ފުރަތަމަ ވަނީ މި މައްސަލައިގެ ދައުވާލިބޭ ޝަރަފް ރަޝީދު އަދި މުހައްމަދު މާޒިންގެ ފަރާތުން ހުށައަޅާފައިވާ ދެ ހެއްކެއްގެ ހެކިބަސް ނަގާފައެވެ.

Advertisement - newsAdvertisement

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާ ބުނެފައިވާ ގޮތުގައި މާރާމާރީ ހިނގި ތަނުގައި އޭނާވެސް ހުއްޓެވެ. ނަމަވެސް އެ ތަނުގައި ޝަރަފް ރަޝީދު ފެންނަން ނެތްކަމަށް އެ ހެކިވެރިޔާ ބުންޏެވެ.  

ޒުވާބާއި މާރާމާރީ ހިނގި ތަނުން މާޒިންއާއި އޭނާގެ އާއިލާ ބައެއް މެމްބަރުން ފެނުނުކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެހެންނަމަވެސް، އުދައްޔުއަށް ޙަމަލާ ދިނުމާއި މަރާމާރީ ހިންގުމުގައި މާޒިން ޙަރަކާތްތެރިވެފައިވާތަން ނުފެންނަކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ.

އެއަށްފަހު ދައުލަތުން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން ޙާދިސާ ހިނގިއިރު އެތަނާ ވަރަށް ކައިރީގައި ހުރިކަމަށް ހެކިވެރިޔާ ބުނެފައިވާއިރު، އުދައްޔުއަށް އަނިޔާ ލިބުނީ ކާކުގެ ފުށުންކަން އެނގޭތޯ ދައުލަތުން ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި ހެކިވެރިޔާ ބުނީ، ޙާދިސާ ހިނގި ތަނާ ކައިރީގައި ހުރިނަމަވެސް، ޙަމަލާ ދިނީ ކާކުކަން އޭނާއަށް ނޭނގޭ ކަމަށެވެ.

ޙާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް ބަޔާނެއް ދެވުނުކަން ނުވަތަ ނޫންކަން ހަނދާނުގައި ނެތްކަމަށްވެސް ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި އޭނާ ބުންޏެވެ.

އެއަށްފަހު ދައުލަތުން ވަނީ އަލަށް އަމަލުކުރި ހެއްކާ ބެހޭ ޤާނޫނުގެ ބޭނުން ހިފައި، ތައާރުޒުވާ ބަޔާން ހުށައެޅުމަށް ފުރުސަތަކަށް އެދިފައެވެ. އެގޮތުން ފުލުހުންނަށް އޭނާ ކުރިން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ ޙާދިސާ ހިނގި ތަނަށް އައީ މާ ފަހުން ކަމަށެވެ.

ދައުލަތުން ވަނީ އެ ނޫނަސް އޭނާގެ ބަޔާނާއި ހެކިބަހުގައި ތައާރުޒުވާ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ.

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާވެސް ބުނެފައިވަނީ އޭނާ ޙާދިސާ ހިނގި ތަނުގައި ހުރި ކަމަށެވެ. އެތަނުގައި ޝަރަފް ރަޝީދުއާއި މާޒިންވެސް ހުރި ކަަމަށާއި، އެމީހުން އެއްވެސް މާރާމާރީއެއްގައި ބައިވެރިވިތަން ފެނިފައިނުވާކަަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އެއަށްފަހު މުހައްމަދު މާޒިންގެ ފަރާތުން ހުށައަޅާފައިވާ ހެކިވެރިއަކު ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް އެ ހެކިވެރިޔާ ވަނީ ގިނަ ކަންކަން ހަނދާނުގައި ނެތްކަމަށް ބުނެފައެވެ.

އެއަށްފަހު އަހުމަދު ޝަމީމްގެ ފަރާތުން ހުށައަޅާފައިވާ ހެކިވެރިންގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ ޝަމީމްގެ ބައްޕައެވެ. އޭނާ ބުނީ، ޙާދިސާ ހިނގިރޭ އަހުމަދު ޝަމީމް ހުރީ އޭނާގެ ގޭގައި ކަމަށެވެ. ދެން ހާޒިރުކުރި ހެކިވެރިޔާވެސް ބުނެފައިވަނީ އެހެންނެވެ.

ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު