Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރުން

މުސްއަބަށް ބަދަލުދޭންޖެހޭ މައްސަލާގައި ސީއެސްސީގެ ފަރާތުން 3 އިސްތިއުނާފީ ނުކުތާއެއް

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރެއްވީ 25 ޖުލައި 2017ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2023 | ބުދަ 10:51
މުސްއަބު އަބްދުﷲ ވަކިކުރުމުން ބަދަލުދޭން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުން

މުސްއަބު އަބްދުﷲ ވަކިކުރުމުން ބަދަލުދޭން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުން

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކި ކުރުމުން ބަދަލުދޭން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މުސްއަބު އަބްދުﷲ ގެ މައްޗަށް ރައްދުވާ ގޮތަށް ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.

ބުދަ ދުވަހު ކުރިއަށް ދިޔައީ އިސްތިއުނާފު ހުށައެޅުމެވެ. އެގޮތުން މައިގަނޑު 3 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅާފައެވެ.

ކޮމިޝަނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވައިދެއްވީ ލީގަލް އެފެއާޒް އެންޑް ސިވިލް ސަރވިސް އެމްޕްލޯއީ ރިލޭޝަންސް ޑިވިޜަންގެ ކައުންސެލް ޖެނެރަލް އުސްތާޛު އިބްރާހިމް ރަޝީދެވެ.

ސީއެސްސީން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

އަދި މުސްއަބު ވަޒީފާއިން ވަކި ކުރުމުގައި މަައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މުސްއަބު އަބްދުﷲ ވަކިކުރި މައްސަލައިގައި އޭނާ އަށް 1.1 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސީއެސްސީގެ ވަކީލު އެދިލެއްވިއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އިސްތިއުނާފަށް ޖަވާބު ދިނުމެވެ.

މައްސަލައިގެ ޚުލާސާއެއް:

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރެއްވީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ 29 މެއި 2019ގައެވެ. އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޝަން އިތުރުކުރިއެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސަރވިސްގެ ގާނޫނާއި، ސިވިލް ސަރވިސްގެ ގަވައިދާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބުނެ އޭނާ މަގާމުން ވަކިކުރީއެވެ.

އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑުކުރި މުއްދަތުން ފެށިގެން ލިބެންޖެހޭކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިވަޑައިގަތް ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމަށް ކުރަން ޖެހުނު ޚަރަދު ހޯދުމަށް އޭނާ ސިވިލް ކޯޓުގައި ސިވިލް ސަރވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކުރިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ސިވިލް ސަރވިސް ކޮމިޝަނުން އޭނާ މަގާމުން ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތުނުވާކަމަށެވެ. އޭނާ މަގާމުން ވަކިކުރީ އެކަށީގެންވާ ސަބަބުތައް ހުރެ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް ހުކުމުގައިވެއެވެ.

އެ ދައުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނިންމުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ, މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިސްތިއުނާފުކުރި ދުވަހާ ހަމައަށް އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ގާނޫނާ ޚިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރިނަމަވެސް އޭނާ ކުރިން ހުންނެވި ވަޒީފާއަށް އަނބުރާ އިއާދަކޮށްދެވެން ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުންނެވި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައިވުމެވެ.

އެހެންކަމުން ހައި ކޯޓުން ހުކުމްކުރީ، ބަދަލުގެގޮތުގައި އޭނާއަށް 1,187,766.60ރ. (އެއްމިލިއަން އެއްލައްކަ އައްޑިހަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ، ފަސްދޮޅަސް ލާރި) ދިނުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު