Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައިންބަފައިންނަށް ހެޔޮކޮށް ހިތުން

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެ ކަމެއް: އައްޝައިޚް ޒައިދު

12 އެޕްރީލު 2023 | ބުދަ 14:21

އިސްލާމީ ޝަރީޢަތުގައި މަންމަގެ މަޤާމަކީ ބައްޕައަކަށް އަދާކުރެވޭނެ މަޤާމެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އެޕްރީލު 2023 | ބުދަ 14:21
އައްޝައިޚް ޢަލީ ޒައިދު

އައްޝައިޚް ޢަލީ ޒައިދު

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެ ކަމެއް ކަމަށް, އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޢަލީ ޒައިދު މިހެން ވިދާޅުވީ ގދ. ތިނަދޫގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

“ހިތްހެޔޮކަމުގެ އިންތިހާ” މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޢަލީ ޒައިދާއި އައްޝައިޚް ނިމާލް މުޙައްމަދެވެ. މި މައުޟޫޢަށް ތަޤްރީރުކުރައްވަމުން ޝައިޚް ޒައިދު ވިދާޅުވީ، އަޅުގަނޑުމެން އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އަމިއްލައަކަށް ނޫންކަމަށެވެ. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ މައިންބަފައިން މެދުވެރިކުރައްވައި ކަމަށް ވާއިރު، އެ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އަސްލުކަމުގައިވާ މަންމައާމެދު ހެޔޮކޮށް ހިތަންވާނެކަމަށް ވިދާޅުވިއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲ ތަޢާލާ ޤަބޫލުކުރައްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މާތްﷲއާއި ރަސޫލާ ﷺއަށްފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަކަމަށާއި، މި ތަރުތީބު ދަރިންނަށް ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އިސްލާމީ ޝަރީޢަތުގައި މަންމަގެ މަޤާމަކީ ބައްޕައަކަށް އަދާކުރެވޭނެ މަޤާމެއް ނޫންކަމަށާއި, ބައްޕަގެ މައްޗަށް މަންމަ 3 ފަހަރަށް އިސްކުރެވިފައިވާކަން ފާހަގަކުރައްވައި ޝައިޚް ޒައިދު ވަނީ، ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި މިފަދަ ޙާދިޘާއަކަށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން, މާތްﷲ ކާއިނާތުގައި ލައްވާފައިވާ ކޮންމެކަމަކީވެސް އޭގެ ފަހަތުގައި އެތަކެއް ޙިކުމަތްތަކެއް ލައްވާފައިވާ ކަންކަން ކަމަށް އައްޝައިޚް ނިމާލު މުޙައްމަދު ވިދާޅުވިއެވެ. އޭގެތެރެއިން މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތަށް ފިކުރުކޮށްފިނަމަ، މިކަމުގެ ފަހަތުގައިވެސް ވަރަށްގިނަ ޢިބްރަތްތަކާއި ޙިކުމަތްތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވާކަމަށް ވިދާޅުވިއެވެ.

އިންސާނާ ހައްދަވައި ޚަލްޤުކުރައްވާފައިވާ މަރުޙަލާތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވައި ޝައިޚް ނިމާލް ވަނީ، އިންސާނާ އުފެއްދެވުމާމެދު ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައި، އިންސާނާއަށް ބަލާލުމުން، މާތްﷲ އިންސާނާއަށް ދެއްވާފައިވާ ރަޙްމަތް ފެނިގެންދާކަމަށް ވިދާޅުވެފައެވެ.

މައިންބަފައިންގެ މުހިންމުކަމަށް ބައްލަވާލައްވަމުން، އިސްލާމީ އުސޫލުތަކަށް ބަލާއިރުވެސް ދޭހަވަނީ މައިންބަފައިންގެ މުހިންމުކަން ކަމަށް ވިދާޅުވިއެވެ. އަދި އެމީހުން އުފުލާ ބުރައާއި ވޭނަށް ބައްލަވައި، އެމީހުންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މައިންބަފައިންނަށް އަޅާލުމުގެ މުހިންމުކަމަށް ބައްލަވައި، ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ޙާދިޘާތައް މި ފޯރަމްގައި ޝައިޚް ވަނީ ކިޔައިދެއްވާފައެވެ.

ތިމާ ދުނިޔޭގައި ހުއްޓައި މައިންބަފައިން މުސްކުޅި އުމުރާ ބައްދަލުކޮށްފިނަމަ އެއީ ސުވަރުގެއަށް ދިޔުމަށް ތިމާއަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދުށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި، އިސްލާމްދީނުގައި މައިންބަފައިންގެ މަޤާމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، އެދެމީހުންނަށް ކިޔަމަންތެރިވުމަށް ބާރުއަޅާފައިވާ މިންވަރު، ދެ ބޭފުޅުންވެސް ވަނީ ތަފްޞީލުކޮށްދެއްވާފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
17 މެއި 2017

ރައީސް ނަޝީދުގެ އުފަން ދުވަހުގެ ހެޔޮއެދުމުން ސޯޝަލް މީޑިއާ ބަންޑުން ކޮށްލައިފި

17 މެއި 2017
ރައީސް ނަޝީދުގެ އުފަން ދުވަހުގެ ހެޔޮއެދުމުން ސޯޝަލް މީޑިއާ ބަންޑުން ކޮށްލައިފި
02 މެއި 2017

ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!

02 މެއި 2017
ޔާމިން ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
20 އެޕްރީލު 2017

އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

20 އެޕްރީލު 2017
އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި
11 އެޕްރީލު 2017

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް