Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތާލިބާން ސަރުކާރު

ތާލިބާން ސަރުކާރަށް ޗައިނާގެ "ސާބިތު" ތާއީދު

ޗައިނާއިން ބުނަނީ، އަފްޣާނިސްތާނު އާރާސްތުކޮށް ތަރައްގީކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އަވައްޓެރިން އިއްތިފާގުކުރުވުމަށް އަފްޣާނިސްތާނުން މަސައްކަތް ކުރާނެކަމުގެ އުންމީދު އެބައޮތްކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 09:10
އަފްޣާނިސްތާނުގައި ހުރި ޗައިނާގެ މުއައްސަސާތަކާއި އެތަންތަނުގެ މުވައްޒަފުންގެ ރައްކާތެރިކަން، އަފްޣާނިސްތާނުން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދުކުރާކަމަށް ޗައިނާއިން ބުނޭ

އަފްޣާނިސްތާނުގައި ހުރި ޗައިނާގެ މުއައްސަސާތަކާއި އެތަންތަނުގެ މުވައްޒަފުންގެ ރައްކާތެރިކަން، އަފްޣާނިސްތާނުން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދުކުރާކަމަށް ޗައިނާއިން ބުނޭ

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ، އެމެރިކާއިން އިސްވެ އޮވެ އަފްޣާނިސްތާނަށް އަރައި، 20 އަހަރު ދުވަހުގެ ހަނގުރާމައެއް ކުރުމަށްފަހު އެ ގައުމުން ފައިބައިގެން ދިޔައީ ޚިޔާލެއް ފިކުރެއް ނެތިއެވެ. ގައުމުގެ ހުންގާނު އަތުލީ، އެ ބަޔަކާ ދެކޮޅަށް އެމެރިކާއިން ވަރުގަދަ ހަނގުރާމައެއް ކުރި، ހަތިޔާރު އެޅި ހަނގުރާމަވެރިން ތާލިބާނުންނެވެ. އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން އަމިއްލައަށް ހަވާލުވިތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ފާއިތުވީއެވެ. މިވީ މުއްދަތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި އެއްވެސް ފަރާތަކުން ތާލިބާން ސަރުކާރު ރަސްމީ ސިފައެއްގައި ބަލައިގެންފައެއްނެތެވެ.

ދުނިޔޭގެ އިރުމަތީ ބިތުން އިވެމުންދާ އަޑުތަކަށް ބަލާއިރު، މިއަދު މި ވަނީ އެކަން ބަދަލުވެދާނެކަމުގެ އިޝާރާތްތަކެއް ފެންނަން ފަށާފައެވެ. އަފްޣާނިސްތާނާއެކު އިންތިހާ ބަދަހި ގުޅުމެއް އަމަލީގޮތުން ބާއްވަން ބޭނުންވާކަން، ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއިން މި ވަނީ ހާމަކޮށްފައެވެ. ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ޗިން ގަންގް ވަނީ، ތާލިބާން ސަރުކާރުގައި އެކްޓިންގ ފޮރިން މިނިސްޓަރުކަން ކުރަމުންދާ މައުލާވީ އާމިރު ޚާން މުއްތަގީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ، އުޒްބަކިސްތާނުގެ ސަމާރުކާންދުގައި ކުރިއަށްދާ، އަފްޣާނިސްތާނުގެ އަވައްޓެރި ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުންތަކުގެ ހަވާސާގައެވެ.

ޗިން ވިދާޅުވީ، މިނިވަންކަމާއެކު އަފްޣާނިސްތާނުގެ ރައްޔިތުން ޚިޔާރުކޮށްފައިވާ އިޚުތިޔާރުތަކާއި، އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތާއި، ސަރަހައްދީ އެއްބައިވަންތަކަމަށް ޗައިނާއިން އަބަދުވެސް އިހްތިރާމްކުރާކަމަށެވެ. ޗައިނާއަކީ އެއްވެސް އިރެއްގައި އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ، ނުވަތަ އަމިއްލަ މަސްލަހަތުގެ ދަހިވެތިކަމުގައި އަފްޣާނިސްތާނުން އެއްޗެހިތަކެއް ހޯދައިގަންނަ ގައުމެއް ނޫންކަމަށްވެސް ޗިން ވިދާޅުވިއެވެ.

ސިލްކް ރޯޑް އިކޮނޮމިކް ބެލްޓަށް ކުރިއެރުމާއި ތަރައްގީ ކަށަވަރުކޮށް، ސުލްހައިގެ މަރުކަޒަކަށް އަފްޣާނިސްތާނު ހެދުމަށާއި، އަވައްޓެރިންނާ ގާތް ގުޅުމެއް ދެމެހެއްޓުމުގެ ޝިއާރު ކުރިއެރުވުމާއި، ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވިގެންވާ މެދުމިނުގެ ވެރިކަމެއް ގާއިމުކުރުމަށްޓަކައި އަފްޣާނިސްޓާނުގެ ވަގުތީ ސަރުކާރަށް، ޗައިނާއިން ސާބިތުކަމާއެކު ތާއީދުކުރާ ކަމަށްވެސް ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަފްޣާނިސްތާނާމެދު އަވައްޓެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އެދެވޭ އިޖާބައެއް ދީ، އަފްޣާނިސްތާނު އާރާސްތުކޮށް، ތަރައްގީކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އަވަށްޓެރިން އިއްތިފާގުކުރުވުމަށް އަފްޣާނިސްތާނުން މަސައްކަތްކުރާނެ ކަމުގެ އުއްމީދު އެބައޮތްކަން ޗައިނާއިން ފާހަގަކުރެއެވެ.

އީސްޓް ތުރުކިސްތާން އިސްލާމިކް މޫވްމަންޓް (އެޓިމް)އަކީ، އދ.ގެ ސަލާމަތީ މަޖިލީހުން ލިސްޓްކޮށްފައިވާ، އަދި ގާނޫނާ އެއްގޮތަށް ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ޗިން ފާހަގަކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް އަފްޣާނިސްތާނުން ވެފައިވާ ވައުދު ފުއްދައި، އަފްޣާނިސްތާނުގައި ހުރި ޗައިނާގެ މުއައްސަސާތަކާއި އެތަންތަނުގެ މުވައްޒަފުންގެ ރައްކާތެރިކަން އަފްޣާނިސްތާނުން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާކަންވެސް ޗައިނާގެ ފޮރިން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ތާލިބާން ސަރުކާރާ ގުޅުންތައް ބަދަހިކުރުމުގެ މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ޗިން ވަނީ، އަފްޣާނިސްތާނަށް ގްރާންޓް އެހީ ކަށަވަރުކޮށްދިނުމާއި، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އެއްބާރުލުން އިތުރުކުރުމާއި، ގަވަރނަންސް އެކްސްޗޭންޖްގެ ކަންކަން ހަރުދަނާކުރުމާއި، އަފްޣާނިސްތާނަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމާއި، މަސްތުވާތަކެތި ކޮންޓްރޯލްކުރުމާއި، މިނިވަން އަދި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން އަފްޣާނިސްތާނުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުންފަދަ ކަންކަން ޗައިނާއިން ކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

ތާލިބާނުންގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މުއްތަގީ ވަނީ، ޗައިނާގެ ފަރާތުން އަފްޣާނިސްތާނަށް ދިގު މުއްދަތާއި ލިބިގެންދިޔަ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

14 ޖޫން 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު