Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. އާރަށު މައްސަލަ

52 މިލިއަން ރުފިޔާ ދެއްކުމަށް ޔާމީނަށް ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 10:37
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ. އާރަށު މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ, ހުކުމް ކުރުމުގެ އަޑުއެހުމެއް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހު އޮތީ މި މައްސަލައިގެ ހުކުމްކުރުމެވެ. ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން ވަނީ އެއީ ގާނޫނާ ޚިލާފު އަމުރެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. އެގޮތުން ވ. އާރަށު މައްސަލާގައި ޔާމީނަށް ކުރި ހުކުމުގައި ފައިސާ ހޯދުމުގެ އަމުރު ހިމަނާފައި ނުވާކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

މި އަމުރު ނެރެފައިވަނީ މި މައްސަލައިގެ ފުރިހަމަ ރިޕޯޓު ދޫކޮށް، އިސްތިއުނާފުކުރުމަށްވެސް ހުށަހެޅިފަހުންކަން ފާހަގަކޮށް ވަކީލުން ވިދާޅުވީ، މި އަމުރަކީ މައްސަލައިގެ ތެރޭގައި ހިމެނޭ އަމުރެއްނަމަ، މައްސަލައިގެ ފުރިހަމަ ރިޕޯޓާއި ލިއުންތައް ދޫކުރިއިރު މި އަމުރު ހިމެނޭނެކަމަށެވެ.

އިސްތިއުނާފުގެ ޖަވާބުގައި ދައުލަތުން ބުނީ، މި މައްސަލާގައި އޮތް ހަމައެކަނި ޚުޞޫމާތަކީ އެފަދަ އަމުރެއް ނެރެވިދާނެ ވަގުތާ ގުޅޭގޮތުން އޮތް ދެބަސްވުން ކަމަށެވެ. ދައުލަތުގެ ވަކީލުން ވަނީ އެ އަމުރަކީ ސައްހަ އަމުރެއްކަމަށް ދައުލަތަށް ގަބޫލުކުރެވޭ ސަބަބުތައްވެސް ކިޔައިދީފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތަރުތީބަށް ބަލާއިރު، ހުކުމާއެކުވެސް އަދި ހުކުމަށްފަހުވެސް އެފަދަ އަމުރެއް ނެރުމަށް ހުރަހެއް ނެތްކަމަށް ދައުލަތަށް ގަބޫލުކުރެވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ދެކޭގޮތުގައި މި މައްސަލާގައި ދިމާވެފައި މިވަނީ "އިޖުރާއީ އައިބެކެވެ." އެއީ އެކަމަށް ހައިކޯޓުން ހައްލެއް ގެނެވިދާނެ އައިބެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ވަނީ މި އަމުރު ބާތިލު ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑަައަޅުއްވައި ދެއްވުމަށް އެދިފައެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވީ، މި މައްސަލައިގެ ފުރިހަމަ ރިޕޯޓު ދޫކޮށް، އިސްތިއުނާފު ކުރުމަށްވެސް ހުށައެޅި ފަހުން އެފަދަ އަމުރެއް ނެރެފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

މިއީ އިޖުރާއީ އައިބެއް ހިމެނޭ ކަމެއްކަމަށް ދައުލަތުން ބުނެފައިވާއިރު، ކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ހޯދުމަށް އަމުރު ނެރޭއިރު "ނެޗުރަލް ޖަސްޓިސް"ގެ އުސޫލުތަކާ އެއްގޮތްވާން ޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން އަމުރު ނެރުނުއިރު، އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދާފައިވާކަން އެނގެން އޮންނަންޖެހޭ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައަށް ބަލާއިރު، އަމުރު ނެރެފައިވަނީ ކުށް ސާބިތުވި ފަހުން ވަކި އަމުރެއްގެ ގޮތުގައި ކަމަށާއި، އަމުރާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދެވިފައިވޭތޯއާމެދު ދައުލަތާއި ޔާމީނުގެ ފަރާތުން ދެބަސްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.  

މިއީ ޔާމީނު ޝަރީއަތަށް ހާޒިރު ކުރުމަކާ ނުލައި، ހުކުމްކުރިތާ 2 މަސް ފަހުން ދައުލަތުން ކޯޓަށް ހުށައެޅި ސިޓީއަކާ ގުޅިގެން ނެރުނު އަމުރަކަށްވާއިރު، ދައުލަތަށް އެކަން ސާފުކޮށްދެވިފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި މައްސަލަ ތަފާތުވި ގޮތެއް ދައުލަތަށް ސާފުކޮށްދެވިފައި ނުވާކަންވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އެއަށްފަހު ފަނޑިޔާރު ހަސަން ޝަފީއު ވަނީ ރައުޔު އިއްވަވާފައެވެ. ރައުޔު އިއްވަވަމުން ފަނޑިޔާރު ޝަފީއު ވިދާޅުވީ، ދައުލަތުން ކޯޓުގެ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ދަށު ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ވުމާއެކު، ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު