Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުމައްޗަށް ކުނި ނެރުން

މަގުތަކަށް ކުނި ނެރެފައި ބެހެއްޓުމަކަށް ނޭންގޭނެ: އީޕީއޭ

މަގުމައްޗަށް ކުނި ނެރެފައި ބެހެއްޓުމަކީ ގާނޫނުން ހުއްދަކުރާ ކަމެއް ނޫން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 އެޕްރީލު 2023 | ހޯމަ 12:16
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި

މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި

ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތުން އެންގިޔަސް މަގުމައްޗަށް ކުނިކޮތަޅު ނެރިފައި ނުބެހެއްޓުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

އީޕީއޭއިން ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް މާލޭ ސަރަހައްދުގެ މަގުތަކާއި، ގޭދޮރުމައްޗަށާއި، ކަންކަންމައްޗަށް ކުނި ނެރެފައި ބެހެއްޓުމާއި ތަންތަނަށް ކުނި ޖަމާކުރަމުން ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތަށް ކުނި ނެރުމުގެ ސަބަބުންް ދުއްވާ އެއްޗިއްސަށާއި، ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވެ، މަގުތަކުގެ ސާފުތާހިރުކަން ގެއްލެމުންދާކަމަށް އީޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

މިގޮތުން ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތުން އައިސް ގެންދާނެކަމަށް ބަލައި ބޭރުގައި ކުނި ބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުނެއެވެ. ވަކި ގަޑިއެއް ނުބަލައި ކުނި ކޮތަޅު ނެރުމާއި، ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތްތަކުން އަންގައިގެން ކަމަށްބުނެ މަގުތަކަށް ކުނި ނެރުމާއި، ކުނި އުކާލުމުގެ ޚިދުމަތްދޭ މުވައްޒަފުން ގެއަށް ނުވައްދަންވެގެން ނުވަތަ އާންމުކޮށް އަންނަ ގަޑިއަށް ނައިސްގެން ކުނި ކޮތަޅު ބޭރުގައި ބެހެއްޓުމާއި، މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބެހެއްޓުމާއި، ބަލްކު ކުނި އުކާލުމުގެ އަގު ބޮޑު ކަމަށްބުނެ މަގުތަކަށް އަޅާފައި ބެހެއްޓުމާއި، ކުނި ގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް އެކި ތަންތަނަށް ކުނި އަޅާފައި ބަހައްޓާކަން ފާހަގަވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ މިއިން އެއްވެސް ކަމަކީ ކުނި މެނޭޖްކުރުމުގެ ގާނޫނު އަދި ކުނި މެނޭޖްކުރުމުގެ ގަވާއިދުންވެސް ހުއްދަކުރާ ކަންކަމެއް ނޫން ކަމަށެވެ. އެއްވެސް ސަބަބަކާހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅާއި އެހެނިހެން ކުނި މަގުތަކާއި ދުވާރުމަތީގައާއި ކަންކަންމަތީގައި އަދި ހުސްތަންތަނަށް ނެރިފައި ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތުން މިގޮތަށް ކުނި ނެރިފައި ބަހައްޓަން އަންގައިގެން ނުވާނެ ކަމަށާއި، އެންގިޔަސް މިގޮތަށް ކުނި ކޮތަޅު މަގުމައްޗަށް ނުނެރުމަށް އީޕީއޭއިން އަންގާފައިވެއެވެ.

އީޕީއޭއިން ވަނީ ކުނި މެނޭޖްކުރުމުގެ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތްދޭ ކުންފުނި ވެމްކޯއިން މިހާރު ކުނި ނަގަމުންދަނީ ގޭގޭގެ ތިރިންނެވެ. އޭޕްރިލް 1 އިން ފެށިގެން މިގޮތަށް އަމަލުކުރަމުންދާއިރު ގިނަ ބަޔަކު މަގުމައްޗަށް ކުނި ނެރެފައި ބެހެއްޓުމުގެ ސަބަބުން މަގުތައް ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

24 ޖޫން 2017
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!
23 ޖޫން 2017

ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ފަސްކޮށްފި

23 ޖޫން 2017
ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ފަސްކޮށްފި
08 ޖޫން 2017

ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

08 ޖޫން 2017
ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި
30 މެއި 2017

މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

30 މެއި 2017
މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު