Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް އެތެރެކުރުން

ރާއްޖެއަށް 5 ކިލޯ ޑްރަގް އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް 3 ދުވަސް

އޭނާއަކީ އިތިއޯޕިއާއިން ވައިގެ މަގުން ރާއްޖެ އައި، އިންޑިޔާ މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އެޕްރީލު 2023 | ހޮނިހިރު 07:17
އިތޯޕިއާއިން އައި އިންޑިއާ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި

އިތޯޕިއާއިން އައި އިންޑިއާ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި

ރާއްޖެއަށް ޑްރަގް އެތެރެކުރި އިންޑިއާ އަންހެނަކު 3 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާއަކީ އިތިއޯޕިއާއިން ވައިގެ މަގުން ރާއްޖެ އައި އިންޑިޔާ މީހެކެވެ. ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އޭނާ 3 ދުވަހަށް ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.

Advertisement - newsAdvertisement

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި، ތަރުޖަމާނަކު މިވަގުތަށް ހަމަޖެހިފައި ނެތްކަމަށް ބުނެފައިވެއެވެ. ވުމާއެކު، ދެން ބޭއްވޭ މަޖިލީހެއްގައި ތަރުޖަމާނާއެކު އައުމަށް އޭނާއަށް ވަނީ އަންގާފައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މި ތަކެތި އަތުލައިގެންފައިވަނީ، ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، 12 އެޕްރީލް 2023 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރަކު ހުއްޓުވައި، ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން ބަލައިފާސްކުރުމުގެތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް، އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފައެވެ.

އަދި އޭނާގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން، އަދި 4.2 ކިލޯ ހެރޮއިނާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ވަނީ ހަވާލުކުރެވިފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު