Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެލިގޭޝަން ޒޯންގައި އޮތް ވެލެންސިއާ އަތުން ސެވިއްޔާ އަށް މޮޅެއް

އެ މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އެޕްރީލު 2023 | ހޯމަ 05:12
ސެވިއްޔާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ސެވިއްޔާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ސެވިއްޔާ މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗު ސެވިއްޔާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. އެ މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތެވެ. ނަމަވެސް މެޗުން ބަލިވެ ވެލެންސިއާ އޮންނަން ޖެހުނީ ރެލިގޭޝަން ޒޯންގަ އެވެ.

މެޗުގައި ސެވިއްޔާ އިން ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 55 ވަނަ މިނެޓުގައި ލޮއިކް ބާޑޭ އެވެ. އެއީ ސެވިއްޔާ އަށް ލިބުނު ކޯނަރެއްގައި ހުރަސްވި ބޯޅައެއް ވެލެންސިއާގެ ޑިފެންޑަރު ޖޯސް ލުއިސް ގަޔާގެ ފައިގައި ޖެހި، ބާޑޭ އަށް ލިބުނު ވަގުތު އޭނާ ބޯޅަ ގޯލަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ސެވިއްޔާގެ ދެ ވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖެހީ ސޫސޯ އެވެ. އެއީ ވެލެންސިއާގެ އޭރިޔާ ތެރެއިން ގޮންޒާލޯ މޮންޓިއޭލް ދިން ބޯޅައެއް ތިރިިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން ސޫސޯ ޖެހި ލަނޑެކެވެ.

މޮޅާއެކު ސެވިއްޔާ އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 29 މެޗުން 35 ޕޮއިންޓާއެކު އެވެ. ވެލެންސިއާ އޮތީ 27 ޕޮއިންޓާއެކު 18 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު