Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބޮޑު މޮޅާއެކު ވެސް ގާޑިއޯލާ ބުނީ ސިޓީން އަރާމު ނުކުރާނެ ކަމަށް

އޭނާ ބުނީ ފުރަތަމަ ހާފު ސިޓީން ލީޑެއްގައި ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ 15 މިނެޓުގައި ވެސް ރަނގަޅަށް ކުޅުނީ ބަޔާން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އެޕްރީލު 2023 | ބުރާސްފަތި 02:09
ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ކޯޗު ގާޑިއޯލާ

ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ކޯޗު ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް އަތުން ތިން ލަނޑުގެ މޮޅެއް ލިބުނު ނަމަވެސް، މެންޗެސްްޓަރ ސިޓީން އަރާމު ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ބަޔާން ބަލިކޮށް ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށްފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެ މެޗަކީ މަތީ ފަންތީގެ ދެ ޓީމު ކުޅުނު ކުއާޓާ ފައިނަލްގެ ރަނގަޅު މެޗެއް ކަމަށެވެ. މެޗުގެ ފުރަތަމަ 55 މިނެޓު ނުވަތަ 60 މިނެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އަދި އެވަގުތުގެ ތެރޭގައި ސިޓީ އަށް ވުރެ ރަނގަޅަށް ކުޅުނީ ބަޔާން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ސިޓީގެ ރޮޑްރީގެ ފަރާތުން ފެނުނީ ވަރަށް މޮޅު ލަނޑެއް ކަމަށާއި، އެއާއެކު މެޗުގެ އޮއިވަރު މަޑުމަޑުން ބަދަލުވިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ބަޔާންގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ، ސާޖް ގްނަބްރީ، ލެރޯއީ ސާނޭ އަދި ކިންގްސްލީ ކޯމަންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށެވެ. އެހެންކަމުން މެޗުގައި އެ ކުޅުންތެރިން ހުއްޓުވުމުގައި ސިޓީ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އިތުރަށް އޭނާ ބުނީ ފުރަތަމަ ހާފު ސިޓީން ލީޑެއްގައި ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ 15 މިނެޓުގައި ވެސް ރަނގަޅަށް ކުޅުނީ ބަޔާން ކަމަށެވެ. އޭނާ ބުނީ ބަޔާނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ސިޓީން ވަނީ ރަނގަޅު ފުރުސަތުގައި ނިންމުންތައް ނިންމައިގެން، ކުރި ހޯދާފައި ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ އެއްވެސް ކަމެއްގައި އޭނާގެ އުންމީދުތައް އުހުގައި ނުބެހެއްޓޭނެ ކަމަށެވެ. ޚާއްސަކޮށް ޕްރެޝަރު މެޗުގައި ސިޓީގެ ގޭމު ނުކުޅެފިނަމަ، ކޮންމެ ގޮތެެއް ވެސް ވެދާނެ ކަަމަށާއި، ކުރިއަށް އޮތް މެޗުގައި ވާނެ ގޮތެއް ބުނެދޭން ނޭންގޭނެ ކަމަށެވެ. އޭނާ ބުނީ ދަނޑު މަތީގައި ތިބި ސިޓީގެ ކުޅުންތެރިންނާއި، ބެންޗުގައި ތިބި ކުޅުންތެރިންނަށް ވެސް ބަޔާންގެ ކުޅުން ފެންނާނެ ކަމަށާއި، ކުރިއަށް އޮތް މެޗަށް ނުކުންނައިރު އޭނާ އެކަން ބުނެދޭން ވެސް ނުޖެހޭނެ ކަމަށެވެ. ސިޓީގެ ނަތީޖާއާމެދު ގާޑިއޯލާ ބުނީ، ނަތީޖާ އަކީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި، ކުރިއަށް ދާން ވެސް ލިބުނު ހިތްވަރެއް ކަމަށެވެ. ކުރިން ބަޔާނަށް އިރުޝާދު ވެސް ދީފައިވާ ކޯޗު ބުނީ، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަޔާނުން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އަދި ކުރިއަށް އޮތީ ބަޔާންގެ ދަނޑުގައި ކުޅޭ މެޗު ކަމަށާއި، އެ ދަނޑަކީ އޭނާ ދަންނަ ދަނޑެއް ކަމަށެވެ. ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވާ ގާޑިއޯލާ ބުނީ، ނޮކްއައުޓް ބުރުގައި ބަޔާން ކަހަލަ ޓީމެއް ކަޓުވާލެވޭނީ ދެ ލެގުގައި ވެސް މޮޅަށް ކުޅެގެން ކަމަށެވެ. އަދި އެއް ލެގުން އެކަން ނުކުރެވޭނެ ކަަމަށާއި، ނަތީޖާ އެނބުރިގެން ދާނީ ހީވެސް ނުކުރާ ގޮތަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ސިޓީން ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު