Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލަމްޕާޑާއެކު ވެސް ޗެލްސީ ސަލާމަތެއް ނުވި، އަމިއްލަ ދަނޑުގައި ވެސް ބަލި!

މިއީ ޗެލްސީގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ލަމްޕާޑު ހަވާލުވި ފަހުން އެ ޓީމުން ބަލިވި ތިން ވަނަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އެޕްރީލު 2023 | އާދީއްތަ 03:45
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ ޗެލްސީގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ ފުރަތަމަ ލަނޑު ޖަހައި ކުރި ވެސް ހޯދާފައި ވަނިކޮށެވެ. ޗެލްސީން އެއް ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ބްރައިޓަން އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މިއީ ޗެލްސީގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ލަމްޕާޑު ހަވާލުވި ފަހުން އެ ޓީމުން ބަލިވި ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ލީގުގައި ވަނީ ވުލްވްސް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ރެއާލް މެޑްރިޑު އަތުން ބަލިވީ ޔުއެފާ ޗެމްޕިއަންސް ލީގުގަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ކޮނާ ގަލަގާ އެވެ. އެއީ މިކައިލޯ މުދްރިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ތިން މިނެޓު ކުރިން ބްރައިޓަނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑެނީލ ވެލްބެކް އެވެ. އެއީ ޕަސްކަލް ގްރޮސްގެ އެހީތެރިކަމާއެކު އޭނާ ޖަަހައިދިން ލަނޑެކެވެ. މެޗުން ބްރައިޓަން މޮޅުކޮށްދިން ލަނޑު 69 ވަނަ މިނެޓުގައި ސޮލީ މާޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ޒުވާން ކުޅުންތެރިޔާ ޖޫލިއޯ އެންސިސޯ އެވެ.

ބައްޔާއެކު ޗެލްސީ އޮތީ މިހާތަނަށް ކުޅުނު 31 މެޗުން 39 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގަ އެވެ. އެ ޓީމު އަތުން ހޯދި މޮޅާއެކު ބްރައިޓަން އޮތީ 29 މެޗުން 49 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު