ވީއައިއޭގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި
15 އެޕްރީލު 2023 | ހޮނިހިރު 07:33އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް އެއްވެސް ގޮތަކަށް ބުރޫއަރާފައެއްނުވޭ


ވެހިކަލެއްގައި ރޯވި އަލިފާން ނިއްވަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހޮނިހިރު ދުވަހު ހެނދުނު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގައިފައިވަނީ އެއަރޕޯޓުގެ ޓަރމިނަލާ ދުރުން، ޕަވަރހައުސް ކައިރީގައެވެ. އަދި ރޯވެފައިވަނީ އެއަރޕޯޓުގައި މަސައްކަތްކުރާ ބީޔޫސީޖީގައި ބޭނުންކުރާ ތާރުއަޅާ ވެހިކަލެއްގައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އިން ބުނީ، މި ހާދިސާއާ ގުޅިގެން އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ގޮތަކަށް ބުރޫއަރާފައި ނުވާކަމަށެވެ.
އެމްއޭސީއެލުން ބުނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. އަދި އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއުއިން ވަރަށް އަވަހަށް އެޓެންޑްވެ، އަލިފާން ނިއްވާލި ކަމަށް އެމްއޭސީއެލުން ބުނެއެވެ.




