Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުރައިދޫ ބައި-އިލެކްޝަން

ގުރައިދޫ ބައި-އިލެކްޝަން: އެންމެ ފަހުގެ ތައްޔާރީތައް ވަނީ ނިމިފައި، ހުކުރު ދުވަހު ޓީމުތައް ފުރާނެ: ފުއާދު

ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8ން ހަވީރު 4ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އެޕްރީލު 2023 | އަންގާރަ 13:59
އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު

އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު

ހޮނިހިރު ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ނިމިފައިކަމަށާއި, ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަންގެ ޓީމުތައް އެ ދާއިރާގެ ރަށްތަކަށް ފުރާނެކަމަށް، އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ އިދާރީގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެނިމިފައި ކަމަށެވެ.

ގުރައިދޫ ދާއިރާގެ؛ ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި، އަދި ގުޅީގައި ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އަދި މާލޭގައި އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާނެއެވެ.

ރަމަޟާން މަހު އިންތިޚާބު ބާއްވަންޖެހޭތީ އެކަމާ ގުޅޭގޮތުން ފުއާދު ވިދާޅުވީ އާންމު ގޮތެއްގައި މަސައްކަތްކުރަނީ ރަމަޟާން މަހު އިންތިޚާބު ނުބާއްވައި ވޭތޯކަމަށެވެ. ނަމަވެސް ގާނޫނު ބުނާގޮތުން، ގޮނޑި ހުސްވާތާ 60 ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށާއި އެހެންކަމުން ރަމަޟާން މަހުގެ ފަހުގައި އިންތިޚާބު ބާއްވައިފިނަމަ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވޭނެކަމަށެވެ.

ރަމަޟާން މަސް ކަމުގައި ވިއަސް, ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8ން ހަވީރު 4ށް ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ވޯޓުލެވޭނީ 4 ޖަހާއިރު ކިޔުއަށް އަރައި ތިބޭ ފަރާތްތަކަށް ކަމަށާއި، 4ގެ ފަހުން ކިޔުއަށް އަރާ ފަރާތްތަކަށް އެފުރުސަތު ނުލިބޭނެކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ބެލެވެނީ ބަންގި ގޮވުމުގެ ކުރިން ހުރިހާ ފޮއްޓަކަށްވެސް ވޯޓުލައި ނިމޭނެކަމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

ވޯޓުލައި ނިމޭތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށާއި، ނަމަވެސް ބަންގި ގޮވުމުގެ 30 މިނެޓް ކުރިން ވޯޓުލައި ނިމިއްޖެނަމަ ދެން ވޯޓު ގުނަންފަށާނީ ރޯދަ ވީއްލައިގެންކަމަށް ފުއާދު ވިދާޅުވިއެވެ.

މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު 3423 މީހުންނަށް ލިބިގެންވެއެވެ. ކޮންމެ ވޯޓު ފޮއްޓަކަށް 400އާ 700އާ ދެމެދުގެ އަދަދެއްގެ މީހުން ވޯޓުލާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރ އިބްރާހީމް ރިޒާ، ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

މި އިންތިޚާބުގައި ތިން ޕާޓީން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީއެވެ. ޕީޕީއެމްއިން ވާދަކުރައްވަނީ ޙުސައިން ރިޒާ އާދަމެވެ. އެމްޑީޕީން އިބްރާހީމް ޝާޒު ވާދަކުރައްވާއިރު އެމްއެންޕީން ވާދަކުރައްވަނީ އަލީ އަރީފެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ

27 މެއި 2017
ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ
30 އެޕްރީލު 2017

ޤާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުން ފަހުގެ ތާރީޚަކަށް!

30 އެޕްރީލު 2017
ޤާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުން ފަހުގެ ތާރީޚަކަށް!
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
24 އެޕްރީލު 2017

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަޙްގީގެ ފަހުގެ އަޕްޑޭޓް ފުލުހުން ހާމަކުރަންޖެހޭ: ރިޔާޒު

24 އެޕްރީލު 2017
ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަޙްގީގެ ފަހުގެ އަޕްޑޭޓް ފުލުހުން ހާމަކުރަންޖެހޭ: ރިޔާޒު
15 އެޕްރީލު 2017

ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

15 އެޕްރީލު 2017
ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު