Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ސަސްގެ އަމާޒަކީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކޮށްގެން ކުރިއަށް ދިޔުން!

ސަސް މިހާރު އޮތް ހާލަތަށް ބަލާއިރު ވެސް އީގަލްސް މެޗަށް ޖެހިލުންވާންޖެހޭ ސަބަބެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އެޕްރީލު 2023 | ބުދަ 03:22
ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)ގެ އަމާޒަކީ މެޗަށްފަހު މެޗެއް ކުޅުން ރަނގަޅުކޮށް، ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ކުރިއަށް ދިޔުން ކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

އިންމަ މިހެން ބުނީ މުބާރާތުގައި ސަސްގެ ދެ ވަނަ މެޗުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސަސް އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެލެންސިއާ ބަލިކޮށްފަ އެވެ. އެހެންކަމުން ދެ ވަނަ މެޗުގައި އީގަލްސްއާ އެއްވަރުކޮށްލައިގެން ވެސް ސަސް އަށް ފައިދާ ހޯދޭނެ އެވެ. ނަމަވެސް އިންމަ ބުނީ ސަސްގެ އުންމީދަކީ އަދި ކުޅުންތެރިންގެ ރޫހަކީ އީގަލްސް މެޗުގައި ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޓީމުގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅުކޮށްގެން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. ސެމީގެ ފުރުސަތު މިހާރު ވެސް ބޮޑުވެފައިވާ ސަސް އަށް އެއްވެސް ޕްރެޝަރެއް ނޯންނާނެކަން ފާހަގަކުރަމުން އިންމަ ބުނީ، މެޗަށް ނުކުންނާނީ ރަނގަޅު ފުޓުބޯޅައެއް ކުޅުމަށް ކަމަށެވެ.

އެ ޕްރެސްގައި އިންމަ ވަނީ ސަސް އަށް ކުޅެމުން އަންނަ އަލީ އަޝްފާޤު (ދަގަނޑޭ)ގެ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ، ދަގަނޑޭ އަކީ އޭނާ ކޮންމެ ޓީމެއްގައި ހުރި ނަމަވެސް މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިން ވަރަށް އިންސްޕަޔާވާ ކުޅުންތެރިއެއް ކަމަށެވެ. އޭނާ ބުނީ ސަސްގެ ވެސް ޒުވާން ކުޅުންތެރިން ދަގަނޑޭ މިސާލަކަށް ނަގާ ކަމަށާއި، ދަގަނޑޭއާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ އެ ކުޅުންތެރިން ވެސް އެދިއެދި ތިބި ކަމެއް ކަމަށެވެ. އެގޮތުން ޓީމުގެ ކުޅުންތެރިން އިތުރު ހިތްވަރެއް ނެރުމުގައި ދަގަނޑޭގެ ލީޑާޝިޕް އިސް ދައުރެއް އަދާ ކުރާ ކަމަށެވެ. މިހާރު ދަގަނޑޭ އަށް އޭނާގެ ރަން ޒަމާނުގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް، އޭނާގެ ފަރާތުން ޓީމަށް އެތައް ގޮތަކުން ފައިދާވާނެ ކަމަށް އިންމަ ބުންޏެވެ.

މީގެ އިތުރުން އިންމަ ބުނީ ސަސްގައި ތިބި ދިވެހި ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާ އިތުބާރު ކުރާ ކަމަށެވެ. އޭނާ ބުނީ ޓީމަށް ބިދޭސީ ކުޅުންތެރިން ގެންނަކަމުގައި ވަނީނަމަ ގެންނަން ޖެހޭނީ، އެ ޓީމުގައި ތިބި ދިވެހި ކުޅުންތެރިންނަށް ވުރެ ފެންވަރު ރަނގަޅު ކުޅުންތެރިން ކަމަށެވެ. އަދި އެ ފެންވަރުގެ ކުޅުންތެރިން ގެނައުމަށް މިވަގުތު ސަސްގައި މާލީ ފޯރުންތެރިކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ޓްރާންސްފާގެ މުއްދަތުގައި ސަސް އިން އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. އިންމަ ފާހަގަ ކުރި ގޮތުގައި އީގަލްސް ވަނީ ސީޒަން ފެށުމުގެ ކުރިން ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. ނަމަވެސް ސަސް މިހާރު އޮތް ހާލަތަށް ބަލާއިރު ވެސް އީގަލްސް މެޗަށް ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އިންމަ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިންމަ ބުނީ ޗެރިޓީ ޝީލްޑު މެޗަށްފަހު މިހާތަނަށް އީގަލްސް އިން މެޗެއް ނުކުޅެ އޮތް ނަމަވެސް، ސަސް އިން ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމަކާ ދެކޮޅަށް ކަމަށެވެ. އޭނާ ބުނީ އެ މެޗަށް ނުކުންނައިރު ސަސް އިން ހުޝިޔާރު ވާން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށާއި، ޚާއްސަކޮށް ސަސްގެ ފިޒިކަލް ލެވެލް ބައްޓަންކުރާނީ ކިހިނެއްކަމާމެދު ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެއީ އެ ޓީމުގެ ކަންބޮޑުވުމެއް ކަމަށާއި، އެހެން ނަމަވެސް އެ ކަންބޮޑުވުމަކީ މި ހާލަތުގެ ގޮތުން ގެންގުޅެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަސް އިން އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ދިހައެއް ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު