Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރައްޔިތުންގެ މަޖިލިސް

ކުޅިވަރު ޤާނޫނަށް ހުށަހެޅި އިސްލާޙުތަކާއެކު މެމްބަރުންގެ ކަންބޮޑުވުން

ކުޅިވަރު ޤާނޫނަށް ވަނީ ހަތް އިސްލާހެއް ހުށަހަޅާފައި، އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ)

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އެޕްރީލު 2023 | ހޯމަ 11:07
ކުޅިވަރު ޤާނޫނާ ދެކޮޅަށް ބަހުސް ކުރި ބައެއް މެމްބަރުން

ކުޅިވަރު ޤާނޫނާ ދެކޮޅަށް ބަހުސް ކުރި ބައެއް މެމްބަރުން

ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) އެވެ. ނިޔާ ވަނީ ކުޅިވަރުގެ ޤާނޫނަށް ހަތް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. ނިޔާޒް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތް، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށެވެ. މީގެ އިތުރުން 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެ އެވެ. އެގޮތުން 3 ވަނަ މާއްދާގެ ފެށޭ އިބާރާތުން އިސްލާހުކޮށްފައި ވަނީ ތަފާތުނުކުރުމާއި ބެހޭ ތަފްސީލްތައް ހިމަނާފައިވާ ބައެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހުކުރަނީ ކުޅިވަރު ބެހިގެންވާ ބައިތައް ކަނޑައަޅާފައިވާ ގޮތް ބަޔާންކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ (1) ޓީމް ކުޅިވަރު، އަދި (2) ފަރުދީ ގޮތުން ވާދަކުރާ ކުޅިވަރެވެ.މި ނޫނަސް ބައެއް މުހިންމު އިސްލާހުތައް މި ބިލުގައި ހިމަނާފައިވެ އެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، އިސްލާހުތަކުގެ ބޭނުމަކީ ކަންކަން އޮލުވާލުން ކަމަށެވެ. ޚާއްސަކޮށް އިސްލާހުތަކުގައި ވަނީ ވަރަށް ކުދި ކުދި ބަދަލުކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ 2015 ވަނަ އަހަރު ވުޖޫދު ކުރި ޤާނޫނު، މިއަދާ ހަމައަށް އަށް އަހަރު ވެގެންދިޔަ އިރު ވެސް އޮތީ "ވަށާ އޮތް ތޮށި ގަނޑެއް" ގޮތަށެވެ. މީގެ ކުރިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވީ، އެ ޤާނޫނުގެ ދަށުން ހަދަން ގިނަ ޤަވާއިދުތަކެއް ހެދުމަށް ކުޅިވަރު ވުޒާރާ ނުވަތަ އެ ވުޒާރާގެ ދަށުން އެކުލަވާލެވޭ ކޮމެޓީތަކާ ހަވާލުކުރެވިފައި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެކަން ހާސިލް ކުރެވިފައި ނެތުމަކީ، ހުސް ތޮށި ގަނޑެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެކަމުން ދޭހަ ވަނީ ފުރިހަމަ ޤާނޫނެެއްގެ ސިފައިގައި ނެތް ކަމަށާއި، އަނެއްކާ އެހެން އޮއްވާ ކުރާކަމަކީ އެ ޤާނޫނުގެ ދަށުން ހަދަން ހުރި ޤަވާއިދުތައް ނުހަދައި ދޫކޮށްލުމުގެ ވިސްނުމުގައި ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެ އިސްލާހުތަކަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކަށް މާ ބޮޑު ފައިދާއެއްް ލިބިގެންދާނެ ބަދަލެއް ކަމަށް ނުދެކޭ ކަމަށެވެ. ފަންސާހަށް ވުރެ ގިނަ އިސްލާހު ހުށަހަޅާފައިވާ އިރު، އެކަމުގެ މަޤުސަދަކީ 2015 ވަނަ އަހަރު ވުޖޫދުވި ޤާނޫނާއެކު ކުޅިވަރު ވުޒާރާ އަށް ނުވަތަ އެ ވުޒާރާގެ ދަށުން އޮންނަ ޤައުމީ މަޖިލީހަށް ކުރަން ލާޒިިމްކޮށްފައިވާ ކަންކަން ހާސިލް ނުކުރެވި އޮތީތީ ނުވަތަ ނުކުރެވި އޮތުމުން އަނެއްކާ ވެސް އިތުރު އަހަރުތަކަކަށް ދިގު ދަންމާލުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވީ، އެ އިސްލާހުތަކުގެ ތެރެއިން ދިވެހި ފުޓުބޯޅަ އަށް ދިރުމެއް ލިބޭކަމުގައި ވަނީނަމަ، އެ އިސްލާހުތަކަށް ތާއީދު ކުރައްވާނެ ކަމަށެވެ. ނަމަވެސް މޮސްޓާ ވަނީ ދިވެހި ފުޓުބޯޅަ މިއަދު ވެއްޓިފައި އޮތް ހާލަތުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު 2008 ވަނަ އަހަރު ބާއްވައި ރައީސަކު ހޮވި ކަމަށެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް އިންތިޚާބެއް ބާއްވް އުޅެނިކޮށް، އެކަމުގެ ތެރޭގައި ބޮޑު ހައިޖާނުތަކެއް ހިނގާފައިވާ ކަމަށެވެ. މޮސްޓާ ސިފަ ކުރެއްވި ގޮތުގައި އެ ދުވަހުން ފެށިގެން ދިވެހި ފުޓުބޯޅަ ދަނީ ދުވަހަކުން ދުވަހަކަށް އަޑި އަޅަމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ދުވަސްވަރު މި ސަރަހައްދުގައި އެންމެ ކުރި އަރާފައިވާ އެއް ފުޓުބޯޅަ ޓީމު އޮތް ޤައުމަކަށް އޭރު ރާއްޖެ ވެގެންދިޔަ ކަމަށެވެ. ނަމަވެސް މިއަދު ފުޓުބޯޅައިގެ ޙާލަތުން ބަލާ ނަމަ، ރާއްޖެ އޮތީ ހަނގުރާމައިގައި ފުނޑުފުނޑުވެފައިވާ އަފްޣާނިސްތާނަށް ވުރެ ފަހަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަތް މަސް ދުވަސް ވަންދެން ރާއްޖޭގައި ފުރަތަމަ ޑިވިޝަންގެ މެޗެއް ނުކުޅެ، ޤައުމީ ފުޓުބޯޅަ ދަނޑު ހުސްކޮށް ބޭއްވުމަށްފަހު ފުޓުބޯޅައިގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނޑު ދާއިރާގެ މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު ޙަސަން ލަތީފް ވިދާޅުވީ، އާބިޓްރޭޝަން އެކްޓް 2013 ގެ ދަށުން އެކުލަވާލާފައިވާ އާބިޓްރޭޝަން ސެންޓަރުން، ކުޅިވަރާ ބެހޭ އާބިޓްރޭޝަންގެ ކަންކަން ކުރާނެ ކަމަށް ލިޔެފައި އޮތޯ "އޮޅުވާލުމުގެ" މަޤުސަދުގައި ކަމަށެވެ. މެމްބަރު ޙަސަން ވިދާޅުވީ އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިރާއްޖޭގެ އާބިޓްރޭޝަން ސެންޓަރު" އަކީ ވިޔަފާރީއާ ބެހޭ މުއާމަލާތް ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ ސެންޓަރެއް ކަމަށެވެ. އެހެންކަމުން އެ ޤާނޫނުގެ ދަށުން އެހެން ކަންކަން ކުރުމުގެ ބާރެއް އެ ސެންޓަރަށް ލިބިގެން ނުވާ ކަމަށް ވެސް ޙަސަން ވިދާޅުވި އެވެ. އިތުރަށް ޙަސަން ވިދާޅުވީ، ކުޅިވަރާ ބެހޭ ކަންކަމުގެ އާބިޓްރޭޝަން އެ ސެންޓަރުން ހިންގާނެ ކަމަށް ބިލުގައި ލިޔެފައި ފޮނުވާއިރު، ބަންޑާރަ ނައިބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތްތަކާ ބެހޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ނުފޮނުވައި އެކަން ކުރުމުން އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެކަމަކީ ރާއްޖޭގެ ކުލަބުތަކަށް ވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޙަސަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މެމްބަރު ޙަސަން ވަނީ ސަރުކާރުން ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ޤާއިމު ކުރި ނަމަވެސް، އެތަންތަން ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް ނެތް ކަން ފާހަގަކޮށްފަ އެވެ. އޭނާ ވިދާޅުވީ، އެތަންތަން ބެލެހެއްޓުން ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރި ނަމަވެސް، އެ ކައުންސިލްތަކުގައި އެކަން ކުރެވޭނެ ޤާބިލު ކަމެއް ނެތް ކަމަށެވެ. ޙަސަން ވިދާޅުވީ 2015 ވަނަ އަހަރު ވުޖޫދުވި ކުޅިވަރުގެ ޤާނޫނުގެ ދަށުން އެކަން ކުރެވޭނެ ގޮތް އޮތް ކަމަށެވެ. އެއީ ވިޔަފާރީގެ އުސޫލުން ސްޕޯޓްސް ކޯޕަރޭޝަން މެދުވެރިކޮށް އެކަންކަން ކުރުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކަން ކުރަމުން އަންނަނީ އެ ގޮތަށް ކަމަށާއި، އެ ޤައުމުތަކުގައި ވެސް އެ ވަސީލަތްތައް ބަލަހައްޓަމުން އަންނަނީ ކުޅިވަރު ވުޒާރާ އިން ނޫން ކަމަށެވެ. މީގެ ކުރިން ދުނިޔޭގެ އެހެން ޤައުމެއްގައި ސްޕޯޓްސްް ކޯޕަރޭޝަން ހަދައިގެން އެކަން ކުރަމުން އަންނަކަން އެނގިފައި ނެތް ކަމަށް މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން މެމްބަރު ޙަސަން ވިދާޅުވީ، އެހެން ޤައުމުތަކުގައި "ސްޕޯޓްސް ކޯޕަރޭޝަން" އެ ނަމުގައި ތަނެއް ނުހިންގި ނަމަވެސް، ވިޔަފާރީ އުސޫލުން ތަންތަން އިމާރާތްކޮށް، އެ ތަންތަން ކުއްޔަށް ދީ، އެ ތަންތަނުގެ ބޭނުން ހިފައި، އޭގެ ލިބޭ ނަފާއިން ކުޅިވަރުގެ އެހެން ވަސީލަތްތައް ބަލަހައްޓަމުން ދާ މޮޑެލަކީ މުޅި ދުނިޔޭގައި ޤަބޫލު ކުރަމުން އަންނަ ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އިން ކުޅިވަރުގެ ވަސީލަތްތައް އަޅާ، އެތަންތަން ނުބެލެހެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސެއިން ވިދާޅުވީ، މިހާރު މާލެ އިން ފުޓްސަލް ކުޅުމަށް ދަނޑެއް ހޯދަން ޖެހެނީ ވަކި އަދަދަކަށް ފައިސާ ދައްކައިގެން، ވަކި ވަގުތަކަށް ކަމަށެވެ. އަލީ ވިދާޅުވީ އެތަންތަނުގެ ކަރަންޓު ބިލާއި، އެހެނިހެން ބިލުތައް ދައްކަން ޖެހެނީ ޔޫތު މިނިސްޓްރީން ކަމަށާއި، ނަމަވެސް ކުލީގެ ގޮތުގައި ދައްކާ ފައިސާ ލިބެނީ އެހެން ބަޔަކަށް ކަމަށެވެ. އެހެންކަމުން އެކަން އިސްލާހު ކުރުމަށް ނުވަތަ ރަނގަޅު ކުރަން އުޅުން ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެމްބަރު އަލީ ވެސް ވަނީ ވަސީލަތްތައް ޤާއިމު ކުރި ނަމަވެސް، ބެލެހެއްޓޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ އެކަން ބަލެހެއްޓޭނެ ގޮތެއް ނެތް ނަމަ އެކަން ބަދަލު ވެގެން ވާނީ "ހުދު އެތަކަށް" ކަމަށެވެ.

އެހެން ނަމަވެސް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސެއިން ވަނީ ބިލާ އެއްކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ބެލެހެއްޓުން ކައުސިލްތަކަށް ހަވާލުކޮށްފި ނަމަ އެކަން ނުކުރެވޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް، އެއީ ހަގީތަތް ނޫން ކަމަށެވެ. ސައުދު ވިދާޅުވި އެ ތަންތަން ބަލަހައްޓައި، އަދި މިހާރަށްވުރެ މާ ފެންވަރުގައި ބެލެހެއްޓުމުގެ ޤާބިލުކަން ކައުންސިލްތަކުގައި ކިބައިގައި އެބަ ހުއްޓެވެ. ސައުދު ވިދާޅުވީ ބައެއް ބޭފުޅުންނަށް ކުޅިވަރުގެ ޤާނޫނެއް ހެދުމަކީ މައްސަލަ އަކަށްވާ ކަމަށާއި، ހަމަ އެގޮތަށް ލާމަރުކަޒީ ޤަނޫނެއް ނެތުމަކީ ވެސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ޤާނޫނެއް ހަދައިގެން ކައުންސިލްތަކަށް ކުޅިވަރުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ވާހަކަ ދެއްކުމުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އެހެންކަމުން އެ މެމްބަރުންގެ ވިސްނުމަކީ ލާމަރުކަޒީ ވިސްނުމެއް ކަމެއް ނުވަތަ މަރުކަޒީ ވިސްނުމެއް ކަމެއް ވެސް ސާފު ނުވާ ކަމަށެވެ.

ކުޅިވަރު ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު