Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ރެއާާލާ ދެކޮޅަށް ޗެލްސީ އަށް މަދުވީ ލަނޑެއް: ލަމްޕާޑް

އޭނާ ބުނީ މެޗުގައި ޗެލްސީން ކުޅުނީ ވަރަށް ބުންވަރުގައި ކަމަށާއި، ޓީމު އޮތީ ރޭވުންތެރިކޮށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އެޕްރީލު 2023 | ބުދަ 20:29
ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު ލަމްޕާޑު

ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު ލަމްޕާޑު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅަށް ކުޅުނު ކަމަށާއި މަދުވީ ހަމަ އެކަނި ލަނޑެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފި އެވެ.

ލަމްޕާޑު މިހެން ބުނީ، ދެ ވަނަ ލެގުގައި ރެއާލް އަތުން ބަލިވެ މުބާރާތުން ޗެލްސީ ކެޓި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ލަމްޕާޑު ބުނީ މެޗުގެ ފުރަތަމަ 60 މިނެޓަށް ބަލާއިރު، ފުރަތަމަ 11 ގައި ތިބި ކުޅުންތެރިން އޭނާ އިޚްތިޔާރު ކުރި ސަބަބު މިހާރު ސާފުވާނެ ކަމަށެވެ. އޭނާ ބުނީ މެޗުގައި ޗެލްސީން ކުޅުނީ ވަރަށް ބުންވަރުގައި ކަމަށާއި، ޓީމު އޮތީ ވަރަށް ބޮޑަށް ރޭވުންތެރިކޮށް ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޗެލްސީން ރެއާލަށް ވަރަށް ބޮޑަށް އުނދަގޫ ކުރި ކަމަށާއި، މެޗުން މަދުވީ ހަމައެކަނި ލަނޑު ޖެހުން ކަމަށެވެ. ލަމްޕާޑު ބުނީ އެ 60 މިނެޓުގެ ތެރޭގައި ލަނޑެއް ނުވަތަ ދެ ލަނޑު ޖެހުން ނަމަ، މެޗުގެ މުޅި މޫނުމަތި ބަދަލުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ލަމްޕާޑު ބުނީ، ކުލަބެއްގެ ގޮތުން ޗެލްސީން ރަނގަޅު ކުރަން ޖެހޭ ކަންކަން މިހާރު ސާފުކޮށް ފެންނަން ހުރި ކަމަށެވެ. އޭނާ ބުނީ ރެއާލް މެޗުގައި ވެސް އެކަން ފެނިފައިވާ ކަމަށާއި، ނަމަވެސް ޗެލްސީ ބަލިވީ ރަނގަޅު މެޗެއް ކުޅުމަށްފަހު ކަމަށެވެ. އެހެންކަމުން މިއީ ކުއްލިއަކަށް ދުރަށް ފުންމައިގެން ދާންވީ ވަގުތު ކަމަށް ޤަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ހަތް މެޗު އެބަ އޮތް ކަމަށާއި، އެ މެޗުތަކުން އެ ފެންވަރު ދެއްކުމަކީ މިވަގުތު އަޅަންވީ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މި ސީޒަނުގައި ޗެލްސީއާ ބެހޭ ގޮތުން ވާހަކަ ދައްކާ ވަރަށް ބައިވަރު މީހުން ތިބޭނެ ކަމަށެވެ. ސަބަބަކީ ޗެލްސީ އަށް ވުރެ މި ސީޒަން އެހެން ޓީމުތައް ކާމިޔާބުވުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ ޗެލްސީ މިހާރު އޮތް ޙާލަތުން ޓީމު އަރައިގަންނާނެ ކަމަށާއި، ފަހަރުގަައި އެކަމަށް ވަގުތު ކޮޅެއް ނަގައިފާނެ ކަމަށެވެ. އޭނާ ބުނީ ރެއާލާ ދެކޮޅަށް ޗެލްސީން ދެއްކި ކުޅުމާމެދު ސަޕޯޓަރުން ވެސް ހިތްހަމަ ޖެހޭނެ ކަމަށާއި، މި ސީޒަނުގައި ސަޕޯޓަރުން ދެކެން ބޭނުންނުވާ ވަގުތުތަކާ އެމީހުން ކުރިމަތިލާފައި ތިބެދާނެ ކަމަށެވެ. އޭނާ ބުނީ އެހެންކަމުން މި ސީޒަންގެ ނިމެންދެން ޗެލްސީގެ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށާއި، އެއަށްފަހު އަންނަ ސީޒަނަށް ނިކުންނާނީ ވަރުގަދަކޮށް ކަމަށެވެ.

ދެ ވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވި ފަހުން މިހާތަނަށް އެ ޓީމު ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ. އަނެއްކޮޅުން ޗެލްސީ އޮތީ ޕްރިމިއާ ލީގުގެ 11 ވަނައިގަ އެވެ. އެހެންކަމުން ވަގުތީ ކޯޗުކަމުގައި ހުރި ލަމްޕާޑަށް ވެސް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު