Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީތަކުގެ އަގު ކަނޑައެޅުން

"ޓެކްސީތަކުގެ އަގު ކަނޑައެޅުމުގައި ވިސްނާފައިވަނީ އާއްމުންނަށް ފަސޭހަކޮށްދިނުމަށް"

10 އެޕްރީލު 2023 | ހޯމަ 10:54

ކޮމިޓީއަށް އާއްމުން ވަނީ އެ އިދާރާއާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތައް ހުށަހަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އެޕްރީލު 2023 | ހޯމަ 10:54
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ޓެކްސީތަކުގެ އަގު ކަނޑައެޅުމުގައި ވިސްނާފައިވަނީ އާއްމުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. އެ ކޮމިޓީއަށް އާއްމުން ވަނީ އެ އިދާރާއާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތައް ހުށަހަޅާފައެވެ. އޭގެތެރޭގައި ޓެކްސީގެ އަގު ކަނޑައެޅީ ޓެކްސީ ސެންޓަރުތަކާ މަޝްވަރާ ނުކޮށް ކަމަށް ބުނާ މައްސަލައަކާއި، 20 އަހަރުވެފައިވާ އުޅަނދުތަކަށް ޓެކްސީކުރުމުގެ ހުއްދަ ބާތިލްވާގޮތަށް ޓެކްސީ ގަވާއިދު މަނާކޮށް ފިޔަވަޅު އެޅުމާއި، ޓެކްސީ ގަވާއިދާ އެއްގޮތަށް އުޅަނދުތަކުގެ ބިއްލޫރި ބަދަލުކުރުމާ ގުޅުންހުރި މައްސަލަތައް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ރެޖިސްޓްރޭޝަން މަރުހަލާގެ މައްސަލަތައް ހުރިކަމަށްވެސް އެ މައްސަލަތަކުގައި ފާހަގަކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓެކްސީގެ އަގު ކަނޑައެޅުމަށް މަޝްވަރާކުރައްވާފައި ނުވާކަމަށް ބުނިނަމަވެސް އަގު ކަނޑައެޅުމުގެ ކުރިން ޓެކްސީ ސެންޓަރުތަކާއެކު އެކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއަކީ ރެގިއުލޭޓަރީ އިދާރާއެއް ކަމަށް ވުމުން އެންމެ ބޮޑަށް ވިސްނަން ޖެހެނީ އާއްމު ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ކަންކަން ކުރުމަށް ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އަތްފޯރާ ފަށުގައި އަގު ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ޓެކްސީގެ އަގު ކަނޑައަޅަނީ ރައީސް އޮފީހަށް ފޮނުވައިގެން ރައީސް އޮފީހުގެ ލަފަޔާއެކު ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މިފަދައިން ވިދާޅުވުމުން މެމްބަރަކު ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ލައިވް ކޮމިޓީއެއްގައި އެފަދައިން ވިދާޅުވުމުން، އެ މައުލޫމާތު އޮޅުން އަރާކަމަށް މެމްބަރު ވިދާޅުވިއެވެ. ރައީސް އޮފީހާއި އިކޮނޮމިކް ކައުންސިލުން ގޮތް ނިންމަނީ މިނިސްޓްރީން ފޮނުވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށްކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. ކޮމިޓީއަށް މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސް އެހެން ބައެއް ބޭފުޅުންވެސް ހާޒިރުވެވަޑައިގެންނެވިއެވެ. މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގޭގެ ވެރިފަރާތަށް ނޭނގި އެ ގޭގެ ގަރާޖުގައި ވެހިކަލް ބޭއްވުމަށް ހުއްދަ ދިން މައްސަލައެއް ހިމެނެއެވެ. އެ މައްސަލައިގައި ބުނެފައިވަނީ ގޭގެ ވެރިފަރާތަށް ނޭނގި، އެ ގޭގެ ގަރާޖުގައި ވެހިކަލް ބާއްވަން ހުއްދަ ދީފައިވާ މައްސަލަ 15 ސެޕްޓެމްބަރު 2022ގައި މިނިސްޓަރަކަށް ހުށަހަޅާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު
08 އެޕްރީލު 2017

ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

08 އެޕްރީލު 2017
ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި
03 އެޕްރީލު 2017

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން
24 މާރިޗު 2017

ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

24 މާރިޗު 2017
ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް